އިންޓަރ-އޮފީސް ވޯލީ މުބާރާތު: 3ވަނަ މެޗް އެމްޕީއެލް ކާމިޔާބުކޮށްފި!

އިންޓަރ-އޮފީސް ވޯލީ މުބާރާތު: 3ވަނަ މެޗް އެމްޕީއެލް ކާމިޔާބުކޮށްފި!

އޮފީސް ތަކުގެ މެދުގައި ފޯރިއާއި އެކު މިހާރު ހިނގަމުންދާ ވޮލީމުބާރާތުގެ ިތިންވަނަ މެޗުން އެމްއޭސީއެލްއާއި ބައްދަލުކޮށް 3-1 ނަތީޖާއަކުން އެމްޕީއެލްގެޓީމު ކުރިހޯދައިފިއެވެ. މިމެޗުން ކުރި ހޯދުމަކީ އެމްޕީއެލްގެ ޓީމަށް ސަޕޯޓްކުރާ ސަޕޯޓަރުންނަށް އަދި އެމްޕީއެލްގެ ހުރިހާމުއައްޒަފުންނަށް ލިބުނު ވަރަށް ބޮޑު ހިތްހަމަ ޖެހުމެކެވެ.  

މި ފަހުރުވެރި ނަތީޖާއާއި އެކު ދެން އެމްޕީއެލްގެ ވޮލީޓީމު ބައްދަލު ކުރާނީ މޯލްޑިވްސް ޕޮލިސްސާރވިސްގެ ޓީމާ ދެކޮޅަށެވެ.  މިމެޗު އޮންނާނީ 08 މެއި 2023 ވަނަ ދުވަހުގެ ރޭގަނޑު 20:30 ގައި ހުޅުމާލޭގެ އާބަންކޯ ވޮލީކޯޓުގައެވެ. އެމްޕީއެލްގެ ޓީމަށް ތާއީދުކުރާ ފަރާތްތަކުން ސަޕޯޓުކުރުމަށް މި މެޗަށް ވަޑައިގެން ދެއްވުމަކީ އެމްޕީއެލްގެ ރިކުރިއޭޝަން ކުލަބުގެ ވަރަށް ބޮޑު އެދުމެކެވެ.

މިފަހަކައް އައިސް ސަރުކާރު އަދި އަމިއްލަ އެކި އެކި އޮފީސްތަކުގެ މެދުގައި ތަފާތު ކުޅިވަރުތަކުގެ މުބާރާތްތައް ކުރިއަށް ގެންދެއެވެ. މިފަދަ މުބާރާތް ތަކުގެ ސަބަބުން އޮފީސް ތަކުގެ މެދުގައި އެކުވެރިކަން އާލާވެ ގުޅުންބަދަހި ވެގެން ދެއެވެ