ސްޓެލްކޯ ހަމަހަމަ ހިދުމަތް: ތިނަދޫ އައު އިންޖީނުގެ

ތިނަދޫ އައު އިންޖީނުގޭގެ ފުރާޅުގައި 30 ކިލޯވޮޓްގެ ސޯލާ ޕެނަލެއް

ސްޓެލްކޯ ހަމަހަމަ ހިދުމަތް: ތިނަދޫ އައު އިންޖީނުގެ

ވ. ތިނަދޫ އިންޖީނުގެއަކީ ރައްޔިތުންގެ އިންޖީނުގެތައް ސަރުކާރުން ހިންގަން ހަވާލުވާން ފެށުމާ އެކު 2010 ވަނަ އަހަރު ސްޓްލްކޯއިން ހަވާލުވި ފުރަތަމަ އިންޖީނުގެއެވެ. ސްޓެލްކޯއިން  ވ.ތިނަދޫ ކަރަންޓްގެ ކަންތައްތަކާ ހަވާލުވި އިރު ހުރީ ވަރަށް ކުޑކުޑަ އެންމެ ޖަނަރޭޓަރެކެވެ.

ތިނަދޫގައި ކުރިން ކަރަންޓުގެ ހިދުމަތް ދެމުންގެންދިޔަ އިންޖީނުގެ ހުރީ އާންމުން ދިރިއުޅޭ ހިސާބުގައެވެ. އިންޖީނުގޭން އަރާ ދުމާއި، އިވޭ ގަދަ އަޑުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނަށާއި، އެ ރަށުގައި ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވަމުން އަންނަ ފަރާތްތަކަށާއި ފަތުރުވެރިންނަށް ބޮޑެތި ދަތިތަކެއް ކުރިމަތިވެ ގެއްލުންތައް ވަމުން ދިޔައެވެ. 

ތިނަދޫގެ އާބާދީ އާއި ރަށުގެ އިގްތިސާދު އެކަމަށް ބިނާވާ ލޯކަލް ޓުއަރިޒަމްގެ މަސައްކަތުގައި ކަރަންޓް ހިދުމަތުގެ ދައުރު ބޮޑެވެ. ސްޓެލްކޯގެ ހިދުމަތަކީ އާންމު ރައްޔިތުންނާއި ވިޔަފާރި ގުޅުވައިދޭ ވަރަށް މުހިންމު ނާރެހަކެވެ. އެހެންކަމުން ތިނަދޫގައި ހުރި ބައު އިންޖީނުގެއަކީ ޑިމާންޑާއި އެއްވަރަށް ކޭޓާ ކުރުމުގެ ގާބިލުކަމެއް ނެތް ބޮޑެތި ދަތިތަކެއް ހުރިތަނެކެވެ. އެހެން ނަމަވެސް ބައު އިންޖީނުގޭގައި އާޖަނަރޭޓަރުތައް ބަހައްޓައި ރައްޔިތުންގެ އެދުމާ އެއްގޮތަށް މެދުނުކެނޑި ކަރަންޓުގެ ހިދުމަތް އެ ރަށަށް ސްޓެލްކޯއިން ވާނީ ފޯރުކޮށްދީފައެވެ. 

ވައުދާ އެއްގޮތަށް އެންމެ ޒަމާނީ އަޑުބަޑު މަޑު އިންޖީނުގެ އެއް ތިނަދޫގައި ރަސްމީކޮށް ރައީސް ސޯލިހު އެވަނީ ހުޅުއްވާ ދެއްވާފައެވެ. 20 ޖުލައި 2023 ގައެވެ. ތިނަދޫގެ އައު އިންޖީނުގެއަކީ 1.3 މެގަވޮޓްގެ ކަރަންޓު އުފެއްދުމުގެ ގާބިލްކަން ލިބިފައިވާ ތަނެކެވެ. ކަރަންޓުގެ ޑިމާންޑާއި އެއްވަރަށް ޖަނަރޭޓަރު ސެޓް ބެހެއްޓޭގޮތަށް ފަރުމާކޮށްފައިވާ އިންޖީނުގެއެކެވެ.

ތެލަށް ބަރޯސާވާ މިންވަރު ކުޑަ ކުރުމަށާއި، އިޔާދަ ކުރަނިވި ހަކަތައަށް އިސްކަންދިނުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން ތިނަދޫ އައު އިންޖީނުގޭގެ ފުރާޅުގައިވެސް 30 ކިލޯވޮޓްގެ ސޯލާ ޕެނަލް ވަނީ ހަރުކޮށްފައެވެ.

ތިނަދޫ އައު އިންޖީނުގެއަކީ ރައީސް ސޯލިހުގެ ހަމަހަމަ ސިޔާސަތުގެ ތެރެއިން ސްޓެލްކޯއާއި މަތިކުރައްވައިގެން ހިންގަވާ ކާމިޔާބު މަސައްކަތް ތަކުގެ ތެރެއިން އެންމެ ކަމެކެވެ. ވ. ތިނަދޫގެ ރައްޔިތުންނާއި ފަތުރުވެރިކަމުގެ ސިނާއަތަށްވެސް ލިބުނު ކާމިޔާބެކެވެ.