ފަޒްލާއެކު ގެއްލުނު ސްޕައިން ރަމްޒުކޮށްދޭ ހުޅުމާލޭ އާބަން އައިލް

ފަޒުލް ސޮއިކުރި 50 މިލިޔަން ޑޮލަރުގެ މެގަ ޕްރޮޖެކްޓެއް

ފަޒްލާއެކު ގެއްލުނު ސްޕައިން ރަމްޒުކޮށްދޭ ހުޅުމާލޭ އާބަން އައިލް

މުއިއްޒު ރައީސް ކަމާ ހަވާލުވެ ފުރަތަމަ އުދުއްސައިގަތް އެއްތަނަކީ ޗައިނާއެވެ. ކެބިނެޓްގެ ބޮޑުފައުޖަކާއި މުޅިސަރުކާރުހެން އެދަތުރުގައި ބައިވެރިވިއެވެ. އެއްމެން އެއްވާނެއްގައި އެދަތުރުގައި ޗައިނާއަށް ދިޔައީ ތަރައްގީގެ މަޝްރުއުތައް ބަަލައެވެ. އެދުވަސްވަރުގެ ހަބަރުތައް ކިޔާލުމުން ހިތްފުރެގެން ދެއެވެ. އެތައް މިލިޔަންޑޮލަރުގެ ބިޔަ މަޝްރޫއުތައް ރާއްޖެއަށް އަންނާތީއެވެ. 

ކުރު މުއްދަތެއްގެ ތެރޭގައި ރާއްޖެތަރައްގވެ ދުބާއިއަށް ދޫނުކުރާނެތީ ހުރެވުނީ އުފަލުން ފޮޅިފައެވެ. ފަތުއަޑު ކިޔާފައި ސޮއިކުރި އެމްއޯޔޫތަކާއި އެއްބަސްވުންތަކުގެ ފޮނިމީރު ލަހެއްނުވެ ފެނިގެން ދާނެއތީއެވެ. އެހުރިހާ މަޝްރޫއަކުން ލިބޭނެ މޮޅާ ވާނެތަރައްގީ ހިތްމައްޗަށް ގެނެސް ގަންނަން ދައްޗެވެ.

ރައީސް މުއިއްޒުގެ ޗައިނާ ދަތުރުފުޅުގައި ސޮއިކުރި އެއް އެއްބަސްވުމަކީ ހުޅުމާލެގައި ޓޫރިޒަމް ޒޯންގެ ގޮތުގައި ތަރައްގީ ކުރާ "އާބަން އައިލް" މަޝްރޫއުގައި ހިމެނޭ "ސްޕައިން" ރަމްޒުކޮށްދޭ ހަތް އިމާރާތެއް އެޅުމެވެ.

ޗައިނާގެ ހުނާން ކޮންސްޓްރަކްޝަން އިންވެސްޓްމަންޓް ގުރޫޕާ އާއި އަރބަންކޯ (އެޗްޑީސީން) ސޮއިކުރި އެބޮޑުބިޔަ މަޝްރޫއަކީ 50 މިލިޔަން ޑޮލަރުގެ މެގަ ޕްރޮޖެކްޓެކެވެ. ފަޒްލު ރަޝީދު ސޮއިކުރި އެ މަޝްރޫއަކީ ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމަން ސޮއިކުރި މަޝްރޫއެކެވެ. 

ހުޅުމާލޭގެ ޓޫރިޒަމް ޒޯނުގެ ގޮތުގައި ތަރައްގީ ކުރާ "އާބަން އައިލް" ގައި ވިޔަފާރި ހަރަކާތްތަކަށް ހާއްސަ އިމާރާތްތަކެއް އެޅުމަށް ވަނީ ޕްލޭންކޮށްފައެވެ. އެތަނުގައި ހަދާ ކޮމާޝަލް އޭރިއާއަކީ ޓޫރިޒަމް އޭރިއާގެ ޓޫރިޒަމް ބުޓީކްތަކާއި ހޮޓާތަކަށް ބޭނުންވާ ހިދުމަތްތައް ދޭން ހަދާ ބައެކެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާޒިިރުގައި 9 ޖެނުއަރީ 2024 ގައި ފުޖިއާން ޕްރޮވިންސްގައި ސޮއިކުރެވުނު އާބައިން އައިލް މިހާރު ކޮބާހެއްޔެވެ. ރާއްޖޭގެ އެންމެ ބޮޑު ވިޔަފާރި މަރުކަޒުގެ ގޮތުގައި "އާބަން އައިލް" މަޝްރޫއު ތަރައްގީކުރާއިރު އެތަނުން ތަފާތު ވިޔަފާރިތަކަށް ގިނަ ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށް އާބަންކޯ އިން އޭރު ބުންޏެވެ.

ކޮމާޝަލް ސްޕައިންގެ ނަމުގައި ހިންގާން ނިންމި ބޮޑު މަޝްރޫއު ހުޅުމާލޭގައި ހިންގާ ތަނެއް ނުފެނެއެވެ. ދެ އަހަރު ދުވަހުގެ ތެރޭ ނިންމާން ވީ އެއްބަސްވުން ފަޒުލާއެކު ވަޅުޖެހީހެއްޔެވެ. ނޫނީ އެކުރެވުނު ސޮޔަކީ އަސްލެއްނެތި ކުރަހާލި ފަޓޯއެއް ހެއްޔެވެ.

އެބުނި ސްޕައިން ރަމްޒުކޮށްދޭ ހަތް އިމާރާތް ހިމެނޭ އާބަން އައިލް އެއް އަދިއެއް ވުޖޫދަކުނެތެވެ. ސޮއަށް ދެއަހަރުވެގެން ހިނގައްޖެއެވެ. ތިންވަނަ އަހަރު ފުރެންދާއިރު އާބަން އައިލް ގެ ހިލަންވެސް ނެތެވެ. މުއިއްޒުގެ ދޮގު ސިލްސިލާގެ މިއޮތީވެސް ބޮޅެކެވެ.