އޭސީސީގެ ލޯ ހިނގަނީ އެއްކޮޅަށް
ފްލެޓް ޝަކުވާއަކީ ބަޔަކު ބުނެގެން ކޮށްދޭ ޝަކުވާއެއް
އެއްތައް ގަނޑަކަށް އެއް އިބާރާތުން އެއްޝަކުވާ ތަކެއް އުފަންކުރި އެއްތާކުންނެވެ. އެއްބަޔަކު ނިކުމެ އެއްވަނަކަށް އެއްފުންޏަކަށް އެއްފަހަރާ އޮއްސާލި އެއް ބޭނުމަކުއެވެ.
ޝަކުވާލިޔުނު ބަޔަކު ލިޔެގެން މީހުން ކައިރިއަށް ހިގައިގެން ސޮއި ކުރުވައިގެން ފްލެޓް ޝަކުވާ ބަންޑެލި ބަންޑެއްޔަށް އޭސީސީއަށް އަޅާލައިފިއެވެ. ބަޔަކު ލިޔެގެން ގެނަސް ސޮއިކުރުވި ލިޔުމުގާ ލިޔެފައި އޮތީ ކޮން އެއްޗެއް ކަމެއް ކުރެވެނީ ކޮން ޝަކުވާއެއް ކަމެއްވެސް ސޮއިކުރި ގިނަ މީހުންނަކަށް ނޭގެއެވެ.
މައްސަލަ ހުރިކަމަށް ޝައްކުވަންޏާ ޝަކުވާ ކުރަންވީއެވެ. ޝަކުވާ ކުރާއިރު ތިމާއަށް މިކުރެވެނީ ކޮން ޝަކުވާއެއް ކަން ކޮންމެ މީހަކަށް ވެސް އެގެންޖެހެއެވެ. ޝަކުވާ ބެލުމުގައި އުފައްދާނެ ސުވާލުތަކަށް ޝަކުވާކުރާ މީހާ ޖަވާބު ދާރީ ވާންޖުހޭނެތީއެވެ. މީހަކު ބުނީތީ އެމީހަކަށް ކޮށްދޭ ކަމަކަށް ޝަކުވާ ކުރުން ވެގެން ނުވާނެއެވެ.
ޝަކުވާ ހިފައިގެން އޭސީސީއަށް ވަންނައިރު ޕޮއިންޓް މަދުވެގެން ކުރެވޭ ޝަކުވާއަކީ ހައްގު ޝަކުވާއެއްތޯ އަމިއްލައަށް ވިސްނާލަން ޖެހެއެވެ. ފްލެޓަށް އެދި ހުށަހެޅިއިރު ލިބޭ މާރކްސް މަތިކުތުމުގެ ބޭނުމުގައި ތިމާއަށް ދެވިފައިވަނީ ކިހާވަރެއްގެ ތެދު މައުލޫމާތެއް ކަމާ މެދު ވިސްނާ ނުލައެވެ. ފޭކް ޑޮކިއުމަންޓާއި ދޮގު ހެކީގެ ކުޑަ މިންވަރެއް ވެސް ތިމާގެ ފޯމާއެކު ހުށަހެޅިފައި ނުއޮންނާނެ ކަން ކަށަވަރު ވާންޖެހެވެ. އެހެންނޫނީ މަކަރާ ޙީލަތުން ހައްގުނޫން މަންފާއެއް ހޯދަން އުޅުނު ކަމަށް ވުމަކީ އޮތް ބިރެކެވެ.
ސިތާސީ ބޭނުމުގައި ސަރުކާުރު ބަދުނާމުކޮށް ސަރުކާރާ ދެކޮޅަށާ ނަފުރަތު އުފައްދަން ބަޔަކު ބުނެގެން ކުރި ޝަކުވާ އަތަށް ގޮވުމަކީ ގާތް ކަމެކެވެ. ހަމަ ތެދެކެވެ. އޭސީސީގެ ލޯ ހިނގާނި އެއްކޮޅަކަށް ނޫނެވެ.ދެ ކޮޅަށެވެ.