އިސްލާމްދީނުގައި ޢިލްމު ހޯދުމުގެ މުހިންމުކަން

އިސްލާމްދީނުގައި ޢިލްމު ހޯދުމަކީ ހެޔޮ ސިފައެއްގެ ގޮތުގައި ފާހަގަކުރެއެވެ.

އިސްލާމްދީނުގައި ޢިލްމު ހޯދުމުގެ މުހިންމުކަން

އިސްލާމްދީނުގައި ޢިލްމު ހޯދުމަކީ ލާޒިމު ކަމެކެވެ. ވިސްނައި ފިކުރު ކުރުމަށް ބުއްދީގެ ބޭނުން ކުރުމަށް ބާރުއަޅާ އެތައް އާޔަތްތަކެއް ޤުރުއާނުން ފެންނަން އެބައޮތެވެ. އިންސާނުންގެ އަމިއްލަ ނަފުސްތައް ދަށު ދަރަޖައިން ޠާހިރު އަދި ކަރާމާތްތެރި އެއްޗަކަށް އުފުލިގެން ދަނީ ޢިލްމުގެ ތެރެއިންނެވެ. އަލްއިމާމް އައްޒަރުނޫޖީ އޭނާގެ ފޮތް 'ދަރިވަރަށް އިރުޝާދު: އުނގެނުމުގެ އުސޫލު' ގައި ފާހަގަ ކުރައްވާފައިވާ ގޮތުގައި ޢިލްމަކީ އޯގާތެރިކަމާއި ހޭލުންތެރިކަން ޙާޞިލުކުރުމަށް މާތްރަސްކަލާނގެ ލެއްވި ވަސީލަތެވެ.

އަޅުގަނޑުމެންނަށް ހިތްވަރު ލިބެނީ އާ ހުނަރުތައް ދަސްކޮށް، އާ ޢިލްމު ޙާޞިލުކޮށްގެން އަމިއްލަ ނަފްސު މައްޗަށް ބާރު ފޯރުވައިގެންނެވެ. ސުވާލު ކުރުމާއި، ތަޙުލީލު ކުރުމާއި، ވިސްނުމަކީ ޢިލްމުގެ ސަޤާފަތެވެ. އަޅުގަނޑުމެން ފަށައިގަންނަނީ ކިޔެވުމުގެ އަދަބިއްޔާތު ފުޅާކޮށްގެންނެވެ. އިޙްތިރާމާއެކު ސުވާލު އުފައްދައި، ފާޑުކިޔުމުގެ ވިސްނުމަށް ޖާގަދެމުންނެވެ. ބައެއްފަހަރު ޢިލްމަށް ހޯދަން މަސައްކަތް ކުރެވޭ ގޮތަކުން އިތުރަށް ނިކަމެތިވާން ޖެހޭތަން އާދެއެވެ. ހުރިހާ ކަމެއް އެނގޭ ކަމަށް ނުދެކި ފިކުރީ ކިބުރުވެރި ކަމުން ދުރުހެލިވާން ޖެހެނީ މިސަބަބައްޓަކައެވެ. ކިބުރުވެރި ކަމަކީ ހަގީގަތަށް ފުރައްސާރަ ކުރުމާއި (އަމިއްލަ ނަފްސުގެ ބޮޑާކަމުން) މީހުންނަށް ފުރައްސާރަ ކުރުމެވެ.

އެކަށީގެންވާ ވަސީލަތްތަކުގެ ތެރެއިން ޢިލްމު ހޯދުމުގެ ޢަމަލަކީ ހެޔޮ ސިފައެކެވެ. އެއީ އެ ހޯދާ މީހާއަށް ގިނަ ޘަވާބު ލިބިގެންދާ ކަމެކެވެ. އެހެން ގޮތަކަށް ބުނާނަމަ، ސަވާބު ހޯދުމަށްޓަކައި ކޮންމެހެން ކުޅަދާނަ ދީނީ ޢިލްމުވެރިއަކަށް ވާކަށް ނުޖެހެއެވެ. މުހިންމީ އުނގެނުމުގައި ކުރެވޭ އިޚްލާޞްތެރި މަސައްކަތެވެ. އުނގެނުމަށް އިހުލާސްތެރި މަސއްކަތް ކުރާ މީހުންގެ ސަފުތައް الله ގެ ޙަޟްރަތުގައި އުފުލިގެންވެއެވެ.

ފާހަގަކޮށްލަން މުހިންމު ކަމަކީ الله ސ.ވ. އަކީ މީހެއްގެ ދަރަޖަ މަތިކޮށް ދަށްކުރާ ރަސްކަލާނގެ ކަމެވެ. އަޅުގަނޑުމެންނަށް އެހެން މީހުންނަށް ނިކަމެތިކޮށް ބެލުމަކީ ހުއްދަ ކަމެއް ނޫނެވެ. އަދި ހަމައެކަނި އުނގެނުމުގެ މަގުގައި ތިބެގެން އަޅުގަނޑުމެންގެ ދަރަޖަތައް އެހެން މީހުންނަށްވުރެ މައްޗަށް އުފުލިއްޖެ ކަމަށް ހީކުރުމަކީ އަޅުގަނޑުމެންގެ މޮޔަ ކުށް ހީއެކެވެ. އަޅުގަނޑުމެން ﷲ ގެ ނިޢުމަތްތަކަށް ޝުކުރުވެރި ވާންޖެހެއެވެ. ހަމަކަށަވަރުން މާތް ﷲ އަކީ ހުރިހާ ކަމެއް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.

ދީނީ ޢިލްމުގެ އިތުރުން، ޙާލަތާ ދިމާވާ ޢިލްމު އުނގެނި ދަސްކުރަން ވެސް ލާޒިމު ވެގެންވެއެވެ. މިސާލަކަށް ވިޔަފާރީގެ ފުރުސަތުތައް ހޯދަމުން ދާނަމަ، އާމްދަނީ ހޯދުމަށްޓަކައި ވިޔަފާރީގެ ސްޓްރެޓެޖީތަކާއި އާމްދަނީ ހޯދާނެ ގޮތްތައް ދަސްކުރަން ޖެހެއެވެ. ވިޔަފާރީގެ ޢަމަލުގައި ބައިވެރިވާ ކޮންމެ މީހަކުވެސް ވިޔަފާރީގެ މުޢާމަލާތްތަކުގައި މަނާ ކަންތައްތައް ހުއްދަ ކަންތައް ދަސްކުރަން ޖެހެއެވެ.

އިމާމް އަލް ޒަރުނޫޖީ އޭނާގެ ފޮތުގައި އިތުރަށް ވިދާޅުވެފައިވަނީ، “ހުރިހާ ހާލަތެއްގައިވެސް މީހަކަށް އަސަރުކުރާ ހުރިހާ ކަމެއްގެ ޢިލްމަކީ ކާނާއާ އެއްގޮތް މަޤާމެއްގައި އޮންނަ ކަމެއް ކަމަށެވެ. އެއީ އެއްވެސް މީހަކަށް އެކަން ދޫނުކުރެވޭނެ ކަމެކެވެ. އިލްމަކީ ކޮންމެ ހާލަތެއްގައި ވެސް އަޅުގަނޑުމެންގެ މިނިކަމެތި ހަށިގަނޑު ހަމައަކަށް އަޅުވާދޭ ކަނާއެވެ. މަންމަ ބަނޑުން ދުނިއަށް އައިއްސުރެ ސުވަރުގެ ވަނުމާ ހަމައަށް އުންގެނުމަށް އަންގަވާފައިވަނީ ހާދަހާވާ މާތް މަގުސަދެއްގައެވެ.