ފައިނޭންސް ފޯރަމުގެ މެއިން ސްޕޮންސަރަކަށް އެސްޓީއޯ!

ފައިނޭންސް ފޯރަމުގެ މެއިން ސްޕޮންސަރަކަށް އެސްޓީއޯ!

2012 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ފައިނޭންސް ފޯރަމްގެ ނަމުގައި ޕެންޝަން އޮފީހުން ރާއްޖޭގެ މާލީ ދާއިރާގެ އިސްފަރާތް ތަކަށް ހާއްސަކޮއްގެން ބާވަމުނުން ގެންދާ ފޯރަމެއް މިއަދު ކުރިޔައް އެބަ ގެންދެއެވެ.

މި އަހަރު  ފައިނޭންސް ފޯރަމްގެ މެއިން ސްޕޮންސައަކީ އެސްޓީއޯއެވެ. މިދިޔަ ބުރާސްފަތި ދުވަހު ޕެންޝަން އޮފީހުން ވަނީ  މިއަހަރުގެ ފައިނޭންސް ފޯރަމްގެ ސްޕޮންސަރުންނާއި ކީނޯޓް ސްޕީކަރުން އިއުލާނު ކޮށްފައެވެ.

މި އަހަރުގެ ފައިނޭންސް ފޯރަމުގެ މެއިން ސްޕޮންސަރަކައް އެސްޓީއޯ ހަމަޖައްސާފައިވާ އިރު، ޑިޖިޓަލް ޕާޓްނަރަކީ ދިރާގެވެ. ބޭންކިން ޕާޓްނަރަކީ ބޭންކް އޮފް މޯލްޑިވްސްއެވެ. އަދި ކޯ ސްޕޮންސަރަކީ މޯލްޑިވްސް އިސްލާމިކް ބޭންކެވެ.

މި އަހަރުގެ ފައިނޭންސް ފޯރަމް ބާއްވަމުން ގެންދަނީ ކުރުނބާ މޯލްޑިވްސް ގައެވެ. މިއަދު ހެނދުނު 09:15 އިން ފެށިގެން ކުރިއަށް ގެންދާގޮތަށް ހަމަޖެހިފައި މިވާ ފޯރަމްގައި މައިގަނޑު ކީނޯޓްއަކީ ފިންޓެކް ސްޓާޓް އަޕްސް އެންޑް އާޓިފިޝަލް އިންޓެލިޖެންސްއެވެ.