މުއިއްޒު ދައްކާވާހަކަ ގަބޫލުނުކުރަން ރައީސް ގޮވާލުން މާލަސްވެއްޖެ!

މުއިއްޒު ދައްކާ ވާހަކަވިޔަސް ގަބޫލު ނުކުރަން ދިވެހި ރައްޔިތުންގެ ކިބައިން ރައީސް މުއިއްޒު އެދުމަމަކީ މުއިއްޒުވެސް ހަދަނީ ދޮގުކަން ކަށަވަރު ކޮށްދޭކަމެކެވެ. މުއިއްޒު އެ ބުނަނީ މުއިއްޒު ދައްކާ ވާހަކަ ދިވެހި ރައްޔިތުން ގަބޫލުކުރަން ހެޔޮ ނުވާނެ ކަމަށެވެ. ރައީސް މުއިއްޒު އެ ބުނީ މުއިއްޒު ދައްކާ ވާހަކަ ވިޔަސް ގަބޫލު ކުރާނީ ޖަނަވާރުތަކެއް ފަދަ ބައެއް ކަމަށެވެ.
މީހަކު ދައްކާހާ ވާހަކައެއް ގަބޫލު ނުކޮށް ދެއްވި ބުންދިން ވިސްނުމަށް ރައީސް މުއިއްޒު އެދުމުން އަމިއްލަ ސިކުނޑިން ވިސްނާލި ކޮންމެ މީހަކަށްވެސް މުއިއްޒު ދައްކަނީ ދޮގު ވާހަކަ ކަމަށް ސިކުނޑި ބުނެދެއެވެ. ރައީސް މުއިއްޒު ބުނާހެން ބުއްދި ދެއްވީ ކަމަކުއެވެ. އަމިއްލަ ސިކުނޑިން ނުވިސްނާ މީހަކު ވިސްނާނީ އެހެން މީހެއްގެ ސިކުނޑިންނެވެ.
މީހަކު ދައްކާހާ ވާހަކައެއް ގަބޫލު ކުރާނީ ބުއްދިނެތް ޖަނަވާރުތަކެއް ފަދަ ބައެއް ކަމަށް މުއިއްޒު ބުނިއިރު މުއިއްޒު ވިސްނާގޮތަށް މުއިއްޒުގެ ސިކުނޑިން ހުރިހާ ދިވެހިން ވިސްނަން ޖެހޭ ހެއްޔެވެ. އެހެން އެކަން ކުރަން ނުޖެހޭނެ ކަމަށް ބުނީވެސް މުއިއްޒެވެ.
މުއިއްޒު ބުނި އެއްޗެއް ބުނިގޮތަކަށް ގަބޫލު ކުރަން ނުޖެހޭކަމަށް ބުނެފައި އެވަނީ މުއިއްޒު އަމިއްލައަށެވެ. މުއިއްޒު ދެއްކި ވަރަކަށް ދެއްކި އެއްޗަކަށް ބަލަހައްޓައިގެން ރައްޔިތުން ތިބެން ނުޖެހޭނެކަމަށް ބުނަނީވެސް އަމިއްލައަށެވެ. ދިން އެއްޗެއް ދިން ވަރަކުން ފުއްދާލައިގެން ހައްގު މިންވަރު ހޯދަން ނޫޅެ ތިބެން ނުޖެހޭނެކަމަށްވެސް ބުނަނީ ވެސް މުއިއްޒެވެ.
ރުޅީގެ މައްޗަށް ރުޅި އިސްކޮށް ކަރުން ނާރު ނަގާ އަމިއްލަ ޒިންމާގައި ތިބި ރައްޔިތުންނަށް ވަށިވަށިން ދިނުން އާދައަކަށް މުއިއްޒު ހަދައިފިއެވެ. ރައްޔިތުންގެ ދެފައިގައި ހިފާ ރޮއެ އާދޭސް ކޮށްގެން ހޯދުނު ވެރިކަން ހިފަހައްޓާލެއްވޭ ވަރަށްވުރެ ބުރަވީމާ ޖިންނި މޮޔަވާ މީހަކު ހަނދުބޮޑުވީމާ އުޅޭގޮތަށް އުޅުނަކަސް ކަމަކު ނުދާނެއެވެ.
ބަސްނުވިކޭ އޮޑިއެއްގެ ދިރުބަލުގައި ހުންނަން ކެތްނުކުރެވިގެން ކޮޅުމައްޔަލަށް އޮޑި ބީއްސައިގެން ވެސް ދިރުބަލުގައި ހުންނަން ނުހަދާ އޮޑިން ފައިފައިބާށެވެ. އޭރަކުން ދޮގު ވައުދުވަމުން މޫނު ކުޅަދުރު ހަތައަކަށް ހަދައިގެން ރައްޔިތުނަން ބަވަމުން ދެފައި އެއްތާ ނުޖަހާ ދުވާކަށް ނުޖެހޭނެއެވެ.