މުއިއްޒު ގެންނަ ތަރައްގީ އޮތީ ގަލުއަޅާފައި: ޝާހިދު
ރާއްޖޭގެ ރަށްރަށުގައި ތަރައްގީގެ މަޝްރޫއުތައް ނުހިނގާ ހުއްޓި ގަލުއަޅާފައިވާ ކަމަށް އެމްޑީޕީން ތިނަދޫ ސިޓީގައި ބޭއްވި ޖަލްސާގައި ރޭ އބްދުއްލާ ޝާހިދު ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ރައީސް ޝާހިދު ތިނާދޫގައި ވިދާޅުވީ މެނިފެސްޓޯއެއް ލިޔެގެން އޭގައި ކަންކަން ކުރާ ގޮތް ތަރުތީބުކޮށް، ހިސާބުކިތާބު ޖަހައިގެން ކަންކަން ކުރުން އެއީ ގައުމެއް ހިންގުން ކަމެއް މުއިއްޒު ސަރުކާރަށް ނޭނގޭ ކަމަށެވެ.
ޝާހިދު ވިދާޅުވި ގޮތުގައި މުއިއްޒުގެ ވެރިކަންވަނީ ދެބައިކަނޑަށް ދުވެފައެވެ. ދައުރު މެދުތެރެއަށް ދިޔައިރުވެސް ތިނަދޫ ސިޓީގައި އަޅާދޭން މުއިއްޒު ބުނި ފްލޯޓިންގ އެއަރޕޯޓް އޮތީ ފްލޯޓްނުވެ އަޑީގައި ކަމަށް ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ސިފަ ކުރެއްވި ގޮތުގައި ރާއްޖޭގައި މިހާރު މިއޮތީ ކަނަކު އިޝާ ނަމާދަށްދާހެން މަގުމައްޗަށް ނުކުމެ ލާހޫރެމުންދާ ސަރުކާރެއް ކަމަށެވެ.
ގައުމެއް ހިންގުމަކީ ލިޔެގެން މެނިފެސްޓޯގައި ކަންކަން ކުރަންވާ ގޮތްތަކެއް ތަރުތީބުކޮށްގެން ހިސާބުކިތާބު ޖަހައިގެން ކަންކުރުންކަން ނޭނގޭ ކަމަށް ޝާހިދު ވިދާޅުވިއެވެ.
ތިނަދޫ ސިޓީއަށް މުއިއްޒު ސަރުކާރުން ވީ ވައުދަށް އަލިއަޅުވާލައި ޝާހިދު ވިދާޅުވީ މި ސަރުކާރުގެ ދައުރު ދެބައިވީއިރު އެ ސިޓީގައި އަޅާނެ ކަމަށް ބުނި ފްލޯޓިން އެއާޕޯޓު އޮތީ ކަނޑު އަޑީގައި ގަލުގައި އަޅާފައި ކަމަށެވެ. ކާޑެއްދުއާއި ތިނަދޫއާ ދޭތެރޭގައި އަޅަން ވައުދުވި ބްރިޖު ވީ ހިސާބެއް ވެސް ނޭނގޭ ކަމަށާއި 1،000 ހައުސިން ޔުނިޓް އެޅުމުގެ މަޝްރޫއުވެސް އޮތީ ގަލުގައި އަޅާފައި ކަމަށް ޝާހިދު ވިދާޅުވިއެވެ.




