އެސްޓީއޯ: އަލްނޫރު ޕްރޮމޯޝަން
އަހަރުގެ ނިޔަލަށް ހިންގާ ހާއްސަ ޕްރޮމޯޝަނެއް
އަލް ނޫރު ހިކިކިރުގެ ހާއްސަ ޕްރޮމޯޝަނެއް އެސްޓީއޯއިން ކުރިއަށް އެބަ ގެންދެއެވެ. އަލް ނޫރަކީ ރާއްޖޭގެ ބާޒާރުގައި ލިބެން ހުރި އެންމެ ފެންވަރު ރަނގަޅު އެއްބާވަތެއްގެ ހިކިކިރެކެވެ. އަލް ނޫރަކީ އެންމެ އަގުހެޔޮ ހިކިކިރުގެ ތެރޭގައި ހިމެނޭ އެއް ބްރޭންޑެވެ.
އަލް ނޫރަކީ އޮމާންގެ ހިކިކިރު ބަންދުކުރާ އެންމެ ބޮޑު ކުންފުނި ކަމަށްވާ “އޮމާން ފުޑްސްޓަފް”ގެ އުފެއްދުމެކެވެ. “އޮމާން ފުޑްސްޓަފް”ކުންފުންޏަކީ މެދު އިރުމަތީގައި ހިކިކިރު ބަންދު ކުރުމުގައި ފާހަގަ ކޮށްލެވޭ ބޮޑު ކުންފުންޏެކެވެ.
އަލްނޫރު ހިކި ކިރުގެ 800 ގުރާމާއި 1800 ގުރާމާއި 2250 ގުރާމުގެ ޕެކެޓު އެސްޓީއޯއިން ވިއްކައެވެ. އެސްޓޯއިން މި އަހަރުގެ ނިޔަލަށް ހިންގާ ހާއްސަ ޕްރޮމޯޝަނުގައި އަލް ނޫރު ހިކިކިރު ހޯލްސޭލް ކޮންނާއި ރީޓެއިލް ކޮށް ލިބެން އެބަހުއްޓެވެ. މި ޕްރޮމޯސަން އެސްޓިއޯގެ ރީޖަނަލްސް ފިހާރަތަކުގައި ވެސް ކުރިއަށްދާނެއެވެ.
އަހަރުގެ ނިޔަލަށް ކުރިއަށްގެންދާ އަލް ނޫރު ހިކިކިރުގެ ޕްރޮމޯޝަންގައި:
- ރީޓްއިލް ކަސްޓްމަރުންނަށް އަލްނޫރު ހިކިކިރު ޕެކެޓަކާ އެކު އަލްނޫރު ލޯގޯ ޖެހި ބިއްލޫރި ތައްޓެއް ލިބެއެވެ.
- ހޯލްސޭލް ކަސްޓްމަރުންނަށް 1800 ގުރާމުގެ ތިން ކޭސް ގަތުމުން ސުޕާޝެފް މެޔޮނައިސް ކޭހެއް ލިބެއެވެ.
- ހޯލްސޭލް ކަސްޓްމަރުންނަށް 2250 ގުރާމުގެ ތިން ކޭސް ގަތުމުން ނަބަޓީ ރިޗީޒް ކޮންސްޓިކް ޗީޒް ކޭހެއް ލިބެއެވެ.
ނޫރު ހިކިކިރު ޕްރޮމޯޝަންގައި:-
- ހޯލްސޭލް ކަސްޓްމަރުން ގަންނަ ކޮންމެ ކޭހަކަށް ކޫޕަނެއް ލިބޭނެއެވެ.
- މުޅި ޕްރޮމޯޝަން ނިމުމުން ހޯލްސޭލް ކަސްޓްމަރުންގެ ތެރެއިން ގުރުއަތުން ހޮވޭ ތިން ފަރާތަކަށް 5000 ރުފިޔާގެ މުދާ ލިބޭނެއެވެ.