ކޮމްޕްރޮމައިޒް: ދިރިއުޅުމުގައި މުހިންމު ކަމެއް

ގޮތްދޫކޮށް އެއްބަސްވާގޮތަށް ބަހުގައި ހިފެހެއްޓުން

ކޮމްޕްރޮމައިޒް: ދިރިއުޅުމުގައި މުހިންމު ކަމެއް

އަމިއްލަ އެދުމަކީ އަޅުގަނޑުމެންގެ ތެރެއިން ގިނަ ބައެއްގެ އާއްމު ކަމެކެވެ. އެއީ ކުޑައިރު ކުޅޭ ތަކެތި އެހެން ކުދިންނަށް ހިއްސާ ކުރަން މައިންބަފައިން ދަސްކޮށް ދޭން ޖެހުނު ސަބަބެވެ. އެހެންވެ ކޮމްޕްރޮމައިޒް ކުރަން ދަސް ކުރުމަކީ ގުޅުން ތަކުގައި އުޅޭ ބައެއް މީހުންނަށް އުނދަގޫ ގޮންޖެހުމަކަށް ވެދާނެ އެވެ.

ކޮމްޕްރޮމައިޒް ކުރުމަކީ ކޮންމެ ވެސް ގުޅުމެއް އުފައްދުން ނުވަތަ ކެނޑުމަށް ވެދާނެއެވެ. ކޮމްޕްރޮމައިޒް މި ބަސް އިވޭ ކޮންމެ ފަހަރަކު، ގޭންގް ފިލްމުތަކާ މެދު ބައެއް މިހުނަށް ވަގުތުން ވިސްނެއެވެ. ހިޔާލަށް އަންނަނީ ދެކޮޅުވެރި ވެފައިވާ ކަންކަމުގައި ގޭންގު ލީޑަރުން ވާހަކަ ދައްކަން ބޭނުންވާ ހިނދު ކޮމްޕްރަމައިޒް ވަގޮތްގޮތެވެ. ގޭންގް ސްޓަރުންގެ ބަހުރުވައި ނަމަ އެއީ ޕާލޭއެވެ. ދެ ފަރާތުގެ މެދުގައި ދިމާވެދާނެ ކޮންމެ މައްސަލައެއް ހައްލު ކުރުމަށް ބާއްވާ ސުލްހަވެރި ބައްދަލުވުން ތަކެވެ. 

ތިބާ ބޭނުންވާ އެއްޗެއް ބޭނުން ވާއިރު ބައިވެރިޔާ ވެސް ބޭނުންވެއެވެ. އެއީ އަސާސީ މުއާމަލާތުގެ ބައެކެވެ. ޖަޖުކޮށް ނުވަތަ އޮޅުވާލާނެ ކަމުގެ ބިރަކާ ނުލައި ބައިވެރިޔާއަށް ތިމާއަށް އިހުސާސްވާ ގޮތް ނުވަތަ ބޭނުންވާ ގޮތް ބަޔާންކޮށް ދިނުމަކީ މުހިންމު ކަމެކެވެ. ކަމެއް ބޭނުން ވުމަކީ އޯކޭ ކަމެއް ނަމަވެސް ބައިވެރިޔާ ބޭނުންވާ ގޮތާ މެދު ވެސް ވިސްނަން ޖެހެއެވެ. ބައެއް ފަހަރު ބޭނުންވާ އެއްޗެހި ލިބެއެވެ. ބައެއް ފަހަރު ނުލިބެ އެވެ. ނިމުމުން އެއީ ތިޔަ ދެ މީހުންނަށް ވެސް ވިސްނުމަށް އަންނަ ނިންމުމަކަށް ވާންވާނެއެވެ. އެހެން ނޫން ނަމަ، އެއީ ޙަޤީޤަތުގައި ވެސް ކޮމްޕްރޮމައިޒެއް ނޫނެވެ. ކޮމްޕްރޮމައިޒް ކުރުމަށްޓަކައި ބައިވެރިޔާގެ ވާހަކަތައް އަޑުއަހައި، އޯޕަން ވިސްނުމުގައި ހުންނަން ޖެހެ އެވެ.

މޮޅުވާން ބޭނުންވާ ކަމުގެ އިހުސާސް ތަކުގެ މާނައަކީ ބައިވެރިޔާގެ ވާހަކަތައް އަޑުނޭހުމެއް ނޫނެވެ. ތިބާގެ ބޮޑާކަން އެއްފަރާތް ކުރާށެވެ! ކޮންމެ ކަމަކީ މުބާރާތެއް ނޫނެވެ. ދެބަސްވުމެއްގެ މައްޗަށް ނުކުންނަ ސުލްހަވެރި ހައްލަކީ މޮޅުވުމެއް ނުވަތަ ބަލިވުމެއް ނޫނެެވެ.

ކަންކަން ދޫކޮށްލާށެވެ. ކޮމްޕްރަމައިޒް ވުމަށް ފަހު ފަހުގެ ވާހަކަތަކާ ކުރީގެ ވާހަކަތަކާ އެއްވެސް ގުޅުމެއް ނޯންނާނެއެވެ. ދޫކޮށް މާފުކޮށް ކުރިއަށް ދާށެވެ. ބައެއް ފަހަރު އިހުސާސްތަކުގެ ތެރެއަށް ވަދެގެން ދެވެއެވެ. އެ ހާލަތުގައި ފުން ނޭވާއެއް ދޫކޮށްލުމަށްފަހު އަމިއްލަ ނަފްސާ ސުވާލުކޮށްލާށެވެ.

އުއްމީދުތައް ކުރުމާ އުންމީދުގެ މަތީގައި ހުރުމަކީ އެއްކަމެކެވެ. އަނެއް ކަމަކީ އެ އުއްމީދުތަކާ އެއްގޮތަށް އަމަލުކުރުމެވެ. އެއްބަސްވެވޭ ގޮތަށް އަމަލުނުކުރެވޭ ނަމަ ބަހަކީ އަގެއް ނެތް ބަސްތަކަކައް ވެގެންދެއެވެ. ހުސް ވައުދުތަކުން ފުރިގެން ނުވާކަން އެހެން މީހުންނަށް ދައްކަނީ އެއްބަސްވުމަށް އަމަލު ކުރެވޭ ހިސާބުންނެވެ. އަބަދުވެސް ގޮތްދޫކޮށް އެއްބަސްވިގޮތަށް ތިބާގެ ބަހުގައި ހިފަހައްޓައިގެން ކޮމްޕްރޮމައިޒުން މަންފާ ލިބިގަނެވޭނެއެވެ.