މާލޭ މީހުނަށް ގޯތިތައް ނުދޭނެކަން ސައުދާ ކޮށްދިނީ ކަށަވަރު

ސައުދާ މެންބަރުކަން މުއިއްޒު ލައްވާ ހިންގީ ހީލަތްތެރި ޖަރީމާއެއް

މާލޭ މީހުނަށް ގޯތިތައް ނުދޭނެކަން ސައުދާ ކޮށްދިނީ ކަށަވަރު

ސައުދާއަށް ދުނިޔެ ރަންވެގެން އުޅުނެއް ކަމަކު އެންމެނަކު އުޅެނީކީ ދުނިޔެ ރަންވެގެނެއް ނޫނެވެ. ދުވަހަކު ދެވިދާނެއޭ ހިތަށް ނާރާ ހިސާބަށް މައްޗަށް އެރުނީމާ ސައުދާއަށް ލައްކައެކޭ ހީވީތާއެވެ. އެއްބަޑު ބޭބެ ވެރިކަމުގައި ހުރީތީ މުޅި ދައުލަތް ބަންޑުން ޖަހާލައިގެން ގޮނޑިއކަށް ހޮވާދިނީމާ ހުރިއްޔަކީ އަމަށަކު ވަރެއް ވެފައެއް ނޫނެވެ. 

ދުވަހަކު ލޯނުދެކޭ ބައެއްގެ ތެރެއަށް ފުންމާލައިގެން މަޖީލީހުން ގޮނޑިއަކަށް ސަވާރުވެގެން އިނުމުން ސައުދާ ވަނީ ޖަރީމާގެ އަމަޔަށްވެފައެވެ. އާނއެކެވެ. ނިލަންދުއަށް އެއާރޕޯޓެއް ލައްވީ އޮޅުވުމެއް އޮޅުވާނުލައެވެ. ސައުދާއަށް މެންބަރުކަން ހޯދަދޭން އެއަރޕޯޓް އަޅާނީ ދަތި ދޭތެރެއަކުން ސައުދާ އުފުރާ އިސްތައްޓަކުން ނޫނެވެ. ދައުލަތުގެ ފައިސާއިންނެވެ. ސައުދާ އިންތިހާބަށް ކުރިމަތި ކުރުވައިގެން ނިލަންދޫ ދާއިރާ މީހުނަށް ވަޒީފާ އޮހުނީ ދެބެން އޮއްދާ ހިއްލަންދެން ކުރި މަސައްކަތުން ހެއްޔެވެ. ސައުދާއެއް ކަމަކު ހިސާބަށްވުރެ ނެގިނެގިފާ ޖެހެން ފެށިމާ ދުލެއް ގަނެގެންވެސް އެއްޗެއް ނުބުނެ ހުރެވޭ ވަރެއް ނޫނެވެ. 

ބޯހިޔާވަކަން ދިނުމަށް ކުރީ ސަރުކާރުން ކަނޑާއި ފަޅު ކިއްކުރަން ހެއްޔެވެ. ޖައްވުންވެސް ގޯތި ދިންކަން ރަނގަޅުތާއެވެ. ކަނޑުން ވިޔަސް ފަޅުން ވިޔަސް ގޯތި ލިބުނު މީހަކު ގޯތި ބޭނުމެއް ނޫނެކޭ ނުބުނެއެވެ. ތިމަންނައަށް ގޯތިދިނީ ފަޅުންނެކޭ ވެސް ނުކިޔައެވެ. ގޯތި ލިބުނު މީހުން ކިޔަނީ ކުރީ ސަރުކާރުން ދިން ގޯތިތައް ދިންގޮތަކަށް އެމީހުންނާ ހަވާލު ކުރުމަށެވެ. 

މާލޭ ރައްޔިތުންނަށް ގޯތި ދިނުން ޖަރީމާއަކަށް ވެގެން އުޅެނީ މުއިއްޒަށާއި އޭނާގެ ކޮއްކޮ ސައުދާއަށެވެ. މާލޭ މީހުނަކަށް ކަންކަން އޮޅިގެން ނޫޅެއެވެ. ކުރީގެ ސަރުކާރުން މާލޭގެ 9000 އާއިލާއަށް ގޯތި ކަށަވަރުކޮށް ދިނުން ކުށްވެރި ކުރަން ސައުދާއަކީ ކާކު ހެއްޔެވެ. ސައުދާގެ ބޭބެ މުއިއްޒު ވަޒީރުކަމުގައި ފ. އަތޮޅު މީހުނަށް ހިޔާ ފްލެޓް ބަހާލިއިރު ސައުދާ ހުރީ ލޮލަށް މިރުސް އެޅިފައި ނޫންކަމެއް ނޭގެއެވެ. ދޫ ބޭރަށް ލައިގެން ހޭރެމުން ވައްވައްޖަހަމުން ދުވާ ކުއްތާއެއްހެން އޭރު ނޫޅުނީ ކީއްވެހެއްޔެވެ. ކުރީ ސަރުކާރުން ގޯތިދޭން އިއުލާން ކުރުމުން ނިކުމެ ނުހުއްޓުވީ ކީއްވެގެއްޔެވެ.

ވަކިވަރަކަށް ބަޔަކު އަމިއްލަ އެދުމުން ފޯވީމާ އެހެން މީހަކު ކުރާއެއްކަމެއްވެސް ރަނގަޅެއް ނުވާނެއެވެ. މާލޭ މީހުނަށް ގޯތި ދިނުމަކީ މުއިއްޒު ބޭނުންވާ ކަމެއްނޫނެވެ. މާލެ ސަރަހައްދުގެ ބިންތައް ބަހައްޓަންޖެހޭނީ ސަރުކާރު ހިންގާ މީހުން ކަޓުނަގައިގެން ބޮޑުއަގުގާ ވިއްކާށެވެ. ނިކަމެއްޗަަކަށް ގޯތި ދީފިއްޔާ ދައުލަތުގައި ސައުދާމެންގެ އަމިއްލަ ގޮށިޖޯޑް ދަަށަށް ލާނެ ބޮޑެތި ޖަހަލާތަކެއް ނުހުންނާނެެެއެވެ. 

މާލޭ ރައްޔިތުންގެ ތެރެއި 9000 އާއިލާއަށް ގޯތި ދިނުމުގެ ނިޔަތް އޮތްނަމަ ސައުދާމެން ނިކުމެ ތަންމިނަށް އަނގަ ދިޔާނުކުރީހެވެ. ކުރިބަޔަކު ގޯސްކޮށް ކުރީއޭ ކިޔައިގެން ހާސަރެއް ނުދަމާނެއެވެ. ލަހެއް ފަހެއްނުކޮށް ބަހަނާއެއް ނުދައްކާ ގޯތިތައް ލިބުނު މީހުނަށްދީ ނިންމާލާނީއެވެ. ގޯތިތަކާ ގުޅިގެން ހުރިއްޔާ ހުރި ދަތިކަމެއް ފިލުވާދޭނީއެވެ. 

ކުރަން ބޭނުން ކަމެއް ކުރަންވީމާ މުއިއްޒު ނުބަލާކަށް ސާފުކޮށް އެންމެނަށް އެނގެއެވެ. މަޖިލީހުން ރުހުންު ނުދިނީމާވެސް ވަޒީރުން ލައިގެން އުޅެފިއެވެ. ބަޖެޓްނެތަސް އައިއީއޭ ނުހެދިޔަސް ރަސްމާލެ ހިއްކަން ފެށީއެވެ. މަގޫދޫގައި ނިމިނިމި އެއަރޕޯޓެއް އޮއްވާ ނިލަންދޫގައި އެއަރޕޯޓެއްވެސް އަޅަނީއެވެ. ގާނޫނެއް ގަވައިދެއް ވެޔެއް ނުވެއެއް ނުބަލާ ބޭނުން ކަމެއް ކޮށްލައެވެ. ބޭނުންނަމަ މާލޭމީހުނަށް ގޯތިތައް ހަވާލުކުރާކަށް ހުރަހެއްނެތެވެ. މާލޭ ސަރަަހައްދު ގޯތިތައް ނުދީ ބަހަނާ ދައްކަނީ މާލޭ މީހުނަށް ގޯތި ދޭން ބޭނުން ނުވާތީއެވެ.

ސަރުކާރަކުން ކުރިން ދީނިންމާފައި އޮތް އެއްޗެއް ދޭކަށް މިހާރަކު މި ސަރުކާރުން ދޭން ބޭނުމެއް ނުވެއެވެ. އޭތި މީތި ކިޔާއިގެން ސައުދާމެން ބޭނުންވަނީ މާލޭ މީހުނަށް ގޯތި ނުދޭށެވެ. އޮޅުވާލަނީވެސް މަކަރު ހަދަނީވެސް މުއިއްޒު ސަރުކާރުންނެވެ. ކަނު އަނދިރީގައި ދަންވަރު ޖާރީމާ ހިންގަނީ ސައުދާއާއި ބޭބެ މުއިއްޒެވެ، ދަރިފަސކޮޅު ގައިމު ދަންވަރަށް ނިސްބަތްވާނީ ދަންވަރު ކަނުއަދިރީގައި މީހުނަށް އޮޅުވާލުމުގައި ދެވަނައެއް ނެތުނީމާކަން ގައިމެވެ.