ނަޝީދަށް ވޯޓުގަންނަން މެޑަމް ފާތުން ފައިސާ ބަހަނީ!

ވޯޓުގަންނަން ފައިސާ ބަހަމުން ފައިސާގައި ހިފަން ނަޝީދު ގޮވާލައިފި

ނަޝީދަށް ވޯޓުގަންނަން މެޑަމް ފާތުން ފައިސާ ބަހަނީ!

ކުރާނީ ކީއްހެއްޔެވެ. ރައީސް ނަޝީދު އެމްޑީޕީ ދޫކޮށްލައްވައިފިއެވެ. ޔާމީނުގެ މަސްލަހަތަށްޓަކާ ވެރިކަން ދޫކޮށްލައްވާ އެމްޑީޕީ މަގުމަތި ކުރެއްވި ގޮތަށެވެ. ޔާމިނުގެ އަނިޔާވެރިކަން ނަޝީދު ހަނދުމަފުޅު ނެތިއްޖެއެވެ. https://twitter.com/HKurusee/status ޖަލު ހުކުމުގައި 13 އަހަރަށް އޮންނަވަނިކޮށް މިނިވަން ކޮށްދެއްވި ޒަމާންވީ މިތުރަށްވުރެ ޖަލުގައި އޮންނަވަނިކޮށް ބޭސް ކުރުމުގެ ނަމުގައި ޑީލަކުން ބޭރަށް ފުރުވާލަދިން ދުޝްމަނު މާ ރަނގަޅު ވެއްޖެއެވެ.

ހިތް ތަކުން ޖާގަ ދީގެން ވީހާލެއްގައި ވެގެން ލޯތްބާއެކު ނިކުމެ ރައީސް ނަޝީދަށްޓަކާ ރެޔާދުވާލު ނުކައި ނުބޮއި އުޅުނު އެމްޑީޕީގެ މެންބަރުންނަށް އަނިޔާވެރިވީ އަދާވަތްތެރި ޔާމިނު މިއަދު ރައީސް ނަޝީދަށް މާ ރަނގަޅު ވެއްޖެއެވެ. އެމްޑީޕީގެ ލޮބުވެތި މެންބަރުންގެ އިހުސާސަށް އިހުތިރާމެއް ނުކުރެއްވިއެވެ. ލޮލުން ބޮލުން އެދިވަޑައިގެން ޔާމީނާ ދެކޮޅަށް ގެނައި އެމްޑީޕީ ވެރިކަން ނިންމާލަން ރައީސް ނަޝިދު ހުންނެވީ ފޫގަޅުއްވައިގެނެވެ.

އެމްޑީޕީން ވެރިކަން ފިރުކާލާ އެމްޑީޕީ މީހުން މަގުމަތި ކުރަން ޔާމީނު ޖެހިމަޅިން ނުނެއްޓެވި އޭގެ އަސީރަކަށް ރައީސް ނަޝީދު ނިކަން ރަނގަޅަށްވެ ވަޑައިގެންފިއެވެ. ރައީސް ނަޝިދަށް ނެތް ވެރިކަމެއް އެމްޑީޕީގައި އޮތަ ނުދެއްވަން ޕްރައިމަރީ ގަޑުބަޑު ކުރައްވައިގެން ވެރިކަން އެމްޑީޕީއަށް ގެއްލުމުން ޔާމީނުގެ މަގުސަދު ނިކަން ރަނގަޅަށް ހާސިލު ވެގެންދާނެއެވެ.

 

އިންޑިއާ އައުޓު ނޫން ޔާމީނު ކުރިހާ ކަމަކާއި ކުރާހާ ކަމެއް ރައީސް ނަޝީދަށް ކަމު ހިގައްޖެއެވެ. އެމްޑީޕީ މެންބަރުން ކިތަންމެ ބޭނުން ވިޔަސް ޔާމީނުގެ ހިޔާނާތުގެ މައްސަލަތައް ބެލުމާއި ޔާމީނު ހައްޔަރު ކުރުމަކީ ރައީސް ނަޝީދު ރުހިވަޑައިގަންނަވާ ކަމަކަށް ނުވެއެވެ. އެމްޑީޕީ އިސްވެ އޮވެ ހިންގާ ސަރުކާރު ހިންގުމަށް އެއްބާރުލުން ދެއްވުމުގެ ބަދަލުގައި އިދިކޮޅަށްވުރެ އިދިކޮޅުވެ އުޅުއްވުން ރަނގަޅުފުޅުވެ ފާޅުކަން ބޮޑު ހެކިތައް ހުއްޓާ ދެއަކުރުގެ އޮޅުމެއްގައި ޔާމީނަށް ކުށް ސާބިތު ވިޔަ ނުދެއްވުން ވެެސް ރައީސް ނަޝީދަށް އޯކޭ ވެވަޑައިގެންފިއެވެ.

އާނއެކެވެ. އެމްޑީޕީގެ ޕްރައިމަރީ ހަރާބު ކުރުމަށް ޕީޕީއެމުން ކުރާ ކޮންމެ ކަމެއް ރައީސް ނަޝީދަށް ކަމުދެއެވެ. ކެންޕޭން ތަކުގައި ރަށްރަށުން މަރުހަބާ ކިޔަންވެސް ރައީސް ނަޝިދަށް ކަމުދަނީ ޕީޕީއެމް މީހުނެވެ. ފުވައްމުލަކުގައި އޮންނަ ފިކުރެއްގެ ދިރުމުގެ ޖަލްސާއަށް ވެސް ޕީޕީއެމުން މީހުން ނިކުތުމަށް ޕީޕީއެމް ލީޑަރޝިޕުން ދަނީ އަންގަމުންނެވެ. ރައީސް ނަޝީދުގެ ޕްރައިމަރީ ކެންޕޭން ނިންމުމަށް މާލޭގައި އޮންނަ ޖަލްސާއަށް ރަށްރަށުން މީހުން ގެނައުމުގެ ކަންކަން ޕީޕީއެމުން ދަނީ ކުރަމުންނެވެ. ފިކުރެއްގެ ދިރުމުގެ ޓީޝާޓްތައް ޕީޕީއެމުން ތައްޔާރުކޮށް ދަނީ ބަހަމުންނެވެ. ރައީސް ނަޝީދަށް ކިޔާ މަރުހަބާގެ ސަފުތައް ދިގުކޮށްލަން ފައްޗަށް އަމުނާލަން ރައީސް ނަޝީދަށް މިހާރު އެންމެ ކަމުދަނީ ވެސް ޕީޕީއެމް މީހުނެވެ. ވަނީ އެހެންތާއެވެ. ނަޝީދަށް މަރުހަބާ ކިޔާށާއި ވޯޓު ގަތުމަށް ފައިސާ ބަހަނީ ޔާމީނުގެ އަންހެނުން ފާތުންއެވެ. ހާމަކަން ބޮޑު ގޮތެއްގައި ނަޝީދު ގޮވާ އެ ލަނީ ފަތުންދޭ ރިސްވަތުގައި ހިފުމަށެވެ.