ހިތްވަރު ގަދަ ފެނަކަ: ބަލިވީ ކުޑަ ތަފާތަކުން
ވިމެންސް ފުޓްސަލް ފިއެސްޓާގެ ފައިނަލު: ހުކުރު ވިލޭރޭ
ވިމެންސް ފުޓްސަލް ފިއެސްޓާގެ ފައިނަލުގައި ބައްދަލުކުރާނީ ދިވެހި ސިފައިންގެ ކުލަބާއި އެންމެ ފަހުގެ ޗެމްޕިއަން އެމްޕީއެލްއެވެ. ކުލަބު މޯލްޑިވްސްގެ އަންހެން ޑިވިޝަން މުބާރާތް ކަމަށްވާ 18/30 ގެ ފައިނަލަށް ސިފައިންގެ ކުލަބު ދަތުރުކުރީ ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި އެންމެ ފަހުގެ ރަނަރަޕް ކްލަބް ވެމްކޯ 6-2 އިން ބަލިކޮށްގެންނެވެ. އެމްޕީއެލް ފަނަލަށް ދިޔައީ ފެނަކަ އާއި ވާދަކޮށް 3-2 ކާމިޔާބު ކޮށްގެންނެވެ. ފެނަކައިން މޮޅަށް ކުޅެ މިފަހަރު ބަލިވި ނަމަވެސް މި އަހަރުގެ ލީގު ބުރުގައި ކުޅުނު މެޗު ކާމިޔާބުކޮށްފައި ވަނީވެސް ފެނަކައެވެ.
އެމްޕީއެލް ތިން ލަނޑުގެ ލީޑެއް ހޯދާފައި ވަނިކޮށް ފަހަތުން އަރާ ފެނަކައިން ދެ ގޯލު ޖަހާ ތަފާތު ކުޑަކޮށްލިއެވެ. ފެނަކައިގެ ކުޅަދާނަ ކުޅުންތެރިޔާ، ރާނީ މުލްޔަސާރީ ފެނަކައަށް ޖަހަދިން ދެ ގޯލުން ތަފާތު ކުޑަކޮށް ލެވުނު ނަމަވެސް އިތުރު ލަނޑެއް ޖަހާނެ ފުރުސަތު އެއްވެސް ޓީމަކަށް ނުލިބި މެޗް ނިމުނީ އެމްޕީއެލް މޮޅު ވެގެންނެވެ.
މުބާރާތުގެ ލަނޑު ލިސްޓުގެ އެންމެ ކުރީގައި އޮތް އެމްޕީއެލްގެ ނަތަމޯން އަތުކްލާއަކީ މުބާރާތުގައި 18 ލަނޑު ޖަހާފައިވާ ކުޅުން ތެރިިއެކެވެ. އެމްޕީއެލް އަށް މެޗު ކާމިޔަބު ކުރެވުނީ އުކުލާގެ ދެ ލަނޑާއި ފަރަހު އަހުމަދުގެ ލަނޑަކުންނެވެ.
އެމްޕީއެލް އާއި ސިފައިން ބައްދަލުކުރާ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ބުރާސްފަތި ދުވަހުގެ ރެއެވެ.