އެސްޓީއޯ : ރަށްރަށުގެ ތަރައްގީގެ ބައިވެރިޔާ

މިއަދު މަޝްވަރާ ކުރެވުނީ ތ. ހިރިލަންދޫ ކައިންސިލާއި ގއ. ދާންދޫ ކައުންސިލާއެކު

އެސްޓީއޯ : ރަށްރަށުގެ ތަރައްގީގެ ބައިވެރިޔާ

ރަށްރަށުގެ ތަރައްގީގައި އެސްޓީއޯގެ ބައިވެރިވުން ދެވޭނެ ގޮތްތަކަކީ ކޮބައިތޯ އެސްޓީއޯއިން ބަލައެވެ. ކޮށްދެވެން ހުންނަ ކަންކަން ކޮށްދެއެވެ. ރަށުގެ ތަރައްގީގައި އެސްޓީއޯގެ ބައިވެރިވުން އެދޭ ރަށްރަށަށް ވެދެވެން އޮންނަ އެންމެ ބޮޑަކަށް އެހީތެރިވެދީ އެސްޓީއޯގެ ބައިވެރިވުން ރަށްރަށަށް ދަނީ ދެމުންނެވެ.

ގއ. ދާންދޫ ކައުންސިލާއެކު އެސްޓީއޯ

އަނެއްކޮޅުން ރަށްރަށުގައި އެސްޓީއޯއަށް ފުރުސަތުތަކަކީ ކޮބައިތޯ ބަލާ ވީހާވެސް ފުޅާ ދާއިރާއެއްގައި ރަށްރަށުގައި އެސްޓީއޯގެ ބައިވެރިވުމާ ކުރިއެރުން ހޯދުމަކީ އަމާޒެކެވެ. ރަށްރަށުގެ ވަޒަންވެރިންނަށް ވީހާވެސް ފާގަތި ފުރުސަތެއް އެސްޓީއޯ މެދުވެރިވެގެން ހޯދާ ދިނުމަކީ އެސްޓީއޯގެ މަގުސަދެކެވެ.

ޝައުގުވެރިކަން ހުންނަ ރަށުކައުންސިލްތަކާ އެކު ވަކިވަކި ބައްދަލުވުންތައް ބާއްވާ ފުޅާ ދައިރާއެއްގައި މަޝްވަރާތައް ކުރެވެއެވެ. އެ ގޮތުން ދެރަށެއްގެ ކައުންސިލާއެކު މިއަދު ވެސް މަޝްވަރާތަކެއް އެސްޓީއޯގައި އޮތެވެ.

ތ. ހިރިލަންދޫ ކައިންސިލާއެކު އެސްޓީއޯ

ވަކިވަކިން ބޭއްވި މަޝްވަރާ ބައްދަލުވުންތައް އޮތީ އެސްޓީއޯ ހެޑް އޮފީހުގައެވެ. މަޝްވަރާ ކުރެވުނީ ތ. ހިރިލަންދޫ ކައިންސިލާއި ގއ. ދާންދޫ ކައުންސިލާއެކުގައެވެ.