ރާއްޖޭގައި ޑިމޮކްރެޓިކް ހަމަތައް ފުރޮޅެނީ ފަހަތަށް: ޝާހިދު

ޑިމޮކްރެޓިކް އަގުތަކާއި ކުރިއެރުން އޮތީ ގުޅިފައި

ރާއްޖޭގައި ޑިމޮކްރެޓިކް ހަމަތައް ފުރޮޅެނީ ފަހަތަށް: ޝާހިދު

ބައިނަލްއަޤްވާމީ ޑިމޮކްރަސީ ދުވަސް ފާހަގަކުރާއިރު، ރާއްޖޭގައި އަޅުގަނޑުމެންނަށް ފެންނަމުންދަނީ ޑިމޮކްރެޓިކް އަގުތަކާއި އުސޫލުތައް ފަހަތަށް ފުރޮޅެމުން ދާކަމުގެ ކަންބޮޑުވާ ނިޝާންތަކެއް ކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ހާރިޖީ ވަޒީރުވިދާޅުވެއްޖެއެވެ. އޮނަރަބަލް ޝާހިދު އެެހން ވިދާޅުވީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. 

އޮނަރަބަލް ޝާހިދު ވިދާޅުވީ ޑިމޮކްރެޓިކް އަގުތަކާއި ކުރިއެރުން ގުޅިފައި އޮންނަކަމަށެވެ.

ވޭތުވެދިޔަ އަހަރުތަކުގައި ޑިމޮކްރަސީ ހަރުދަނާ ކުރުމުގައި ގައުމެއްގެ ގޮތުގައި އަޅުގަނޑުމެންނަށް ލިބިފައިވާ ފައިދާތައް ގެއްލިގެން ނުދިއުމަށް އަޅުގަނޑުމެން ސަމާލުވާންޖެހޭ ކަމަށްވެސް އެމްޑީޕީގެ ރައީސް ޝާހިދު ވިދާޅުވިއެވެ.

މިނިވަން ހިޔާލުފާޅުކުރުމާއި، މިނިވަންކަމާއި، ހަރަކާތްތެރިވުމާއި، ޖަމާއަތް ހެދުމާއި، އިންސާނީ ހައްގުތައް ކުރިއެރުވުމާއި، ވެރިކަން ހިންގުން ވަރުގަދަކުރުމާއި ގާނޫނުގެ ވެރިކަން ހަރުދަނާކުރުމުގެ އަގުތަށް ނަގަހައްޓާ ދެމެހެއްޓުމަށް އެއްވެ ތިބެ ވާހަކަ ދެއްކުމުގެ މުހިންމުކަން ޝާހިދު ފާހަގަ ކުރައްވައެވެ.