ކާމިޔާބު ހޯއްދެވި ކެންޑިޑޭޓުންނަށް ޝާހިދު މަރުހަބާ ވިދާޅުވެއްޖެ!

ކާމިޔާބު ހޯއްދެވި ކެންޑިޑޭޓުންނަށް ޝާހިދު މަރުހަބާ ވިދާޅުވެއްޖެ!

މިއަދު،  ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބު 2026 އާއި ޑަބްލިޔު.ޑީ.ސީ ގެ ޕްރައިމަރީގައި ވާދަކޮށް ކާމިޔާބު ހޯއްދެވި ހުރިހާ ކެންޑިޑޭޓުންނަށް އެމްޑީޕީގެ ރައީސް އަބްދުއްލާ ޝާހިދު މަރުޙަބާ ވިދާޅުވެއްޖެއެވެ.

ޝާހިދު ވިދާޅުވީ  މި އިންތިޚާބުގައި އެމްޑީޕީގެ ރޫޙުގައި ޖޯޝާއި ފޯރިއާއި އެކު ވާދަކުރެއްވި އެންމެހާކެންޑިޑޭޓުން ދެއްކެވި ޑިމޮކްރަސީގެ ރީތި ނަމޫނާއަށް ޝުކުރު ދަންނަވާ ކަމަށެވެ.

ދެން އޮތީ ޕްރައިމަރީ ކާމިޔާބު ކުރެއްވި ކެންޑިޑޭޓުނާއި އެކު އެންމެންއެކުގައި މަސައްކަތްކޮށް، މުޅި ޕާޓީ އެކަތިގަނޑެއްގެ ގޮތުގައި ނިކުމެ، މިއަދުގެ ސަރުކާރަށް ބޮޑު ތަނުން ނޫނެކޭ ބުނުން. ކަމަށް ޝާހިދު ވިދާޅުވިއެވެ.

ޕްރައިމަރީ އޮމާންކަމާއެކު ކުރިއަށް ގެންދެވުމުގައި ކެންޑިޑޭޓުންނާއި ކެންޑިޑޭޓުންގެ ޓީމުތަކުން ދެއްކެވި ރީތި ނަމޫނާއަށް ޝުކުރު އަދާކުރައްވަމުން ޕާޓީގެ ވަގުތީ ޗެއާޕަރސަން ‎ އާއި އިންތިޚާބާއި ބެހޭ ކޮމިޓީގެ މެމްބަރުންނާއި، ސެކްރެޓޭރިއެޓްގެ މުވައްޒަފުންނަށް ޝުކުރުދެންނެވިއެވެ.

މީގެ އިތުރުން ޕާޓީގެ ޤައުމީ މަޖިލީހުގެ މެމްބަރުންނާއި ގިނަ އަދަދެއްގެ ވޮލަންޓިއަރުން ކުރެއްވި އަގުހުރި މަސައްކަތަށް ފަށް ފަށުން ޝުކުރު އަދާކުރެއްވިއެވެ.