ޖަމީލުގެ ފާހަކީ ހިއުމިލޭޓް ކުރުމުގެ ލައިސަންސެއްނޫން
ދިވެހި ގިނަ ރައްޔިތުންނަކީ ނުހައްގު މަންފާ ހޯދަން އުޅޭ ބައެއް: ޖަމީލު
ދިވެހި ގިނަ ރައްޔިތުންނަކީ ނުހައްގު މަންފާ ހޯދަން އުޅޭ ބައެއްކަމަށް ބުނެ ޑރ. ޖަމީލު ދިވެހި ރައްޔިތުންނަށް ކުޑައިމީސް ކޮށްފިއެވެ. ރައްޔިތުންގެ 68 އިންސައްތަ ލިިބިވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ކަން ކުރައްވަމުން ގެންދަވާ އިބްރާހީމް މުހައްމަދު ސޯލިހު ދެވަނަ ދައުރަކަށް ރައީސް ކަމަށް ހޮވުމަށް ތާއީދުކޮށް މަސައްކަތްކުރާ ހުރިހާ ދިވެހި ރައްޔިތުންނަކީ ނުހައްގު މަންފާ ލިބޭ މީހުންކަމަށް ޑރ. ޖަމީލު ތުހުމަތުކޮށް ޓްވީޓްކުރުމަކީ ޖަމީލުގެ ޖާހިލުކަން ހާމަ ކޮށްދިން ކަމެކެވެ.
މާމޮޅަށް ކިޔަވައިގެން ހުރި މީހަކަށް ހެދިގެން މަވަރެއް ނެތިގެން ޖަމީލު އުޅޭއިރު ޖަމީލުގެ ބަސްމަގާ އަމަލުތައް ހުރިގޮތުން ޖަމީލަށް ވުރެވަކީން ބޮޑު ޖާހިލަކު ނެތްކަން ޔަގީންވެއެވެ. ކިޔަވައިގެން ތިބޭ މީހުންނަކީ އަނެކާއަކީ ނުކިޔަވާ ހުރި މީހެކޭބުނެ އިންސާނީ ކަރާމަތަށް އަރައިގަންނާނެ މީހެއް ނޫނެވެ.
ރައީސް ސޯލިހަކީ ނުކިޔަވާ ހުރި މީހެއް ކަމަށް ޖަމީލު ބުނާއިރު ދުނިޔޭގެ ގައުމުތަކުގެ ވެރިންގެ ގޮތުގައި ކޮންމެ ގައުމެއްގައި ތިބެނީ އެ ގައުމެއްގައި ހުރި އެންމެ މަތީ އިލްމީފާސް ނަގައިގެން ހުންނަ މީހާ ނޫންކަން ޖަމީލަކަށް ނޭނގެއެވެ. ހުރިހާ ކަމެއް އެނގޭ ހުރިހާ ރޮނގަކުން އިލްމުވެރި އެކަކުވެސް މިއުޑުދަށުގައި ނުވާކަމެއް ވެސް ޖަމީލަކަށް ނޭގެއެވެ.
ޖަމީލު އަތުގައި އޮތް އިލްމީ ފާހަކީ އެފަދަ އަނެއް އިންސާނާ ހިއުމިލޭޓްކުރަން އޮތް ލައިސަންސެއް ނޫނެވެ. ރާއްޖޭގައި ރައީސްކަންކުރި އެންމެންނަކީ ޖަމީލުގެ މަލާމާތާ ފުރައްސާރަ ރައްދު ކުރެވިފައިވާ މީހުނެވެ. މިއަދު މައުސޫމަކަށް ހަދަން ޖަމީލު ފޫގަޅައިގެން އުޅޭ ރައީސް ޔާމީނަށް ޖަމީލު ނުގޮވާ ކުނިފުޅައެއް ވަކަރުގޭ ދަރިއަކުވެސް މީހަކަށް ގޮވާފައެއް ނުއޮންނާނެއެވެ.
ރައްޔިތުންގެ ލޯތްބާއި ތާއީދު ހޯދަން ޖަމީލު ތެޅެތެޅެ ފޭބީ ހުޅުނބެވެ. ނަމުގެ ކުރިއަށް ޑރ ކިޔުމުގެ ބަދަލުގައި ގިނަ މީހުން ބޮނޑިބަތް ކިޔަނީވެސް ޖަމީލުގެ އިލްމުވެރިކަން އަމިއްލައަށް ފައިދަށަށްލާ ނަގާލީތީއެވެ.
ރައީސް ސޯލިހު ރައީސަކަށް ހޮވަން މަސައްކަތް ކުރަނީ ނުހައްގު މަންފާ ލިބޭ މީހުން ކަމަށް ޖަމީލު ބުންޏަސް މީހަކަށް ކަހަރުވަކެކޭވެސް ހިޔެއް ނުވެއެވެ. ޖަމީލު އެހެން ބުނުމަކުން ރައީސަށް ތާއީދުކުރާ މީހުންގެ ތާއީދުކުރުމެއް ވެސް ނުހުއްޓުވޭނެއެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ފޮޓޯފުޅެއް ހިއްސާ ކޮށް ޖަމީލް ޓްވީޓް ކުރުމުން މަލާމަތާއި ފުރައްސާރަ ރައްދުވަނީ ހޮދު ޖަމީލަށެވެ.
ނުކިޔާވާ ހުރި މީހަކު ރައީސަކަށް ހޮވަން މަސައްކަތް ކުރާ ދިގު ދޫތަކުގެ ވެރިންނޭ ބުނެ ރާއްޖޭގެ އެންމެ މީސް ގިނަ ސިޔާސީ ޕާޓީގެ އިސްލީޑަރަށް ޖަމީލު ފުރައްސާރަކުރާއިރު ރާއްޖެ ދުށް އެންމެ ބޮޑުވަގު ދިފާއު ކުރުމުގެ ނަމުގައި ޖަމީލު ތިޔަ ޖަހާ ސަކަރާތުން ވެސް ޖަމީލުގެ މުނާފިގުކަމާ ދެފުށް ދެގޮތްކަން ނޫން އެއްކަމެއް ނުފެނެއެވެ.
ނުޙައްގު ގޯތިތަކާއި މަންފާ ލިބޭ ސިޔާސީ އަދި ދީނީ މީހުނޭ ކިޔައިގެން ރައްޔިތުންގެ ގިނަ ބަޔަކަށް ހަގީގަތެއް ނެތް ދޮގު ތުހުމަތުކޮށް ހުކުން ކުރަން ޖަމީލަކީ ކާކުހެއްޔެވެ. ޖަމީލުގެ ނަޒަރުގައި ފަސޭހަކޮށް ބަލިވާނެ މީހެއްގެ ފަހަތު އަޅައިގަނެގެން ނުނެއްޓެވިގެން ޖަމީލަށް ތިޔައުޅެނީ ކީއްވެގެންކަން ކުޑަ ކުއްޖަކަށް ވެސް އެނގޭނެއެވެ. ރައްޔިތުން އިންތިހާބުކޮށް ވެރިކަމަށް ގެނައި އެންމެ މީހަކުވެސް ބޮނޑިބަތް ޖަމީލަށް ކަމުގޮއްސައެއް ނެތެވެ.
އަޖައިބެއް ނުވާނެހެއްޔެވެ. ބޮނޑިބަތް ޖަމީލަށް ލިބިގެން މިއުޅެނީ ކޮން މޮޅުކަމެއް ހެއްޔެވެ. ޖަމީލުގެ މޮޅުކަމުން ރައްޔިތުންނަށް ވީކޮން މަންފާއެއް ހެއްޔެވެ. ޖަމީލުގެ މަވެތިކަމުގެ ސަބަބަކީ ލިބިއޮތް އިލްމީ ފާސް ނަމަ އެފަދަ ފާހެއް އެހެން މީހަކަށް ނުލިބުނިއްޔާ ކިތަންމެހާވެސް ރަނގަޅެވެ.