އާޒިމް މަސައްކަތް ކުރައްވަނީ އާއްމުންގެ ހިތާގާތުން

މާލެ ސިޓިއަކީ ގްރީން ސިޓީއަކަށް ހެދުމަށް އެޅޭ ކޮންމެ ކުޑަ ކުޑަ ފިޔަވަޅަކުން ވެސް މޭޔަރ އާޒިމް ތަފާތެއް ދައްކަވައެވެ. އިންދަވާ ކޮންމެ ގަކުންވެސް ހިއްތަކަށް ހަމަޖެހުމާއި ފިނިކަން ގެނެސް ދެއްވައެވެ. އުފަވެރި ހަނދާންތައް އައުކޮށްދެއެވެ.
މިފަހަރު މިހުށަހަޅާލަނީ މާފަންނު މައިޒާނުގައި މޭޔަރު އާޒިމް އިންދެވި އެންމެ ގަހަކުން ރައްޔިތެއްގެ ހިތަށް ލިބިގެން ދިޔަ ހަމަޖެހުމާއި ފިނިކަމުގެ ޝުއޫރެވެ.
އުފާވެރިކަމުގެ ޝުއޫރު ފާޅުކުރަމުން މާލޭގެ ރައްޔިތަކު ވިދާޅުވެފައި ވެއެވެ. "އަޅުގަނޑުގެ އެންމެ ގާތް ގަހެއް ކަމުގައިވާ ޔެލޯ ބެލް ފްލަވަރ ގަހެއް މާފަންނު މައިޒާނުގައި މޭޔަރ އާޒިމް އެ ވަނީ އިންދަވާފައެވެ."
އޭނާ ލިޔުއްވަފައިވެއެވެ. ޔެލޯބެލް ފްލާވަރ ގަހަކީ އަޅުގަނޑުގެ ހިތުގައި ވަރަށް ޚާއްޞަ މަޤާމެއް ދެވިފައިވާ ގަހެކެވެ. އެ ގަހުން އަޅުގަނޑަށް ދިރިއުޅުނު އާއިލީ ގެ ހަނދާންވެއެވެ. އަޅުގަނޑުގެ ކާފަގެ ހަނދާންތައް އާވެއެވެ.
އަޅުގަނޑު އުފަންވި ދުވަހު އަޅުގަނޑުމެންގެ ގޭގައި އެ ލޮބުވެތި ކާފަ ޔެލޯ ބެލް ގަހެއް އިންދެވިއެވެ. އަދި އެ ގަސް ބޮޑުވަމުން ދިޔައީ އަޅުގަނޑާ އެކުގައެވެ. ގަހުން އަބަދުވެސް ކާފަ އެކުގައި ހުންނެވި ކަމުގެ އިހުސާސް އައުކޮށް ދެމުންނެވެ. ޔެލޯ ބެލް ފްލާވަރ ގަހަކީ އަބަދުވެސް އަޅުގަނޑާ އެކުގައި ކާފަ ވާކަމުގެ ހަނދާނީ ރަމްޒެވެ.
ޔެލޯ ބެލްގަހުން ކިހާ ރީތިކޮށް މާ ފޮޅުނުކަން އަދިވެސް ހަނދާންވެއެވެ. ގަހުން ވެރޭ ފަތްތަކާއި މާތައް ނަގަން ދުވާލަކު ދެފަހަރު ކުނިކަހަން ޖެހޭތީ ޝަކުވާކުރައްވާ މާމަގެ އަޑު އިވި އިވި ހުންނަ ހަނދާން އައުވެއެވެ. ނަމަވެސް އެއްގޮތަކަށްވެސް އެ ގަސް ނެތިކޮށްލުމަށް ކާފަ ބޭނުންފުޅެއް ނުވިއެވެ.
މިފަދަ ކުދިކުދި ކަންތައްތަކުން ވެސް ލިބިދޭ ހިތް ހަމަޖެހުމާ ފިނިކަމަކީ އަދައިގެ ކަމެއް ނޫނެވެ. ތަފާތު ބާވަތް ބާވަތުގެ ގަސްތަކާއި، މާތަކާއި، ގުޅިފައިވާ ހަނދާންތަކުން، ލޯބިވާ މީހުން އަޅުގަނޑުމެންނާ ގާތުގައި ބޭތިއްބޭ ކަމުގެ އިހުސާސް މޭޔަރ އާޒިމް އެގެންދަވަނީ މާލޭ ސިޓިގައި ކޮށްދެއްވަމުންނެވެ.