ދޮޅުއަހަރު ވެސްނުވެ މުއިއްޒު ސަރުކާރު ތެޅެންފެށީ މަރަށް!

ދޮޅުއަހަރު ވެސްނުވެ މުއިއްޒު ސަރުކާރު ތެޅެންފެށީ މަރަށް!

ކުރިންވެސް ބުނަމުން އަންނަ ވާހަކައެކެވެ. ކުރިއްސުރެ ހަދާފައި ހުރި ބުކިންގްސްތަކަށް ހުސްވި އަހަރުގެ ނިވެމްބަރާއި ޑިސެމްބަރާއި މިއަހަރުގެ ޖެނުއަރީ މަހު ފަތުރުވެރިން ރާއްޖެ އަންނާނެއެވެ. އެހެނެއް ކަމަކު އޭގެފަހުން ފަުތުރުވެރިން ރާއްޖެ އަންނަކަހަލަ މާހައުލެއް ރާއްޖެއަކުނެތެވެ. އެކިނަންނަމުގައި ޓެކްސްތަކާއި ފީތަކާ ނަގައިގެން ފަތުރުވެރިން ފެލާލަށް މުއިއްޒު ސަރުކާރުން ދިމާކުރުމުން ރާއްޖެ ނޫން އެހެން މަންޒިލްތަކާ ދިމާލަށް ފަތުރުވެރިންގެ ގިނަބަޔަކު މިސްރާބު ޖަހައިފިއެވެ. 

ތެދެކެވެ. ހުސްވި ޑިސެމްބަރާއި ޖެނުއަރީގައި ރެކޯޑް އަދަދަކަށް ރާއްޖެއަށް ފަތުރުވެރިން އައެވެ. އެހެން ނަމަވެސް ލިބުނު އާމްދަނީ ރެކޯޑް އަދަދަކަށް އަރައިގެނެއް ނުދިޔައެވެ. އެވީ ކިހިނެއް ހެއްޔެވެ. އައިމީހުން އިތުރުވެ ލިބުނު ފައިސާ މަދުވުމަކީ ސީރިއަސް މައްސަލައެކެވެ. ގަވައިދުން ދައްކަންޖެހޭ ދަރަނިތައް ނުދެއްކިގެން މުއިއްޒު ސަރުކާރު މިހާ އަވަހަށް މަރަންތެޅެން ފެށީއެވެ.

އިންތިހާ ދަރަޖައަށް ސަރުކާރުން އިސްރާފްކުރާއިރު ގައުމުގެ މާލީހާލަތާމެދު ކުޑަވެސް ހިޔާލެއް މުއިއްޒުގެ ނެތެވެ. ގާނޫނާއި ގަވައިދުތަކުން މަޖުބޫރު ކުރުވައިގެން ދައުލަތް ހިންގުމުގެ ނަމުގައި ވައްކަމާއި ހިޔާނާތާއި އިސްރާފަށް ފައިސާ ލިބެނިކޮށް މުއިއްޒަށް ނިމުނީއެވެ. ދަރަނީގެ މައްޗަށް ދަރަނި އަދާކުރަންވެސް ނަގަނީ ދަރަންޏެވެ. ވިދިގެން ކަޅިއަރާފައިނެތް ދައުލަތުގެ ކުންފުންޏެއް ނެތެވެ. ގައުމީ ރިޒާވްގައި މަހެއްހާ ދުވަހުގެ ކާޑު ގަނެވޭވަރު އޮތްކަމަކަށް ނުވެއެވެ. ބައިނަލްއަގުވާމީ މާލީ އިދާރާތަކާއި ފުދުންތެރި ގައުމުތަކުން އެހީއާއި ދަރނި ދިނުން ހުއްޓާލައިފިއެވެ.

މި ހިނގާ މާޗް މަހުގެ ނިޔަލަށް އެކަނި ވެސް 150 މިލިއަން ޑޮލަރު ރާއްޖެއިން ދައްކަންޖެހެއެވެ. އަންނަ އޭޕްރީލް މަހު ވެސް 25 މިލިއަން ޑޮލަރު ދައްކަންޖެހެއެވެ. 2025 ވަނަ އަހަރު ރާއްޖޭން ދައްކަންޖެހޭ ދަރަނީގެ ޖުމްލަ 801 މިލިއަން ޑޮލަރަށް އަރައެވެ. އަނެއް ބިރުވެރިކަމަކީ މާފިޔާ ގޭންގްތަކާއި މަނީލޯޑަރުންގެ އަތުންވެސް މުއިއްޒު ދަނީ ރާއްޖޭގެ ނަމުގައި ފައިސާ ހޯދަމުންނެވެ. 

ޑޮމެސްޓިކް ލޯނުތަކާއި ބޭރުގެ ދަރަނިތައް އަދާކުރުމުން ދައުލަތުގެ ހަރަދު ބަރަދު ހަމަޖައްސަން އެނގޭ މީހަކަށް މުއިއްޒު ނުވެއެވެ. ބޭރު ފައިސާ ހޯދުމުގެ ނަމުގައި އަލަށްފަށާ ކޮންމެ ކަމެއް ވެގެންދަނީ ދެކޮޅުނުޖެހޭ ދަރަނީގެ ބޮޅަކަށެވެ. ފަަތުވެރިކަމުން ލިބޭ އާމްދަނީގެ މިންވަރުވެސް އަހަރުގެ މެދުތެރެއަށް ދާއިރު ބޮޑުތަނުން ދައްވެގެން ދާނެކަމަށް ރާއްޖޭގެ މަލީހާލަތު ދިރާސާ ކުރާމީހުން ބުނެއެވެ. މިއަދަކު އެކޮނޮމިކް ކައުންސިލް އެއްވެގެން ގޮތްހުސްވެގެނެއް އުޅޭނެ ކަމެއްނެތެވެ. ވެރިކަން ލިބުނީއްސުރެ ބައިހަދާފައި ދުނިޔެބަލަން ދުއްވާ ކުރަން ނުޖެހޭ އެތަން ހަރަދެއްކޮށް ޑޮލަރުތައް ތަޅާލިއިރު މިހާލަތު އޮތެވެ.  

ކިތަންމެ ވަރަކަށް ރައްޔިތުންނަށް ކަންކަން ފޮރުވަން އުޅުނަސް ގަވައިދުން ދައްކަންޖެހޭ ބޭރުގެ ދަރަނިތައް ނުދައްކައެއް ނުވާނެއެވެ. ދައުލަތް ހިންގުމަށް ހަރަދުކުރަމުން މިހަރުން މިހާރަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމުގެ މާލީ ތަނަވަސްކަމެއް ރާއްޖޭގެ ހަޒާނައަކުނެތެވެ. ދަރަނިތައް ހަލާސްކޮށް ގައުމު ކޮޅަށް ޖަހަން ވެރިކަން ހޯދައިގެން މުއިއްޒު ސަރުކާރު ތެޅެނީ މަރަށެވެ.