ސްވިޑްން ބަހުން ގުރުއާނުގެ 100،000 ކޮޕީ

ސްވިޑްން ބަހުން ގުރުއާނުގެ 100،000 ކޮޕީ

ސްވިޑެން ބަހަށް ތަރުޖަމާކޮށްފައިވާ ގުރުއާނުގެ 100،000 ކޮޕީ ޗާޕުކުރަން ކުވައިތުން ނިންމާފައިވާކަމަށް އިއުލާންކޮށްފިއެވެ.

މި އިސްނެގުމުގައި އިސްކޮށް އުޅުއްވީ ކުވައިތުގެ ބޮޑުވަޒީރު ޝެއިޚް އަހުމަދު ނަވާފް އަލް އަހުމަދު އަލް ސަބާހުއެވެ. އޭނާ ވަނީ ޕަބްލިކޭޝަން ކުރިއަށް ގެންދިއުމަށް ކަމާބެހޭ ފަރާތްތަކަށް އަންގަވާފައެވެ.

މި ޕްލޭންގެ މަޤްޞަދަކީ ސްވިޑެންގެ ރައްޔިތުންނަށާއި އެހެން ޖަމާޢަތްތަކަށް ސުލްޙައާއި ހަމަޖެހުމުގެ އިސްލާމީ ރިވެތި މެސެޖު ފޯރުކޮށްދިނުމެވެ.

މި ނިންމުމަށް ނިންމާފައި ވަނީ އަޟްހާ އީދުގެ ފުރަތަމަ ދުވަހު ޖޫން މަހުގެ 28 ވަނަ ދުވަހު އިރާގުގެ ރައްޔިތަކު ސްވިޑެންގައި ޤުރުއާނަށް ފުރައްސާރަކޮށް ހިންގި ހާދިސާއާގުޅިގެންނެވެ.

ސްވިޑެން ބަހުން ތަރުޖަމާކޮށްފައިވާ ޤުރުއާން ޝާއިޢުކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ނިމިގެން ދާނެއެވެ. އަދި މި ކޮޕީތައް މުޅި ސްވިޑެންގެ މިސްކިތްތަކާއި، ލައިބްރަރީތަކާއި، ސްކޫލްތަކާއި، އަދި އެހެނިހެން މުއައްސަސާތަކަށް ބަހާލެވިގެން ދާނެއެވެ.