ޕީއެންސީއަށް ހަޖަމް ނުވިޔަސް ދުނިޔޭގެ ރައީސް ވަރެއް ހަމަނެތް!

ޕީއެންސީއަށް ހަޖަމް ނުވިޔަސް ދުނިޔޭގެ ރައީސް ވަރެއް ހަމަނެތް!

ބަޔަކު ގަބޫލުކުރަން ބޭނުން ނުވިޔަސް ރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު ޑިޕްލޮމޭޓަކީ އެމްޑީޕީގެ މިހާރުގެ ރައީސް އޮންރަބަލް އަބްދުއްލާ ޝާހިދެވެ. އެންމެ ތަަަޖުރިބާކާރު އެއް ޕޮލިޓީޝަނަކީ ވެސް އޮނަރަބަލް ޝާހިދުކަމަށް ބުނުމަކީ ގޯހަކަށް ނުވާނެއެވެ.  

ރާއްޖޭގެ ސިޔާސީ ނާރެހުގައި އަބްދުއްލާ ޝާހިދު ނަން ހިނގަން ފެށީ މިހާރަކު ނޫނެވެ. 1984 ގައި ގައުމީ ހިދުމަތް ނިކުންނަވާ 92 ގައި ހާރިޖިއްޔާގެ ޑިރެކްޓަރ ކަމުން  ފެއްޓެވި ސިޔާސީ ހަޔާތުގައި ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމު ނޫން ހުރިހާ އުސްކުންނަކުން އޮނަރަބަލް ޝާހިދު ވަނީ ވިދާ ބަބުޅާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން 5 ދައުރު އަދާކުރައްވާ މަޖިލީހުގެ ރައީސްކަން ވަނީ ކުރައްވާފައެވެ. ބަދަލުވަމުންދާ ސިޔާސީ މަސްރަހުގެ އޮއިވަރު ދެނެވަޑައިގެން އެހިނދަކަށް އަޅުއްވަންޖެހޭ ގޮތަކަށް ފިޔަވަޅު އެޅުއްވުމުގެ ހުނަރާ ކެރުމާ ސާބިތުކަން ޝާހިދުގެ ކިބައިން ފެނިގެން ދެއެވެ.  

ރައީސުލްޖުމްހޫރިއްޔާގެ އެގްޒެކެޓިވް ސެކެޓްރީ ކަމުގެ ބޮޑު ޒިންމާ އަދާކުރެއްވި އޮނަރަބަލް ޝާހިދު މިނިސްޓަރ އޮފް ސްޓޭޓް ފޯރ ފޮރިން އެފެއާޒްގެ މަގާމު ފުރުއްވުމުގެ އިތުރަށް ދެފަހަރެއްގެ މަތީން ރާއްޖޭގެ ހާރިޖީ ވަޒީރުކަން ކުރައްވާފައިވެއެވެ. ދިވެހިރާއްޖެއަކީ ދުނިޔޭގައި ބަސްވިކޭ ނަންހިނގާ ގައުމަކަށް ހެއްދެވުމުގައި އޮންރަބަލް ޝާހިދުގެ ދައުރު ނިހާޔަތަށް ބޮޑެވެ. 

އަޒާނުމެން ކިތަންމެ ބުންވިޔަސް އދ މަޖިލީހުގައި އޮނަރަބަލް ޝާހިދު އަދާކުރެއްވި ވަރުގެ މަގާމެއް ފުރި ދެވަނަ ދިވެއްސަކު އަދި ނެތެވެ. އޮނަރަބަލް އަބްދުއްލާ ޝާހިދަށް އދ މަޖިލީހުގެ 76 ވަނަ އާއްމު މަޖިލީހުގެ ރައީސް ކަން ލިބިވަޑައިގަތީ ވަކި މީހަކު އައްޔަނުކޮށް ގެނެއްނޫނެވެ. އދ މެންބަރު ގައުމުތަކުން ވޯޓުދިން ވާދަވެރި އިންތިހާބެއްގައި ވާދަ ކުރައްވައިގެން ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބުކުރައްވައިގެންނެވެ. އިންތިހާބުގައި ވޯޓުދިން 193 ގައުމުގެތެރެއިން 143 ގައުމުގެ ވޯޓް އޮނަރަބަލް ޝާހިދު ދުނިޔޭގެ ރައީސްކަމަށް އިސްވުމަށް ލިބި ވަޑައިގަތެވެ.

އޮނަރަބަލް ޝާހިދަކީ މޮޅަށް ދިވެހި ބަހުންނާއި އިގިރޭސި ބަހުން ބަސްމޮށި އުޅުއްވާ ކުޅަދާނަ މުގައްރިރެކެވެ. ދިވެހި ބަހުގެ ހަމަތަކާއި އުސޫލުތައް ހިފަހައްޓަވާ ދިވެހި ބަހުގެ އަދީބެކެވެ. ދިވެހި ޅެންވެރިކަމުގައި ދެވައެއް ނެތްފަދަ ޝާއިރެކެވެ. މުއިއްޒުގެ އައުވާނުންނަށް މީސްނުމީސް ވަކިނުވެ ޖަޒްބާތުގައި ފެތުނުއޮޑީ ރިޔާދަށުވިޔަސް މިގައުމުގައި ކާކަކީ ކާކުކަން އެންމެ ރަނގަޅަށް ދެނިވަޑައިގަންނަވާނެ އެއް ލީޑަރަކީ އާޒާނު ބުނާ " ދުނިޔޭގެ ރައީސް" އަދި އެމްޑީޕީގެ ރައީސް އޮނަރަބަލް އަބްދުއްލާ ޝާހިދެވެ.