ފެނަކައިގެ ކާމިޔާބީ ހުވަދު އަތޮޅުން

އައު އިންޖީނުގެއާއި އޮފީސް އިމާރާތް ހުޅުވުން

ފެނަކައިގެ ކާމިޔާބީ ހުވަދު އަތޮޅުން

ހުވަދު އަތޮޅު އުތުރުބުރިއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ކުރައްވަމުން ގެންދަވާ ދަތުރުފުގައި ފެނަކޯޕަރޭޝަނުން އެއަތޮޅުގެ ބައެއް ރަށްރަށުގައި ބިނަކޮށްފައި އައު އިންޖީނުގެތައް ދަނީ ހުޅުއްވާދެއް ވަމުންނެވެ. އެރަށްރަށުގައި ހުރި އުމުރުން ދުވަސްވީ ވީރާނާ އިންޖީނުގެތައް ދޫކޮށް ޒަމާނީ ފެންވަރަށް ތަރައްގީ ކޮށްފައިވާ އައު އިންޖީނުގެ ތަކަކީ ރަށްރަށުގެ ކަރަންޓްގެ ހިދުމަތް އެރަށަކަށް ބޭނުންވާ ވަރަށް ރައްކަތެރި ކަމައެކު ފޯރުކޮށް ދެއްވުމަށް ރައީސް ސޯލިހު ގެންގުޅުއްވާ ހަމަހަމަ ސިޔާސަތުގެ ދަށުން ބިނާ ކުރެވިފައިވާ ތަންތަނެވެ. 

ދެއްވަދޫ ފެނަކަ އައު އޮފީސް 

ދެއްވަދޫ ފެނަަކަަ އައު އޮފީސް ޢިމާރާތަކީ، ދަތިނުވެ 30 މުވައްޒަފުންނަށް މަސައްކަތް ކުރެވޭނެ ޖާގަ ތަނަވަސް ޒަމާނީ އޮފީސް ޢިމާރާތެކެވެ. ކުރިން ދެއްވަދޫގައި ހުރި އިންޖީނުގެއާ އޮފީސް ހުރީ، މީހުން ދިރިއުޅޭ ސަރަހައްދުގައެވެ. ނަމަވެސް އައު އިންޖީނުގެއާ އޮފީސް އިމާރާތް ބިނާކޮށްފައި ވަނީ މީހުން ދިރިއުޅޭ ސަރަހައްދާއި ދުރުގައެވެ.

ކަނޑުހުޅުދޫގެ ފެނަކަ އޮފީސް ޢިމާރާތް 

ފައިލްފޮޓޯ: އައު އިންޖީނު ބިންގާއެޅުމުގެ ރަސްމިއްޔާތު
ކަނޑުހުޅުދޫ، ފެނަކަ އައު އޮފީސް ޢިމާރާތަކީ، 30 މުވައްޒަފުންނަށް އެއްފަހަރާ މަސައްކަތްކުރެވޭނެ ޖާގަ ތަނަވަސް ޒަމާނީ އޮފީސް ޢިމާރާތެކެވެ. ކަނޑުހުޅުދޫގައި ކުރިންހުރި އިންޖީނުގެ ވެސް ހުރީ މީހުން އުޅޭ ސަރަހައްދުގައެވެ. ފެނަކަ އައު އޮފީސް ޢިމާރާތްކޮށްފައި ވަނީ ރަށުގައި ދިރިއުޅޭ މީހުނަށް އުނދަގޫ ނުވާ ގޮތަށެވެ.  

ކޮނޑޭ ފެނަކަ އައު އިންޖީނުގެއާ އޮފީސް ޢިމާރާތް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ހުވަދު އަތޮޅު އުތުރުބުރީ ކޮނޑޭގައި ހުޅުއްވާދެއްވި ފެނަކަ އައު އިންޖީނުގެއާ އޮފީސް ޢިމާރާތަކީވެސް ޖާގަ ތަނަވަސް ޒަމާނީ ޢިމާރާތެކެވެ. އައު އޮފީހުގައި ދަތިނުވެ 30 މުވައްޒަފުންނަށް މަސައްކަތް ކުރެވޭނެއެވެ. އަދި އައު އިންޖީނުގޭގެ ކެޕޭސިޓީއަކީ، 500ކިލޯވޮޓްއެވެ. ކޮނޑޭގައި މީގެ ކުރިން ބޭނުން ކުރަމުން އައި އިންޖީނުގޭގެ ޢިމާރާތަކީ 21 އަހަރުވީ ޢިމާރާތެކެވެ.