އެމްޕީއެލް މަސައްކަތް ރޯދަމަހު ހަލުވިވާނެ!

އަލަށް ބޭނުންކުރަންފަށާ ހަތަރު ރީޗް ސްޓެކަރ ބޭނުން ކުރަން ފެށުމުން އެމްޕީއެލްގެ މަސައްކަތް ހަލުވިވާނެ

އެމްޕީއެލް މަސައްކަތް ރޯދަމަހު ހަލުވިވާނެ!

ކޮންމެ އަހަރެއްގެ ވެސް ރޯދަމަހު ގިނަ އަދަދެއް މުދާ އެތެރެކުރަންޖެހި އެމްޕީއެލްއަށް ބާރުބޮޑުވެއެވެ. އެބުރަ ލުއިކުރުމަށް އެމްޕީއެލްއިން މުޅިން އަލަށް 4 ރީޗް ސްޓެކަރ ގެނެސްފިއެވެ.

އޮޕަރޭޝަންތައް އަވަސްކުރުމަށްޓަކައި އަލަށް ގެނައި ހަތަރު ރީޗް ސްޓެކަރ ބޭނުން ކުރަން ފެށުމުން  40 ފޫޓުގެ ކޮންޓެއިނަރ ފުލް ލޯޑްގައި ލޭންޑިންގ ކްރާޕްޓްތަކަށް ލޯޑްކޮށްގެން މާލޭގެ ޕޯޓާއި ހަމައަށް ގެނެވޭނެއެވެ.

އާންމު ގޮތެއްގައި ރާއްޖެ ގެންނަ މުދަލުގެ ބޮޑު ބަޔަކީ ކެއިންބުއިމަށް ބޭނުންކުރާ އަވަހަށް ހަލާކުވާ ޒާތުގެ ކާބޯތަކެއްޗަށް ވާތީ ހެނދުނު 9:00 ފެށިގެން ދަންވަރާ ހަމައަށް ހުއްޓާނުލާ ރޯދަމަހު ވެސް އެމްޕީއެލް ސަރަހައްދުގައި މަސައްކަތް ކުރަންޖެހެވެ.

އަލަށް ބޭނުންކުރަންފަށާ ހަތަރު ރީޗް ސްޓެކަރ ބޭނުންކުރަން ފެށުމުން އެމްޕީއެލްގެ މަސައްކަތުގެ ހަލުވިކަން އެތައް ތަނަކުން ބޮޑުވެގެން ދާނެއެވެ.