މީހުންލައްވާ ނަންގުވާ ރިޝްވަތުގެ އެއްބައި ނަޝީދަށް
އުއްޗު ދިން ރިޝްވަތު މަދުވެ ރައްޔިތުމީހާ ލައްވާ ރިޝްވަތު ނަގުވާ ދެބައިކުޅައެއްބައި ހޯދަން ދިމާކުރީ!
ފާޅުކަން ބޮޑުގޮތެއްގައި ރިޝްވަތު ނެގުމަށް ރައީސް ނަޝީދު ގޮވާލެއްވުމަކީ ބިރުހުރި ކަމެކެވެ. ރިޝްވަތަކީ ރިޒުގުކަމަށް ސިފަކުރައްވާ " ރިޒުގުގައި އަތް އަޅަން" ބޭނުންފުޅު ނުވާ ކަމަށް ވިދާޅުވެ ވާހަކަފުޅު ދެއްކެވުމަކީ އާދައިގެ ކަމެއް ނޫނެވެ.
އިސްލާމީ ދައުލަތެއްގެ އެންމެ މަތީވެރިޔާގެ މަގާމު ފުރުއްވާ އެމަގާމަށް އެނބުރި ވަޑައިގަތުމަށް ފައިންޕުޅު ނަންގަވައިގެން ހުންނެވި ބޭފުޅަކު ރިޝްވަތަކީ ރިޒުގުގެ ގޮތުގައި ސިފަކުރެއްވުމަކީ ނުރައްކާތެރި ކަމެކެވެ. އިސްލާމުދީނުގައި ރިޝްވަތުދިނުމާ ހިފުމުގެ ނުބައިކަމަކީ ކޮންމެ މުސްލިމަކަށް އެގޭ ބޮޑުފާފައެކެވެ.
ރިޝްވަތު ނެގުމަށް އާންމުންނަށް ރައީސް ނަޝިދު އިލްތިމާސް ކުރެއްވުމުން ނަޝީދުގެ ހަސީލަތުގެ ހުރި ނުބައިކަން ހާމަވެގެން ދިޔައެވެ. ވާދަވެރިން ބަލިކުރުމުގެ ކެމްޕޭން ސްޓަންޓެއްގެ ގޮތުގައި ވިދާޅުވިޔަސް އެކަމުން ސާފުވެގެން ދަނީ އެ މަނިކުފާނަކީ ރިޝްވަތު ދިނުމާ ރިޝްވަތު ހޯދުމުގައި ވަރަށް ކުރީގައި ހުންނެވި ބޭފުޅެއްކަމެވެ. ވޯޓުގަތުމަށް ވާދަވެރިން ރިޝްވަތު ދޭނެކަމަށާއި އެރިސްވަތުގައި ހިފާ އެމަނިކުފާނުގެ ކެންޕޭނަށް ހަރަދު ކުރަން އެމަނިކުފާނަށް ދިނުމަށް އާއްމުންގެ ކިބައިން އެދިވަޑައިގަތުމުން ރިޝްވަތަށް ނަޝީދު ބޫތުކައިފާ ހުންނެވި ވަރު ހާމަ ވެގެން ދެއެވެ.
އެމަނިކުފާނުގެ ވެރިކަމުގައި ޖީއެމްއާރަށް އެއަރޕޯޓު ހިންގަން ހަވާލު ކުރުމުގައި އެމަނިކުފާނު މިލިޔަނުން ރިޝްވަތު ހޯއްދެވި ކަމަށް ކިޔާ އުޅުނެވެ. ރައީސް ނަޝީދުވެރި ކަމުގައި އެއަރމޯލްޑިވްގެ މައްސަލަ ރާއްޖެއަށް ބޮޑުގެއްލުމެއް ވާހެން ކޯޓުން ބޭރުގައި ހަމަޖެއްސީ މެލޭސިޔަން ހެލިކޮޕްޓަރއިން މިލިޔަނުން ޑޮލަރު ނަންގަވައިގެން ކަމަށްވެއެވެ. ދަތުރުފަތުރު ނިޒާމު ތައާރަފްކުރުމުގައި ރައްޓެހިންގެ ކުންފުނިތަކަށް ރަށްތައް ދޫކޮށްގެން އެކުންފުނި ތަކުން އަދިވެސް ރައީސް ނަޝީދަށް ބައިއަޅާކަމީ އެންމެން ދަންނަ ބޮޑު ސިއްރެކެވެ.
މެޖޯރިޓީ ހިއްސާ ރާއްޖެއަށް ގެއްލޭގޮތަށް ބޭރު ކުންފުންޏަކަށް ދިރާގު ވިއްކާލީ އެތައް މިލިޔަން ޑޮލަރެއްގެ ރިޝްވަތު އަމިއްލަފުޅު ޖީބަށް ލައވާފައިކަން ނޭނގެނީ ކާކަށް ހެއްޔެވެ. އެޕޯލޯއަށް އައިޖީއެމްއެޗް ދޭން އުޅުނު އުޅުމުގައާއި ގިޔާސުއްދީން ސްކޫލު އިންޓަނޭޝަނަލް ކުރުމުގެ ތެރެއިންވެސް ރައީސް ނަޝީދު ރިޝްވަތު ނެންގެވި ކަމަށް ވެއެވެ. ފްލޯޓިންގ ސިޓީ މަޝްރޫއުން ދެ ފަހަރަށް މިލިޔަނުން ޑޮލަރުގެ ރިޝްވަތު ހޯއްދެވި ކަމަށް ވެއެވެ. ބައިނަލްއަގުވާމީ ގޮތުން ލިބޭ ތިމާވެއްޓާއި އިޔާދަކުރަނިވި ހަކަތައިގެ ކޮންމެ މަޝްރޫއަކުން ރައީސް ނަޝީދަށް ރިޝްވަތުގެ ގޮތުގައި އެތައް މިލިޔަން ޑޮލަރު ލިބިލިބި ހުންނަ ކަމަށް ވެސްވެއެވެ.
ރައީސް ޔާމީނު ވެރިކަމުގައި ގާނޫނުއަސާސީއަށް ބަދަލުގެނެސް އަދީބަށް ނައިބު ރައީސްކަން ދިނުމަށާއި ސްޕްރީމްކޯޓުގެ ބެންޗް ކުޑަކުރުމަށައި ފާފުއަތޮޅު ވިއްކަން ފަސްކުރުމަށް އެމްޑީޕީގެ މަޖިލިސް މެންބަރުންނަށް އެމްއެމްޕީއާރުސީ ހިޔާނާތުން ރިޝްވަތު ހޯދާދެއްވާ މެންބަރުންނަށް ލިބުނު ރިޝްވަތުގެ ދެބައިކުޅަ އެއްބައި ހޯއްދަވައިގެން ޔަމީނު އެދުނުގޮތަށް ކަންކަން ފާސްކޮށް ދެއްވީ ސީދާ އެމްޑީޕީގެ ރައީސް މުހައްނަދު ނަޝީދު ކަމަށް ހެކި ލިބެއެވެ. ކުރެއްދުއަށް ވަޑައިގެން އުއްޗު އަތުން ނެގި ރިޝްވަތުން ނުވެގެން އެންމެ ފަހުން ރައްޔިތުންގެ ނުފޯރުން ތެރިކަމުގެ ފައިދާ ނަންގަވައިގެން އެމީހުން ރިޝްވަތަށް ހުށަހަޅުވާ އެއިގެ ދެބައިކުޅަ އެއްބައިވެސް ހޯއްދަވަން ދިމާކުރެއްވީއެވެ.