ސްޕަރ މެޖޯރިޓީ އޮތަސް މުއިއްޒަކަށް ނުވާނެ!

ހާސްކަމެއް ނެތި ދިވެހިން އުޅޭނެ މާހައުލު ކަށަވަރުކޮށް ދީބަލަ

ސްޕަރ މެޖޯރިޓީ އޮތަސް މުއިއްޒަކަށް ނުވާނެ!
އެމްޑީޕީ ސަަރުކާރަށް މަޖިލީހުގެ ސުޕަރމެޖޯރިޓީ ލިބި ރައްޔިތުން ބޭނުންވި އެއްވެސް ކަމެއް ކުރެވުނު ކަމަކަށް ނުވިއެވެ. ޕީއެންސީ ވެރިކަމަށް އައިސް އެންމެ ބާރަށް ދެއްކީ އެވާހަކައެވެ. މަޖިލިސް މަޖިލީހުގެ މެޖޯރިޓީ ނުލިބި ކަންކަން ނުކުރެވޭނެ ވާހަކައެވެ. ރައްޔިތުންގެ ހެވާލާބައަށް ހަދަން ޖެހޭ ގާނޫނުތައް މަޖިލިސް ނުލިބި ނުހެދޭނެ ވާހަކައެވެ. އެމްޑީޕީ މެޖޯރިޓީ އޮތް މަޖިލީހުން ސަރުކާރު ހިންގަން ދަތިކުރާ ވާހަކައެވެ. އެމްޑީޕީއަށް މެޖޯރިޓީ ދީފިއްޔާ ރައީސް އަޒުލް ކުރާނެ ވާހަކައެވެ.
ކިތަންމެ ރަނގަޅަކަށްވެސް ރައްޔިތުން ސަރުކާރުގެ އަޑު އަހައިފިއެވެ. ޕީއެންސީ ސަރުކާރަށް މަޖިލީހުގެ ސްޕަރމެޖޯރިޓީ ދީފިއެވެ. ގާނޫނު އަސާސީ އިސްލާހުކުރަން ވިޔަސް ފަސޭހަކަމާއެކު އެކަން ކުރެވޭވަރުގެ ބިޔަ ސްޕަރ މެޖޯރިޓީއެއް ރައީސް މުއިއްޒަށް އެއޮތީ ދީފައެވެ.  
މުއިއްޒު ސަރުކާރަކީ ކޯލިޝަން ސަރުކާރެއް ނޫނެވެ. ސައްތައިން ސައްތަ މުއިއްޒު ސަރުކާރެކެވެ. މުއިއްޒު ސްޕީޑްގައި ނުކުރެވެނެ އެއްކަމެއްވެސް ނުއޮންނަވަރުގެ ސްޕަރމެޖޯރިޓީއެއް އެއޮތީ ދީފައެވެ. ސަރުކާރުގެ ތެރޭގައިވެސް އެއްވެސް އުނދަގުލެއް ނެތެވެ.

މިހާރުގެ ސަރުކާރަށް ރައްޔިތުންގެ މެދުގައި ހަމަހަމަކަން ގާއިމުކޮށް ފޯރުންތެރި އަބުރުވެރި ދިރިއުޅުމެއް ހޯދާދެވެން ޖެހޭނެއެވެ. ހާސްކަމެއް ނެތި ދިވެހިން އުޅޭނެ މާހައުލު ކަށަވަރުކޮށް ދޭނެއެވެ. ވަންޏާ ނިކަން މިކަންކަން ކޮށްލަބަލާށެވެ.

  • މުސާރައިގެ ބޭއިންސާފު ނައްތާލުން.
  • ވަޒީފާގެ ހަމަހަމަކަން ޤާއިމު ކުރުން.
  • ބޭސްފަރުވާއަށް ސަލާންޖެހުން އެއްކޮށް ނައްތާލުން.
  • ބޭސްފަރުވާއަށް އެހީހޯދަން، މެމްބަރަށް ގުޅަން ނުޖެހުން.
  • އެންމެނަށް ބޯހިޔާވަހިކަން ފޯރުކޮށް ދިނުން.
  • ބޮޑެތި ބަލިތަކަށް ބޭސްފަރުވާ ނުކުރެވިގެން ސޯޝަލް މީޑިއާގެ އޮޅިތަކުގައި ސަލާން ނުޖެހުން. 
  • ބިދޭސީންގެ މައްސަލަ ޙައްލު ކުރުން.
  • މަސްތުވެގެން ހުންނަ މީހަކު މަގުމަތިން ނުފެނުން.
  • ފަޤީރުކަން ނައްތާލުން.
  • ޑޮލަރުގެ ކަޅުބާޒާރު ނައްތާލުން. 
  • ކަރަންޓުގެ އަގު ހެޔޮ ކުރުން.
  • ލަފާފުރުމުގެ ހުރިހާ ދަތިކަމެއް ނައްތާ ލުން.
  • ފެނާ ނަރުދަމާގެހިދުމަތް ނެތް ރަށެއް ނުބޭއްވުން.
  • ކަރަންޓް ހިދުމަތް ރައްކާތެރިކަމާއި ފަސޭހަކަމާއެކު ބޭނުންވާ ވަރަކަށް ހޯދާދިނުން.