ދިރިހުރި އެންމެ ބަރުމީހާ 610 ކިލޯއިން 63.5 ކިލޯއަށް ލުއިކޮށްފި
ހަމަސް ދުވަހުގެ ތެރޭގައި ހަށިގަނޑުގެ ބަރުދަނުން ދެބައިކުޅަ އެއްބައި ލުއިކޮށްލި
ދިރިހުރި އެންމެ ބަރު މީހާގެ ގޮތުގައި މަޝްހޫރުވެފައިވާ ހާލިދު ބިން މުހުސިން ޝާރީގެ ބަރުދަން 2013 ވަނަ އަހަރު ހާލިދުގެ ބަރުދަނުގައި 610 ކިލޯ ހުއްޓެވެ. ތިން އަހަރަށް ވުރެ ގިނަ ދުވަހު އެނދުގައި އޮއްވާ ހާލިދުގެ ބަރުދަނުން 542 ކިލޯ އުނިވެގެން ގޮސްފައި ވަނީ ސައުދީ އަރަބިއްޔާގެ ކުރީގެ ރަސްގެފާނު އަބްދުއްލާގެ ސަބަބުންނެވެ.
ހާލިދުގެ ހާލަތު ގޯސްވެގެން އަބްދުއްލާ ރަސްގެފާނު އެކަމުގެ ތެރެއަށް ވަދެވަޑައިގަތެވެ. ކިންގް އަބްދުއްލާ ވެދެވަޑައިގަތީ އޭނާގެ ފުރާނަ ސަލާމަތް ކުރެއްވުމުގެ ފުރިހަމަ ޕްލޭނެއް އެކުލަވާލައްވައިގެންނެވެ. ހާލިދުގެ ފަރާތުން އެއްވެސް ހަރަދެއް ނުކޮށް އެންމެ މަތީ ފަންތީގެ ބޭސްފަރުވާ ލިބޭނެ އިންތިޒާމު ރަސްގެފާނު ހަމަޖެއްސެވިއެވެ.
ޖާޒާންގައި ހުންނަ ހަލިދުގެ ގެއިން ރިޔާޒުގެ ކިންގް ފަހުދު މެޑިކަލް ސިޓީއަށް ގެންދިޔައީ ފޯކްލިފްޓަކާއި ހާއްސަކޮށް ފަރުމާކޮށްފައިވާ އެނދެއް ބޭނުންކޮށްގެންނެވެ. އެގޮތުން 30 މެޑިކަލް ޕްރޮފެޝަނަލުންގެ ޓީމެއް އެކުލަވާލައިގެން ފަރުވާ ދިނުމާއި ޑައިޓްގެ ހަރުކަށި އުސޫލެއް އެކުލަވާލިއެވެ.
ހާލިދުގެ ފަރުވާގެ ތެރޭގައި ގޭސްޓްރިކް ބައިޕާސް ސާޖަރީ އާއި ކަސްޓަމައިޒް ޑައިޓް އަދި ކަސްރަތު ޕްލޭނެއް އަދި އޭނާގެ މޮބިލިޓީ އަލުން ހޯދުމަށް އެހީތެރިވުމުގެ މަގުސަދުގައި އިންޓެންސިވް ފިޒިއޮތެރަޕީ ސެޝަންތައް ކުރިއަށް ގެންދިޔައެވެ. މެދުއިރުމަތީގެ އިސް ސައިންސްވެރިންގެ ތާއީދާއެކު ހާލިދަށް ފެނުނީ ގަބޫލުކުރަން ދަތި ނަތީޖާތަކެކެވެ.
މިހާރު ދިރިހުރި އެންމެ ބަރު މީހާ އަދި ދުނިޔޭގައި ދިރިއުޅުނު ދެވަނައަށް އެންމެ ބަރު މީހާ ކަމަށްވާ ހާލިދު ބިން މުހުސިން ޝާރީއަށް ފާހަގަކޮށްލެވޭ ބަދަލެއް އައިސް، އެންމެ ހަ މަސް ދުވަހުގެ ތެރޭގައި އޭނާގެ ހަށިގަނޑުގެ ބަރުދަނުގެ ދެބައިކުޅަ އެއްބައި ލުއިވެގެން ދިޔައެވެ.
2023 ވަނަ އަހަރު ޚާލިދު ވަނީ ހައިރާން ކުރުވަނިވި ގޮތަކަށް 542 ކިލޯ ލުއިވެފައެވެ. އޭނާގެ ބަރުދަން ސިއްހަތަށް ފައިދާހުރި ގޮތުގައި 63.5 ކިލޯއަށް މިހާރު ވަނީ ދަށްވެފައެވެ. އޭނާއަށް އައި ޖިސްމާނީ ބަދަލުގެ ބޮޑުކަމުން ހަންގަނޑުން އިތުރުވީ ބައިތައް ނައްތާލުމުގެ އެތައް ސާޖަރީއެއް ކުރަން ޖެހުނެވެ. މިއީ ހަންގަނޑު އާ ހަށިގަނޑުގެ ބައްޓަމަށް އެޑެޕްޓް ނުވެދާނެތީ ބޮޑު ބަރުދަނެއް ލުއިވާ ފަރުދުންނަށް އާންމު ކަމެކެވެ.
ހާލިދުގެ ހަށިގަނޑަށް އައި ބޮޑު ހެޔޮ ބަދަލާއި ގުޅިގެން ލޯބިން އޭނާއަށް މަޝްހޫރުވެފައި ވަނީ "ދަ ސްމައިލިން މޭން" ގެ ނަމުންނެވެ. "ދަ ސްމައިލިން މޭން" ގެ ނަމަކީ ފާހަގަ ކޮށްލެވޭ ބަދަލުތަކެއް ފެނުނު މެޑިކަލް ސްޓާފުން ދިން ލަގަބެކެވެ.