މުއިއްޒު އޮތީ ތުއްތުކުދިނަށް ބާކޯލްޑޭރިއާ ޖައްސަން ދޫކޮށްލާފާ!

ޑިސްއިންފެކްޓަންޓު ހުސްވެ ހޮސްޕިޓަލު ނުތާހިރުވެގެން އައިޖީއެމްއެޗުގެ އެންއައިސީޔޫގައި ބޭހަށް ނުގުޑާ ނުރައްކާތެރި ބައްޔެއްކަމުގައިވާ ބާކޯލްޑޭރިއާ ސްޕޭޝިއާ ފެތުރި ތުއްތު ފަސް ކުއްޖަކަށް އޮތީ ވެންޓިލޭޓަރުގައެވެ. ރާއްޖޭގެ ހޮސްޕީޓަލުތަކުން ޑިސްއިންފެކްޓަންޓުއަކީ މީގެކުރިން ދުވަހަކު ހުސްވި އެއްޗެއް ނޫނެވެ. އޭގެ ބަދަލުގައި ބްލީޗު ގިރައިގެން އުޅޭކަށް އެއްވެސް އިރަކު ނުޖެހެއެވެ.
ބާކޯލްޑޭރިއާ ސްޕޭޝިއާއަކީ ފަރުވާ ދިނުމަށް ބޭނުން ކުރާ އާލާތްތައް މެދުވެރިކޮށެވެ. ސާފުތާހިރުކަމުގެ ހަރުދަނާ ފިޔަވަޅުތައް އަޅާ ނަމަ ފެތުރުން ދުރު އެބަލި ހޮސްޕިޓަލްގައި ފެތުރުނީ މުއިއްޒު ސަރުކާރުގެ އިހުމާލުންނެވެ. މުއިއްޒުގެ ލާހޫރޭ ސަރުކާރުގައި ސިއްހީ ނިޒާމްވަނީ ކަފުންކުރާ ހިސާބުގައެވެ.
ރާއްޖޭގެ ސިއްހީ ހާލަތު މިހާދަށު ދަރަޖައަށް ވެއްޓިފާ އޮށްވާ ކުރީ ސަރުކާރުތަކުން އުޅުނީ ރައްޔިތުން ބަލި ނުވެގެންނޭ ކިޔާ ވާހަކަދައްކަން މުއިއްޒު ލަދެއް ހަޔާތެއް ނެތެވެ.
ޕްރިވެންޓިވް ހެލްތުކެއާ، ޕަބްލިކް ހެލްތު ކެއާއަކީ މުއިއްޒު ސަރުކާރުގެ ވަރަށް މުހިންމު ސިޔާސަތެއް ކަމަށް ބުނަމުން މީގެ ކުރީގެ ބައެއް ސަރުކާރުތަކުން ހަމައެކަނި ބަލަނީ މީހާ ބަލިވީމަ އަޅާލަން ކަމަށް މުއިއްޒު ބުނިބުނުމަކީ ކާު ގަބޫލުކުރާނެ ވާހަކައެއް ހެއްޔެވެ. މުއިއްޒު ބުނާގޮތުން ކުރީގެ ސަރުކާރުތަކުން އުޅުނީ ރައްޔިތުން ބަލިވޭތޯއެވެ.
ކުރީގެ ސަރުކާރުތަކުން އޮތީ ރައްޔިތުންނަށް ކެންސަރު ފަދަ ނުރައްކާތެރި ބަލިތައް ޖެހެން ދޫކޮށްލާފައި ކަމަށްބުނެ ނުސީދާކޮށް އެ އިޝާރާތްކުރީ ވޭޕް މަނާކުރުމާއި ސިނގިރޭޓްގެ އަގު ބޮޑުކުރުމަށެވެ. މުއިއްޒު ސިނގިރޭޓްގެ އަގު ބޮޑުކުރުވީ ޓެކްސްގެ ގޮތުގައި ސިނގިރޭޓުން ލިބެމުން އައިވަރު ފެނިގެން އެއަށްވުރެ ވެސް ގިނަ ފަައިސާ ޓެކްސްގެ ގޮތުގައި ހޯދުމަށެވެ. ފަހަރެއްގައިވެސް އެއްޔަކީ އާއްމު ރައްޔިތުން ކެންސަރުން ސަލާމަތް ކުރުމުގެ ހެޔޮ ނިޔަތުގައި ކުރި ކަމެއްނޫނެވެ.