ކްލަބް މޯލްޑިވްސް ކަޕް: ޗެންޕިއަން ފެނަކަ އަށް ރައީސް ތަށި ދެއްވައިފި
ކްލަބް މޯލްޑިވްސް ކަޕް ގެ ޗެންޕިއަންކަން ފެނަކަ ރެއެކްރޭޝަން ކްލަބުން ހޯދައިފިއެވެ. ޗެންޕިއަން ފެނަކައަށް މުބާރާތުގެ ތަށި ދެއްވީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރަހީމް މުހައްމަދު ސާލިހެވެ. ކްލަބް މޯލްޑިވްސް ކަޕްއަކީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އެއް ފުޓްސަލް މުބާރާތެވެ. ފައިނަލުގައި ފެނަކައިން ކުޅުނު ފުރަތަމަ ތިން ފަހަރަށް މުބާރާތުގެ ޗެންޕިއަންކަން ހޯދައިފައިވާ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް(އެމްޕީއެލް) ބަލިކުރީ ހުޅުމާލޭ ރެހެނދީ ދަނޑުގައި ކުޅުނު ފައިނަލް މެޗުގައެވެ.
ފެނަކަ ޓީމް ފަހަތުން އަރާ އެމްޕީއެލް ބަލިކޮށް 1-2 އިންނެވެ.
މުބާރާތުގެ ފައިނަލް މެޗްގެ ފުރަތަމަ ހާފުގައި އެމްޕީއެލުން ލީޑު ނެގީ އެ ޓީމުގެ ޝަމާއިލް ޖެހި ގޯލުކުންނެވެ. ފުރަތަމަ ހާފު ނިމިގެން ދިޔައީ އެއްވެސް ޓީމަކަށް އިތުރު ލަޑެއް ނުޖެހި ފެނަކައަށް ލިބުނު ދެ ޕެނަލްޓީ ވެސް ނާކާމިޔާބު ވެގެން އެމްޕީއެލް ކުރީގައި އޮވެއެވެ.
ދެވަނަ ހާފު ފެށުމާއެކު ފެނަކަ ރީތި ޕާސިން ގޭމެއް ކުޅެ 13 ވަނަ މިނެޓުގައި ފެނަކަ އިން ނަތީޖާ ހަމަހަމަ ކުރީ ފެނަކަ ޓީމުގެ އަޔާ ޖެހި ގޯލުންނެވެ. ފަހު ހާފުގައި އެމްޕީއެލްއާއި ދެކޮޅަށް ފެނަކަ ޓީމުން ގިނަ ހަމަލާތަކެއް އުފެއްދިއެވެ. މެޗު ނިމެން 30 ސިކުންތަށް ވެފައި ވަނިކޮށް ފެނަކަޓީމުގެ ދެވަނަ ލަޑު އެ ޓީމުގެ ހުސައިން ޝަރީފް (އޮންލީ) ޖަހާ ޓީމަށް ޗެންޕިއަންކަން ހޯދާ ދިނެވެ. މުޅި މުބާރާތިގައި 13 ގޯލުޖަހައިގެން މުބާރާތުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމް ހާސިލްކުރީ ވެސް ފެނަކަ ޓީމުގެ އޮންލީއެވެ.
ފެނަކަ ޓީމަށް ލިބުނު ކާމިޔާބުގެ ސިއްރަކީ ދުރާލާ ފަރިތަކުރުންތައް ކުރިއަށް ގެންގޮސް ފެނަކައިގެ އިސްވެރިންނާއި މެނޭޖުމެންޓުން ދިން ފުރިހަމަ އެއްބާރުލުން ކަމަށް އެ ޓީމްގެ ކޯޗް ބުނެއެވެ. ނެވެ.
މުބާރާތުގެ ކިންގް އޮފް ފުޓްސަލް އަކީ އެމްޕީއެލްގެ އަޔާޒް އަހުމަދެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާއަކީ ވެސް އޭނާއެވެ. އަހަރުގެ ސަޕޯޓިންގ ޓީމަކަށް ހޮވުނީ ރޯޑް ރެކްރިއޭޝަން ކްލަބް (އާރްއާރްސީ)އެވެ.