އޮއެ ކާއްޓަކަސް، ފެންނެތް ކާއްޓަކަސް ގޯންޏައް ލާންބޭނުން

ޖެއްސި ނިކަމެތިހާލު އަދިވެސް ހަނދާން ހުންނާނެ

އޮއެ ކާއްޓަކަސް، ފެންނެތް ކާއްޓަކަސް ގޯންޏައް ލާންބޭނުން

ފާއިތުވި ދުވަސްތަކުގައި އެންމެ ހަރުކޮށް އިވެމުންދިޔަ އެއް އަޑަކީ މާމިމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް އިންތިހާބައް ކުރިމަތިލާ ވާހަކައެވެ. ގާސިމް އިބްރާހިމް ފަހަތަށް ބަރިބަރިއަށް މީހުން އަރަމުންދާ ވާހަކައެވެ. އިންތިހާބު ކާމިޔާބުކޮށް އުފާ ފާޅުކުރަމުން ދާހެންވެސް ހީވެއެވެ. އޭގެ ދުވަސްކޮޅެއް ފަހުން މުޅިން އެހެން ވާހަކައެކެވެ. ރައީސް މައުމޫން ދޫކޮށް އެމް އާރު އެމް ސިޔާސީބޭފުޅުން ދިޔަވާހަކައާއި، އިދިކޮޅު ފަރާތްތަކުން ޕީޕީއެމް އާއި މަސްވަރާ ކުރަމުންދާ ވާހަކަތަކާއި ގާސިމް އާއި ފަކުރެއްގެ ނުތާހިރުކަމުން އަރައިނުގަނެވި ތިއްބެވި ބޭފުޅުންވެސް އެހެން ކަންކަމާއި އުޅުއްވާކަމަށް ފެންމަތިވެގެން ދިޔައެވެ. 

ހިތައް ކުޅަދާނަ ނުވާ މިންވަރަށް މި ވާހަކަތައް އިވެމުން ދިއުމުން ގާސިމް ވަނީ އަދީބުގެ ޕާޓީއާއި ބައްދަލްކޮށް މަސްވަރާކޮށްފައެވެ. އަދި މި މަސްވަރާތަކުގައި އެ ޕާޓީއާއި ގުޅިގެން ކުރިއައްދިއުމަށް ވެސް ތައްޔާރަށް ހުރި ވާހަކަ ދެންނެވިއެވެ. މިއަދު މިއޮތީ ތެލާ ފެނާވެސް އެކުވެފައެވެ. ނުވިތާކަށް ދެޖާޑި އެއްކޮށް މަތިހުޅުވާލާން ވެސް މިއޮތީ ޖެހިފައެވެ. މި ދައްކަނީ އާދައިގެ މީހެއްގެ ވާހަކައެއް ނޫނެވެ. ގައުމުގެ މާލިއްޔަތާއި، ލިބިފައި އޮތް އެއްޗަކާއި، ލިބެންއޮތް އެއްޗެއް ކާލައިގެން ޓަގުބޯޓެއްގައި ބަޗަން އުޅުނު މީހެއްގެ ވާހަކައެވެ. މިފަދަ ބޮޑު މުޖުރިމެއްގެ ފަހަތައް އަރަން ގާސިމް އިބްރާމިން ނިންމެވި ނިންމެވުމަކީ މާއްލިޔަތައް ހުރި ދަހިވެތިކަމާއި ހިތްނިޔަތް ނުބައި ކަމުގެ ލާމަސީލު މިސާލެކެވެ. އެނޫން ގޮތެއް ވެސް ނެތަތީ ގާސިމްގެ މިއަދުގެ ހާލަތު ކަމަށް ވުމަކީވެސް އެކަށީގެންވާ ކަމެކެވެ. މިއަދު މިއޮތީ ބޭސް ހުސްވޭތޯ ބަލަން ސެކިއުރެޓީ ބަހައްޓަން ޖެހޭ ހަމަޔައް ގޮސްފައެވެ.

އަޅެފަހެ މީހަކު މޮއެއް ނުވާނެހެއްޔެވެ. މިއަދު އަދީބު ހުދު ކާފޫރަށް ވެގެން ދިޔައުމާއި ، ކޮވިޑުތެރޭ މުވައްޒަފުން މަގުމަތިކޮށްލާ މަހުމުސާރައަށް އެންމެ އެއްހާސްރުފިޔާ ދިންވާހަކަ ގުޅުވާލީމަ ބޮޑު މަންޒަރު ސިފަވެގެން ދާނެއެވެ. ގާސިމް އިބްރާހިމް މިއަދު ރައްޔިތުންގެ ހާދިމަކަށް ވުމަށް އެދޭއިރު އެދުވަހު ރައްތުންނައް ޖެއްސި ނިކަމެތިހާލު އަދިވެސް ރައްޔިތުން ހަނދާން ހުންނާނެއެވެ. ރައްޔިތުން ހޭލާތިބީ މަހުޖަނަށް ރުފިޔާ ޖާޑިއެއްހެން ދައުލަތުގެ މާއްލިޔަތު ހަވާލު ވިޔަ ނުދިއުމަށް ފޫގަޅައިގެނެވެ.  މިއަދު ގާސިމު ހުދުކާފުރަށް ވެގެން ބަޔަކު އުޅުނަސް މިހާރު މަޖިލީހުގެ މެންބަރުކަން ނުކޮށްލެވިގެން އުޅޭމީހަކަށް ދައުލަތެއްގެ ވެރިކަން ކުރެއްވޭނީ ކިހިނަކުނެހެއްޔެވެ.

ރައްޔިތުން ވިސްނާނެއެވެ. މަޖިލީހުގެ ޖަލްސާތަކަށް އެންމެ މަދުން ހާޒުރިވީ ގާސިމެވެ. ކޮވިޑުތެރޭގައި ފިއްލަވާ ހުންނެވީ ރިސޯޓުގައެވެ. އެހެނެއް ކަމަކު މުސާރައިން އެންމެ ރުފިޔާއެއްވެސް އުނި ވުމަކަމަށް މަހުޖަނު ނޭދެއެވެ. މިވަރުގެ ބޭފުޅުކަށް ދައުލަތް ހަވާލު ކުރަން ދިވެހިރައްޔިތުން ބޭނުންވާނެތޯއެވެ. ގޯންޏައް ލާނެ ކާއްޓެއްނެތީމަ ، އޮއެ ކާއްޓަކަސް، ފެންނެތް ކާއްޓަކަސް ، ކުރޮޅިއަކަސް މިޖެހެނީ ކާށީގެ ނަމުގައި ކާށިބަސްތާއަށް ލާށެވެ.