ގެރި ކުޑަކަމުދަނީ ޒަމްޒަމް ފެނަށް މުއިއްޒަށްވެއްޖެ!

އޭރުވެސް މިހާރުވެސް މޯދީއަކީ މޯދީއެވެ.

ގެރި ކުޑަކަމުދަނީ ޒަމްޒަމް ފެނަށް މުއިއްޒަށްވެއްޖެ!

ކުރިއަކުވެސް މިހާރަކުވެސް އެމްޑީޕީއަށް އިންޑިއާ ކަމުނުގޮސްގެނެއް ނޫޅެއެވެ. އެމްޑީޕީއަކުން ޗައިނާއާއި ނުރުހިގެނެއްވެސް ނޫޅެއެވެ. ބައިނަލްއަގުވާމީ ގުޅުމަކީ އެމްޑީޕީ ނިކަން ފަރިތަ ކަމެކެވެ. އަޅައިގަނެގެން ނުނެއްޓެވިގެން އުޅޭ އެއްވެސް ބަޔަކު އެމްޑީޕީއަކަށް ނޯވެއެވެ. 

އިންޑިއާ އައުޓް ކުރަން އުޅުނީ އެމްޑީޕީއަކުން ނޫނެވެ. އިންޑިއާ ސިފައިން ރާއްޖޭގައި ތިބެގެން މަގު ނުހިނގިގެން އުޅުނީ އެމްޑީޕީއަކުން ނޫނެވެ. ބޫޓު ކިބައެއްވެސް ނުބަހައްޓާ އިންޑިއާ މިލިޓަރީ ބޭރުކުރަން އުޅުނީކީވެސް އެމްޑީޕއެއް ނޫނެވެ. ބެކްޔާޑްގައި ނޫންކަމަށް ބުނެ ގަދަ ބަސްބުނީ އެމްޑީޕީއަކުން ނޫނެވެ. ސިޔާދަތުގެ ރަތް ރޮނގު ދަމައިގެން އުޅުނީ އެމްޑީޕީއަކުން ނޫނެވެ.

އިންޑިއާގެ ގައިގައި ނުޖެހި ބޭސްކުރަން ބެންކޮކާ ދުބައީން އާސަންދަ ދޭން އުޅުނީ އެމްޑީޕީއަކުން ނޫނެވެ. ކާޑާއި އަލުތްވާއި ފިޔާ ޕާކިސްތާނާއި ތުރުކީން ގެންނަން ގަދަފައި ވިއްދާ މަތިހަށި ނެގީ މެމްޑީޕީއެއް ނޫނެވެ. ސަރަހައްދު ބެލެހެއްޓުމަށް އިންޑިއާގެ އެހީ ނުހޯދާން ޑްރޯން ހޯދީ އެމްޑީޕީއެއް ނޫނެވެ. ކަޑުގެ ސާރވޭ އެގްރިމަންޓް ބާތިލުކުރީ އެމްޑީޕީަކުން ނޫނެވެ.  ގެރިއާ އަޅުވައިގެން ބޮޑުވަޒީރު މޯދީއަށް ފުރައްސާރަކުރީ އެމްޑީޕީއަކުން ނޫނެވެ. 

އޭރުވެސް މި މަންޒަރު ހިތައް ސިފަވެއެވެ. މުއިއްޒު އުނބަށް ޖަހާނެ ފެންވަރު ހިތައްއަރާ އޭރުވެސް ހިނިއާދެއެވެ. އަދި މިއުޅެނީ ހައެއްކަ މަސް ހަމަނުވެއެވެ. ނައިބު ވަޒީރުން ލައްވާ މޯދީއަށާއި އިންޑިއާއަށް ފުރައްސާރަ ކުރިއިރު ތިމާމެނަށް ކުރެވެނީ ކީއްކަން ހިތަކަށް ނާރައެވެ. ދުނިޔޭގެ ނިއުކުލިއަރ ބާރެއް ކަމެއް މުޅި ދުނިޔޭގެ އެންމެ ބޮޑު އާބާދީކަމެއް އޭރަކު މުއިއްޒުމެން ހިތަކަށް ނާރައެވެ. އާރާ ބާރުގެ ގޮތުން އެތަކާއި ހިންޏެއްގެ ތަފާތު ހުރިކަން ނޭގުނެވެ. 

ގޮތެއް ފޮތެއް ނެތެވެ. އެންމެފަހުން ގޮސް އެހުރީ އިންޑިއާގައެވެ. އަދިއެވެސް މޯދީ ހުވާކުރާ ރަސްމިއްޔާތަށެވެ. އެންމެ ފަހުން އުނބަށް ޖެހީއެވެ. ގެރީގެ ޒާތަކު އެއްޗެއް މޯދީ ބޯކަމަކަށް މިހާރަކު ނުވެއެވެ. މުއިއްޒު އުނބަށް ޖެހުމާއެކު ގެރީގެ ކުޑަކަމުދާ ނަޖިހަކީ ޒަމްޒަމް ފެންކަމަށް މުއިއްޒަށާއި އޭނާގެ އައުވާނުން ވެއްޖެއެވެ. އޭރުވެސް މިހާރުވެސް އެ މޯދީއާއި އެ އިންޑިއާއެވެ. ހަމަ އެ މުއިއްޒެވެ. ގައުމެއްގެ ނިސްބަތުގައި ލަދު ނުގަންނަ ކަމެވެ.