ބޭނުންވީމާ ރޫޅާލާ ބޭނުންވީމާ ރާވަންއުޅުން ބަލައެއްނުގަނެވޭ: އަލީ ނިޔާޒް

ތިމަންނާ ބޭނުންވީމާ ރޫޅާލާފައި ހަލާކުތެރެއަށް އެންމެން ދޫކޮށްލާފައި ތިމަންނާ ބޭނުންވީމަ ހަމަ އެމީހުން ލައްވާ ރާވަން މަސައްކަތްކުރެވޭ ނިޒާމް އަކީ ރުހެވޭ އުސޫލެއް ހަމައެއް ނޫން. ކަމަށް ހުޅުމާލެ ދާއިރާގެ ކުރީގެ މެންބަރ އަލީ ނިޔާޒް ވިދާޅުވެއްޖެއެވެ.
ހައްޖުދުވަހުގެ ހެޔޮއެދުންތައް އެންމެހާ ދިވެހިންނަށާއި އެންމެހާ މުސްލިނުންނަށް ފޮނުއްވުމަށް އަލީ ނިޔާޒް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެހެން ވިދާޅުވީ މިއަދުއެވެ.
އަލީ ނިޔާޒް އެ އިޝަރާތް ކުރައްވާ ވާހަކަފުޅު އެ އިޝާރާތް ކުރައްވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ކަމަށް ބެލެވެއެވެ. ރައީސް ނަޝީދަކީ އެމްޑީޕީގެ ރައީސް ކަމުގައި ހުންނަވައިގެން ރައީސް ސޯލިހުގެ ވެރިކަމާ ދެކޮޅަށް އިދިކޮޅަށްވުރެ އިދިކޮޅުވެގެން އުޅުއްވި ބޭފުޅެކެވެ. އެމްޑީޕީގެ ވެރިކަން ވައްޓާލާ އެމްޑީޕީ ރޫޅާލުމަށް ފާޅުގައި މަސައްކަތްކުރެއްވި ބޭފުޅަކީ ރައީސް ނަޝީދެވެ.
2028 ގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ނަޝީދު ވަނީ އިއުލާނުކުރައްވާފައެވެ. ރައީސް ނަޝީދަށް އެމްޑީޕީގެ މެންބަރުންގެ ތާއީދު ހޯއްދެވުމުގެ މަސައްކަތް ވެސް މިޙާރުވަނީ ނަޝީދު ފައްޓަވާފައެވެ.
ރައީސް ނަޝީދު ބޭނުންފުޅުވުމުން އެމްޑިޕީ ރޫޅާލައްވާ މެންބަރުން ހަލާކުގެ ތެރެއަށް ދޫކޮށް ލައްވާ، ނަޝީދު ބޭނުންފުޅުވުމުން އެ މެންބަރުންލައްވާ ނަޝީދަށް ފަހިކޮށް އެމްޑީޕީ ރާވަން ކުރައްވާ މަސައްކަތަކީ ބަލައިގަނެވޭނެ ކަންކަމެއް ނޫނެވެ.
ރައީސް ސޯލިހު ހިންގެވި އެމްޑީޕީ ވެރިކަން ބަލިކުރައްވާ ރައީސް މުއިއްޒާ ނުސީދާކޮށް ބައިއަތު ހިއްޕަވައިގެން ހުންނަވާ ނަޝީދު ނޫން އެމްޑީޕީ ބޭފުޅަކަށް ވެރިކަން ލިބުނަ ނުދެއްވުމަށް ރައީސް ނަޝީދު ކުރައްވާ މަސައްކަތް ފޭލިކޮށްލަން މުޅި އެމްޑީޕީ މިއަދު އެއްގަލަކަށް އަރަންޖެހެއެވެ. ރައީސް މުއިއްޒު ސަރުކާރުން ހިންގާ ބޮޑެތި ޖަރީމާތަކަށް ލޯމަރުއްވައިގެން ހުންނަވާ ނަޝީދު ކުރައްވަމުން އެ ގެންދަވަނީ އެމްޑީޕީއަށް 2028 ވެސް ގެއްލުވާލުމުގެ މަސައްކަތެވެ.