މާލެއަށް ހިދުމަތްކުރުމުގައި އާޒިމް ފަހަތަކަށް ނުޖެއްސޭނެ!

މޭޔަރ އާދަމް އާޒިމުގެ ބެއްލެވުމުގެ ދަށުން މާލެ ސަރަހައްދުގެ ގިނަކަންކަން ހަލުވިކަމާއެކު އަންނަނީ ރަގަޅުކުރެވެމުންނެވެ. ހިތްފަސޭހަ އަމާންތަނަކަށް މާލެ ހެއްދެވުމަށް އާދަމް އާޒިމް ކުރައްވާ މަސައްކަތުގެ ކުރެޑިޓް ސަރުކާރުން ނަގުމުގައި ހައްދެއްނެތެވެ. ސިޓީކައުންސިލުން ރައްޔިތުންނަށް ދެމުންދާ ހިދުމަތަށް ސަރުކާރުން ކިތަންމެ ވަރަށް ހިޔަނި އެޅިޔަސް އާޒިމް ހުންނެވީ މާޔޫސްވެ ފަސްޖެހި ވަޑައިގަންނަވާ ގޮތަކަށް ނޫނެވެ.
ބަޔަކު ޝުކުރުވެރިކަމާއެކު ބަލައި ނުގަތަސް ބަރަކާތްތެރި ރޯދަމަހަށްޓަކައިވެސް ގިނަގުނަ ކަންތައްތަކެއް އާޒިމްގެ ސީދާ ބެއްލެވުމުގެ ދަށުން މާލޭގައި ވަނީ ކޮށްފައެވެ. ދަނީ ކުރަމުންނެވެ. އެގޮތުން ރޯދަމަހަށް ތައްޔާރުވުމުގެ ގޮތުން މާލެ ސިޓީ ހުޅުމާލެ އަވަށުގައި ކައުންސިލުން ބަލަހައްޓަމުންގެންދާ މިސްކިތްތަކުގައި ކުރެވުނު ބައެއް މަސައްކަތްތައް ފާހަގަ ކޮށްލާނަމެވެ.
މަސްޖިދުލް ޢަޒީޒާ މޫސާ
- ރަމަޟާން މަހަށްޓަކާ ދާއިމީ ކަރަންޓާއެކު މި މިސްކިތްވަނީ އޭސީ ކުރެވިފައި.
- މިސްކިތުގެ 3 ފަރާތުން މިސްކިތަށް ވަންނަން ހުންނަ ސިޑިތައް ހަލާކުވެފައިވާތީ، ސިޑިތަކުގެ މުށި ވަނީ ބަދަލުކޮށްފައެވެ.
- މިސްކިތުގެ ބައުންޑަރީ ފާރާއި މުޅި މިސްކިތުގައި ކުލަލައި އާކުރިއެވެ.
- މިސްކިތުގެ ފުރަތަމަ ފަންގިފިލާގައި ހަރުކުރެވިފައިވާ ލަކުޑި 4 ދޮރު ފީވެ ހަލާކުވެފައިވާތީ މި ހަތަރު ދޮރު އެލުމީނިއަމް ދޮރަށް ބަދަލުކުރެވިފައިވެއެވެ.
- ބައުވެފައިވާ ހުރިހާ ސީލިންގ ފަންކާތަކާއި މައްސަލަޖެހިފައިވާ ލައިޓްތައް ބަދަލުކުރެވިފައިވެއެވެ.
- މިސްކިތުގެ މިމްބަރު ކަތުރުފަނިކައި ހަލާކުވެފައިވާތީ އައުމިމްބަރެއް ހަދައި ބެހެއްޓިއެވެ.
- މިސްކިތުގެ ގޯތިތެރޭގައި ކަދުރު ރުކާއި މާއަޅާ ގަސްތައް އިންދައި ރީތިކުރިއެއެވެ.
- ވުޟޫކޮށްގެން މިސްކިތަށް ވަންނަން އޮންނަ ހުރިހާ ހިސާބެއްގައި އައު ސޮފްޓްމެޓް އަޅައި ރީތިކޮށްފައިވެއެވެ.
- މިސްކިތުގެ ގޯތިތެރޭގައި ފްލޯޕެއިންޓްލައި، ނަމާދުކުރާ ލައިންތައް ދަމައި އައުކުރިއެވެ.
- ރޯދަމަހަށް ހާއްސަކޮށްގެން އަލަށް ހިޔާކުރާބައިގެ މަސައްކަތް ވަނީ މުޅިން ނިންމާފައެވެ.
މަސްޖިދުލް އަމާނީ (ހުޅުމާލޭގައި ބިނާކުރެވުނު ފުރަތަމަ މިސްކިތް)
- ލަކުޑިން ހަދާފައިވާ މި މިސްކިތުގެ މަތީ ވަޑާމާއި ޖުމްލަކޮށް މުޅީ މިސްކިތް ކަތުރުފަނި އަޅައި ހަލާކުވެފައިވާތީ، 4 މަސްދުވަހުގެ މުއްދަތަށް ބަންދުކޮށްގެން މުޅި މިސްކިތް މަރާމާތުކޮށް 28 ފެބުރުއަރީ 2025 އަށް ވަނީ ނިންމާފައެވެ.
- މުޅި މިސްކިތުގެ ބައުންޑަރީ ފާރާއެކު މުޅި މިސްކިތުގައި ކުލަލައި އައު ކޮށްފިއެވެ·
- ކުރިން ހުރި ފާހާނާ މަރާތުކޮށް އަދި މުޅިން އަލަށް ފާހާނާ އެއް ހަދައި ނިންމައިފިއެވެ.
- ބައުވެފައިވާ ފަންކާތައް ބަދަލުކޮށް ލައިޓްތައްވެސް ބަދަލުކޮށްފިއެވެ.
- ވުޟޫކުރަން ބޭނުންކުރާ ފެންއިސްކުރު ބަރި ތިރިވުމުގެ ސަބަބުން ވުޟޫ ކުރަން ދަތިވާތީ، އިސްކުރުބަރި އުސްކޮށް މަރާމާތުކޮށް ނިންމާ މުޅިން އަލަށް އިސްކުރުބަރިއެއް ހަދައި ނިންމާފައިވެއެ·
- މިސްކިތުގެ ގޯތިތެރޭގައި އޮތް ގަބުރުސްތާނާއެކު މުޅި ގޯތިތެރޭގައި ހުރި ގަސްތައް ކޮށައި ވިނަ ނޮޅައި ސާފުކޮށްފިއެވެ.
މަސްޖިދުލް ޛައިދު ބިން ޘާބިތު (ސަހަރާ މިސްކިތް)
- ރަމަޟާން މަހަށްޓަކައި ދާއިމީ ކަރަންޓާއެކު މި މިސްކިތްވަނީ އޭސީ ކޮށްފައެވެ.
- މިސްކިތުގެ ބައުންޑަރީ ފާރާއެކު މުޅި މިސްކިތުގައި ކުލަލުމުގެ މަސައްކަތްކޮށް ނިންމައިފިއެވެ.
- މިސްކިތުގެ އުތުރު ފަރާތުން މުޅިން އަލަށް ފިރިހެނުންނާއި އަންހެނުންނަށް ވަކިން ފާހާނާ އާއި ވުޟޫކުރާ ބަޔަކާއި ފީޑިންގ ރޫމެއް ހަދައި ހުޅުވައިފިއެވެ.
- ސަހަރާގެ ބައުންޑަރީގައި މިހާތަނަށް ގުޅުވާނުލެވިވާ ބައުންޑަރީގެ ފާރު ރާނައި ސިމެންތި ޖަހައި ނިންމައިފިއެވެ·
- ވާރޭ ވެހުމުން މިސްކިތުގެ ސްޓާފްއޭރިޔާއާއެކު މުޅި ސަހަރައްދުގައި ފެންބޮޑުވާ މައްސަލަ ހައްލު ކުރުމަށް ލެވެލްކޮށް ގައު އަތުރާ ނިންމައިފިއެވެ.
- މިސްކިތަށް ވަންނަ ދޮރުމަތީގައި ޖަހާފައިވާ ލަކުޑި 2 ތަނބު ހަލާކުވެފައިވާތީ މަރާމާތު ކޮށްފިއެވެ.
- މިސްކިތުގެ ގޯތިތެރޭގައި ނަމާދުކުރާ ލައިންތައްދަމައި އައުކުރިއެވެ.
- ގަބުރުސްތާން ތެރޭ ހުޅަގުފަރާތުގައި މައުގަސް އިންދާ ރީތިކުރުމަށްޓަކައި ފާރު ރާނައި، މާގަސްޖަހައި ޒީނަތްތެރި ކޮށްފިއެވެ.
މިހިރަ މިހިރަ ކަންކަމަކީ މާބޮޑުކަމެއް ނޫންކަމަށް ބަޔަކަށް ހީވެދާނެއެވެ. އެކަންކަމުގެ މުހިންމުކަން އެނގޭނީ އެމިސްކިތްތަކަށް ނަމާދަށް އަރާ މީހުންނަށެވެ. ތަފާތު އިހުސާސްވާނީ އެމިސްކިތުގައި ނަމާދުކޮށް ބޭނުންކޮށް އުޅޭ މީހުންނަށެވެ.