ވެރިން ހައްޖުން ވައްކަންކުރާއިރު އޭސީސީ އޮތީ މާނިދި މަތުރާފަ!

ވެރިން ހައްޖުން ވައްކަންކުރާއިރު އޭސީސީ އޮތީ މާނިދި މަތުރާފަ!

ރައްޔިތުންގެ މަޖިލީހުގެ ގޮނޑިގެއްލޭ އިސްލާހާ ގުޅިގެން ސްޕްރީމް ކޯޓުގެ ޝަރިޢަތެއް ފެށިފެށިއޮއްވާ އޭސީސީން ސިއްރު މައްސަލައެއް ބަލަންފެށިއެވެ. ފަނޑިޔާރުން ނަޒާހަތްތެރިކުރުރުވަން އޭސީސީ އޮތީ ނިކަން ރަނގަޅަށް ފާރަވެރިވެގެންނެވެ. 

ކުރީ ސަރުކާރުން ދޭންކަނަޑައެޅި ފުލެޓްތަކާއި ގޯތިތައް ދިނުމުގައި ކޮރަޕްޝަން އޮވެގެން އޭސީސިއަށް ލޮލުފިޔަ ނުޖެހުނެވެ. މީޑިއާ ކައުންސިލުން ދިންއަމާ ރިޕޯޓަށް އެވޯޑް ދީގެން އޭސީސީ ހީވީ ފަޔަށް ހިނި އަރައިގެން އުޅުނުހެންނެވެ. 

ރައީސް މުއިއްޒު ސަރުކާރުގެ ކޮރަޕްޝަނާ ޖެހުނީމާ އޭސީސީ އޮންނަނީ ގަދަ ނިއްޖަކުން ނިދާފައެވެ. ތަށަށް ކިޔަނީ މަރިނޔަބޭ ވެސް ގިނަ ކަންކަމުގައި އަހާނުލައެވެ. ރަސްމާލެ އާއި ގުޅިފައިވާ ބޮޑު ބިޔަ އެތައް ކޮރަޕްޝަނެއް ހިނގާ ނިމިދާއިރު ހިރުވާތަން ކަހާނުލައެވެ. ބަންކަރިންގގައި ހިމެނޭ ކޮރަޕްޝަންގެ ވާހަކަތައް ކިތަންމެ ބާރަށް ދެއްކިޔަސް އަޑެއްނީވެއެވެ. މުއިއްޒު ރިޝްވަތު ދީގެން މެންބަރުންތަކެއް ގަނެލިއިރު އޭސީސީ އޮތީ ކޯމާގައެވެ. 

އަނެއްކޮޅުން މުއިއްޒު ސަރުކާރުން ހިންގާ ކޮތަޕްޝަންތައް ހަލާލުކޮށް ދިނުމަށް އޭސީސީ ކަންކަމުގެ މަތިއަޅާ ދިނުމަކީވެސް އޭސީސީ ކުރާކަންކަން ކަމަށް ކިޔާއުޅެއެވެ. އެޗްޑީސީގައި ފަޒުލް އިސްވެހުރެ ހިންގި ބޮޑު ކޮރަޕްޝަންތަކާއި ބިމުގެ ވައްކަންތަކަކީ އޭގެ އެއް މިސާލެވެ. މިހާރު މިއޮތީ އަނެއް ކަންތަކެވެ.

ރޯމާ ދުވާލު ހައްޖުގެ އަޅުކަމުން ކުރަމުންދާ ވައްކަން ކަމުގެ ކަންތަކުގައި އެންޓި ކޮރަޕްޝަން ކަމިޝަން އޮތީ ހޭނެތިފައެވެ. ހައްޖުގެ އަޅުކަމާ ގުޅުވައިގެން ހައްޖު ކޯޕަރޭޝަންގެ ވެރިންނާއި މިނިސްޓަރ ޝަހީމު މަގާމުގެ ފައިދާ ނާޖާއިޒު ގޮތުގައި ނަގާކަމަށް ނުވަންޏާ މަގާމުގެ ނާޖާއިޒު ފައިދާ ނެގުމާ ގުޅިގެން ބުނާނެއެއްޗެއް ނެތެވެ. 

ދިވެހި ރައްޔިތުންނަށް ހައްޖުގެ މަތިވެރި އަޅުކަމުގެ ހަމަހަމަ ފުރުސަތު ހޯދާ ދިނުމަށް އުފައްދާފައިވާ ހައްޖުކޯޕަރޭޝަންގެ އިސް މަގާމްތަކުގައި ތިބެގެން ބަޔަކު ހައްޖުގެ އަޅުކަމުން ވައްކަން ކުރާ ވާހަކަ ފިސާރި ބާރަށް އެބަދެކެވެއެވެ. ހައްޖު ކޯޕަރޭޝަންގެ ވެރީގެ ގޮތުގައި ތިބެގެން ކިއުގައި ނުޖެހި ސަރުކާރުގެ ސްޕޮންސަރޝިޕްގައި ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމުގެ ފުރުސަތު ތިމާމެނަށް ފަހި ކުރުމަށްވުރެ ވަކީން ބޮޑު ކޮރަޕްޝަނެއް މަގާމުގެ ނާޖާއިޒު ފައިދާނެގުމެއް އޮންނާނެހެއްޔެވެ. 

ހައްޖު ކޯޕަރޭޝަންގެ އެމްޑީ މުހައްމަދު ޝަކީލްގެ އިތުރުން އެކުންފުނީގެ ދެ ޑީއެމްޑީންކަމަށްވާ ޝެއިހް އަލީ ޝަރީފާއި މުހައްމަދު ޝިހާބުވެސް, ކިއުގައި ނުޖެހި, ސަރުކާރުގެ ސްޕޮންސަރޝިޕްގައި ވަނީ މިފަހަރު ހައްޖު ވެފައިވީތޯ ބަލާކަށް އޭސީސީ ނޫޅެއެވެ. އެ ކުންފުނީގެ އެމްޑީ ޝަކީލްގެ އާއިލާވެސް ކިއުގައި ނުޖެހި ސަރުކާރުގެ ސްޕޮންސަރޝިޕްގައި މިފަހަރު ވީއައިޕީ ފެންވަރުގައާއި އަދި އެހީތެރިންގެ ގޮތުގައި ހައްޖު ވެފައިވޭތޯ ބެލުމަކީ އޭސީސީގެ ކަމަކަށް ނުވެއެވެ. 

އާދައިގެ ރައްޔިތުންކުރެ ހައްޖަށްދާން ބޭނުންވެގެން 60,000 ރުފިޔާ ދައްކައިގެން އެތައް އަހަރެއްވަންދެން އެތައް ބަޔަކު ކިޔުގައި އެބަތިއްބެވެ. ހައްޖަށް ދިޔުމަށް ފުރުސަތު ފަހި ކޮށްދިނުމަށް އުފައްދާފައިވާ ކުންފުނީގެ އެންމެ އިސްވެރިން މަގާމްގެ ފާއިދާ ނާޖާއިޒް ގޮތުގަ ހިފައިގެން އިސްވެރިން ދައުލަތުގެ މުދަލުންނާއީ, ދީނީ އަޅުކަމުން ރޯމާ ދުވާލު ވައްކަން ކުރަމުންދާއިރު އޭސިސީ އެ އޮތީ ގަދަ ނިދީގައި ހޮނު ގުގުރީގައެވެ.