އެއްވެސް ކުޅިވަރެއް ބާކީ ނުކުރުންމުން ނަތީޖާ ރަނގަޅު
ރާއްޖެއަށް އޭޝިއާގެ ސެންޓްރަލް ޒޯން ބީޗް ވޮލީބޯލް މުބާރާތުން ރަން މެޑަލް އަދި ވޯލްޑް ބޮޑީބިލްޑިންގ ޗެމްޕިއަންޝިޕްގެ ރަންމެޑަލް
އޭޝިއާގެ ސެންޓްރަލް ޒޯން ބީޗް ވޮލީބޯލް މުބާރާތުން ރާއްޖެއަށް ރަން މެޑަލް ވަނީ ލިބިފައެވެ. މިއީ ރާއްޖެއަށް ލިބުނު ވޮލީގެ ފުރަތަމަ ރަންމެޑަލެވެ. އެހެންނަމަވެސް 2008 ވަނަ އަހަރުން ފެށިގެން ބޮޑީބިލްޑިންގ މުބާރާތް ތަކުން ރާއްޖެއިން ރަންމެޑަލް ހޯދަމުން އާދެއެވެ. އެގޮތުން ޑިސެމްބަރު މަހު ބޭއްވި ވޯލްޑް ބޮޑީބިލްޑިންގ ޗެމްޕިއަންޝިޕުގައި ރާއްޖޭގެ ބޮޑީބިލްޑިންގ ޓީމް ވަނީ އެއް ރަން މެޑައްޔާއި، އެއް ރިހި މެޑަލްގެ އިތުރުން ހަތަރު ލޯ މެޑަލް ހޯދާފައެވެ. ބޮޑީ ބިލްޑިންގެ އެކި މިބާރާތުން މީގެކުރިން ރަންމެޑެލް ހޯދަމުން އަޔަސް ވޯލްޑް ބޮޑީބިލްޑިންގ ޗެމްޕިއަންޝިޕްގައި ރާއްޖެއިން ރަންމެޑަލް ހޯދި މިއީ ފުރަތަމަ ފަހަރެވެ.
ރައީސް ވިދާޅުވީ ކުޅުންތެރިންނަށާ އެތުލީޓުންނަށް އިތުރު ތަމްރީން ފުރުސަތުތައް ހޯއްދަވައިދެއްވުމަށް މަސައްކަތްޕުޅު ކުރައްވަމުން ގެންދަވާ ކަމަށެވެ. ބީޗް ވޮލީއާ ވޯޓަރ ސްޕޯޓްސްގެ ކުޅިވަރުތަކަކީވެސް ރާއްޖޭގައި ކުރިއަރުވައި ކާމިޔާބީތައް ހޯދޭނެ މުސްތަގުބަލް އޮތް ކުޅިވަރު ތަކެއްކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެކުރިން އެކުޅިވަރު ތަކަށް ނުލިބޭ ސަމާލުކަމާއި، މާލީ އެހީތެރިކަން މިފާއިތުވި ހަތަރު އަހަރުގެ ތެރޭގައި ލިބިގެން ގޮސްފައިވާކަން މިނިސްޓަރ އަހުމަދު މަހުލޫފާއި ވޮލީ ބޯލް އެސޯސިއޭޝަނާއި ބޮޑީބިލްޑިންގ އެސޯސިއޭޝަނުން ފާހަގަކުރެއެވެ.