އައު އެމްޑީއާއެކު އެސްޓީއޯއިން 20 އެންބިއުލާންސް
90 ދުވަހުގެ ތެރޭގައި ހެލްތު މިނިސްޓްރީއާ ހަވާލުކުރާނެ
ދިވެހި ރައްޔިތުންނަށް ސިއްހީ ހިދުމަތް ދިނުމުގައި ވެސް ރައީސް ސާލިހު ގެންގުޅުއްވަނީ ހަމަހަމަ ސިޔާސަތެވެ. ކުޑަރަށެއް ބޮޑުރަށެއް ތަފާތު ނުކުރައްވާ ކޮންމެ ދިވެހި ރައްޔިތަކަށް ބޭނުންވާ ސިއްހީ ފަރުވާ އެންމެ ކައިރިން އެންމެ އަވަހަށް ލިބޭނޭ ގޮތައް ކަންކަން އިންތިޒާމުކޮށް ދެމެހެއްޓެނިވި ކަމާއެކު ކަށަވަރުކޮށް ދެއްވުމަކީ ރައީސް ސާލިހުގެ އަމާޒެވެ.
ރައްޔިތުންނަށް އަތްފޯރާފަށުގައި ކާޑާއި ތެލާއި ބޭސް ފޯރުކޮށް ދިނުމުގެ ގައުމީ ޒިންމާ އަދާކުރަނީ އެސްޓީއޯއިންނެވެ. އެސްޓީއޯގެ ހިންގުމަށް ހެޔޮބަލުތައްތއް ގެނަސް ރައީސްގެ ހަމަހަމަ ސިޔާސަތު ތަންފީޒު ކުރުމުގައި އެސްޓީއޯގެ ދައުރު ބޮޑެވެ. ކުރިއަށްވުރެވެސް ރަނގަޅަށް ރައީސްގެ ހަމަހަމަ ސިޔާސަތު ތަންފީޒު ކުރުމަށް އެސއޓީއޯގެ ހިންގުމަަަަަށް އެސްޓީއޯއަށް އައު މެނޭޖިންގ ޑިރެކްޓަރެއް އައްޔަނު ކުރެއްވުމަކީ ހެޔޮފާލެކެވެ.
އެސްޓީއޯގެ އައު އެމްޑީ އެސްޓީއޯގެ ހިންގުމާ ހަވާލުވެ ވަޑައިގެން އެންމެ ފުރަތަމަ ކުރެއްވި އެއްކަމަކީ ސިއްހީ ހިދުމަތުގެ އެއްމެ މުހިންމު އެއްބަހާ ކަމުގައިވާ އެންމިއުލާންސް ހޯދާދިނުމެވެ. އެގޮތުން ބައެއް ހޮސްޕިޓަލް ތަކަށް ބޭނުންވާ 20 އެމްބިއުލާންސް ގެނައުމަށް ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން ހަވާލުކޮށްފިއެވެ.
އެމްބިއުލާންސްތައް ގެނައުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހެލްތު އަހުމަދު އާދިލް އާއި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ އަބްދުﷲ ސަޢީދުއެވެ. އެއްބަސްވުމުގެ ދަށުން 20 އެމްބިއުލާންސް 90 ދުވަހުގެ ތެރޭގައި ގެނެސް ހެލްތު މިނިސްޓްރީއާ ހަވާލުކުރާނެއެވެ.
އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިިނިސްޓަރ އޮފް ހެލްތް އަހުމަދު ނަސީމް ވިދާޅުވިހެން އެސްޓީއޯއަކީ ރާއްޖޭގެ ސިއްހީ ދާއިރާއަށް އެކި ގޮތްގޮތުން ބޮޑެތި އެހީތެރިކަން ފޯރުކޮށްދެމުންދާ ކުންފުންޏެކެވެ. ވަސީލަތާއި ބޭހުގެ އިތުރަށް ހާއްސަ ގޮތެއްގައި އެކި ކަހަލަ ތަމްރީން ޕްރޮގްރާމްތައް ކުރިއަށް ގެންދިޔުމަށް އެސްޓީއޯގެ އެހީތެރިކަން ހެލްތު ދާއިރާއަށް ކެނޑި ނޭޅި ލިބެމުންދއެވެ.
އެސްޓީއޯގެ އައު މެނޭޖިން ޑިރެކްޓަރ އަބްދުﷲ ސަޢީދު ވިދާޅުވީ ފަހަރު 20 އެމްބިއުލާންސް ގެންނަނީ ޖަޕާނުން ކަމަށެވެ. އެންމެ ފަހުން ކުރެވުނު ކޮންޓްރެކްޓްގެ ދަށުން އެމްބިއުލާންސް ގެނެސްދިނުމަށް 10 މަސް ނެގިނަމަވެސް މި ފަހަރު އެންބިއުލާންސްތައް 90 ދުވަސް ތެރޭގައި ހެލްތާ ހަވާލުކޮށް ދެއްވާނެ ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ އަބްދުﷲ ސައީދު ވިދާޅުވިއެވެ.
މީގެ ކުރިންވެސް އެސްޓީއޯއިން ވަނީ 96 އެމްބިއުލާންސް ރާއްޖެ ގެނެސް ސަރުކާރާ ހަވާލުކޮށްފައެވެ. އެ އެމްބިއުލާންސްތައް ވަނީ އަތޮޅުތަކުގެ ރަށްތަކުގެ ތެރެއިން އެންމެ ބޮޑަށް އެމްބިއުލާންސް ބޭނުންވާ ރަށްތަކަށް ފޮނުވާފައެވެ. ކުއްލި ހާލަތްތަކުގައި ސިއްހީ ފަރުވާ ދިނުމަށް ބޭނުންވާ އެންމެ މުހިއްމު އެއް ވަސީލަތަކީ އެމްބިއުލާންސްއެވެ.