މުއިއްޒު ބޮޑުމަންޒަރު ދައްކަން އިސްރާފުކުރަނީ - ރައްޔިތުން ސަލާން ޖަހަނީ
އެއާރބަސް ޗާޓަރުކޮށް، ޓިކެޓްދީ، ކަނޑުތަރުކުރާ އެތަށް އުޅަނދެއް ކުއްޔަށް ނަގާ، ޕޮކެޓްމަނީއާއި ކެއުމާއި އެކޮމޮޑޭޝަން ދީގެން ޖަލްސާއަށް ރާއްޖޭގެ ހުރިހާ ރަށަކުން މީހުން ގެނެސް ބޮޑުމަންޒަރު ދެއްކުމަށް 500 ލައްކަ ރުފިޔާ ހަރަދަށް ހިނގާކަމަށް މައުލޫމާތު ލިބިފައިވާކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރ އަބްދުއްރަހުމާން ( އައްދު) ވިދާޅުވިއެވެ.
އެމްޕީއައްދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އިތުރަށް ވިދާޅުވެފައިވަނީ މިކަމަށް ( ޕީއެންސީ ޖަލްސާއަށް މީހުން ގެންނަން) އަންލިމިޓެޑް ބަޖެޓް އޮތްވާހަކަ ވެސް އިވުނުކަމަށެވެ.
ބޮޑުމަންޒަރު ދައްކަން ފޫނެތް ބަޖެޓެއް އޮންނައިރު އަނގަޔާއި އަތާ ދިމާނުވާ ވާހަކަ ދައްކަވާތީ މި ބޭފުޅުން ( ސަރުކާރުން) ދައްކާ ވާހަކަ ގަބޫލު ނުކުރެއްވޭ ކަމަށް މީދޫ މެންބަރ ވިދާޅުވެއެވެ.
ފޫނެތް ބަޖެޓް ފައިބަނީ މަތިންތޯ އާއި މިކަމުން ހާސިލްކުރަން އުޅެނީ ކޮން ކަމެއްތޯ މީދޫ ދާއިރާގެ މެންބަރު ސުވާލު އުފައްދަވައެވެ.
ސަރުކާރުން މި އިސްރާފު ކުރާއިރު އެމްޕީއައްދުއަށް ފެނިވަޑައިގަންނަވަނީ ވަޒީރު އަލީ އާރިފު ވިދާޅުވެގެން ރައްޔިތުން މަސްނެތް ގަރުދިޔަ ކައިގެން ބޭސް ސިޓީއަށާއި ބޭސް ފަރުވާއަށް ސަލާންޖަހަން ތިބިތަން ކަމަށެވެ.

