ނާގާބިލުކަން ފޮރުވަން ހަދާނީ ދޮގުމައްޗަށް ދޮގު: ފައްޔާޒު
ނޫސްވެރިންނަށް ބިރުދެއްކުން ކުށްވެރިކުރަން: ފައްޔާޒު
ސަރުކާރުން ނޫސްވެރިންނަށް ބިރުދައްކާ ދެއްކުން އެމްޑީޕީގެ ޗެއަރޕާސަން އަލްއުސްތާޒް ފައްޔާޒު އިސްމާއީލު ކުށްވެރި ކުރައްވައިފިއެވެ. ފައްޔާޒު އެމޭރުމުން އެކްސްގައި ޕޯސްޓެއް ކުރެއްވީ ސަރުކާރުގެ ތަރުޖަމާން ރާއްޖޭގެ އޮންލައިން ނޫހެއް ކަމުގައިވާ އަދަދު ނޫހަށް އިންޒާރު ދެއްވާ ކުރެއްވި އެކްސް ޕޯސްޓަކާ ގުޅިގެންނެވެ.
ސަރުކާރެއްގެ މަގުބޫލުކަން ގެއްލޭ ވަރަކަށް ނޫސްވެރިން ބިރުގަންނަ ވަން ކުރާ މަސައްކަތް އިތުރުވާނެއެވެ. ނޫސްވެރިން ގެ އަނގައިގާ އަޅާމަލަން ބޯވާނެއެވެ. ނުފޫޒާއި ބާރާއި ފައިސާއިން އޮބި އަޅުވާނުލެވޭ ތަފާތު ހިޔާލުގެ ނޫސް ތަކަށް ދައުވާކުރުމާއި ބްލޮކް ކުރުމާއި ވުޖޫދުން ފުހެލަން އުޅުމަކީ އައުކަމެއް ނޫނެވެ.
ވަގުން ވައްކަންކޮށްފައި ވެސް އެއްބަހެއް ނުވެއެވެ. ހަގީގަތެއް ނެތް ދޮގު ތުހުމަތެކޭ ބުނެއެެވެ. ރައީސެއް ކަމަކު މެންބަރުންނަށް ރިޝްވަތެއް ދިނަސް ދިންކަމަށް އެއްބަހެއް ނުވާނެއެވެ. ސަރުކާރު ތަކުން ދޮގުކުރާ ކިތަންމެ ކަމެއް ފަހުން ހަގީގަތަށް ވެފައިހުރީ މަދެއްކޮށް ނޫނެވެ. ތިމާމެން ނޭދޭ ކޮންމެ ވާހަކައަކީ ހަގީގަތް ނޫންކަމަކަށް ނުހެދޭނެ އެވެ. ހަގީގަތް އެނގޭނީ މިނިވަން ތަހުގީގެއް ކޮށްލީމައެވެ.
އެމްޑީޕީގެ ޗެއަރޕާސަން އަލްއުސްތާޒް ފައްޔާޒު އިސްމާއީލް ވިދާޅުވާހެން މި ސަރުކާރު ވެރިކަމަށް އައީ ހަގީގަތާ ހިލާފު އެތަކެއް ވާހަކަތަކުގެ މައްޗަށް ބިނާވި ފިތުނަވެރި ދޮގު ކެމްޕޭނަކުންނެވެ. ރައީސް މުއިއްޒުގެ ސަރުކާރުގެ ނާގާބިލުކަން ފޮރުވުމަށް ދޮގު މައްޗަށް ދޮގު ހެދި ނަމަވެސް ކަންކަމުގެ ހަގީގަތް ހާމަވާނެއެވެ.
ފައްޔާޒު ވިދާޅުވާހެން މައުލޫމާތު ހާމަކުރުމާއި ނޫސްވެރިކަމަށް ފުރުސަތު ދިނުމަކީ ހުދުމުހުތާރު ވެރިން ބޭނުންވާ ކަމެއް ނޫންކަން ކަށަވަރެވެ. އެހެނަސް ގާނޫނުއަސާސީން ކަށަވަރު ކޮށްދީފައިވާ މިނިވަން ނޫސްވެރިކަން ނައްތާލުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ކާމިޔާބެއް ނުވާނެެއެވެ.
ކޮންމެ ކަމެއްގައި ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ބުނެ އިންޒާރު ދިނުން ފިޔަވައި އިތުރު ކަމެއް މި ސަރުކާރަކަށް ނުކުރެވެއެވެ. ވޭތުވެދިޔަ މަދު ދުވަސްކޮޅުގެ ތެރޭގައި ސަރުކާރުން އާއްމުކުރި އާއްމުކުރުން ތަކުގެ ތެރޭގައި ގިނައީ ރައްޔިތުންނާ ދެކޮޅަށް ފިޔަވަޅު އަޅާ ވާހަކައެވެ. ގާނޫނުގެ ނިވައިފަތްގަނޑުގައި ތިބެގެން ބިރުދެއްކުން ނޫންކަމެއް ނުކުރެވޭ ވަރަށް ގޮތް ހުސްވީމާ ހަމްދަރުދީ ވަމެވެ.
ސަރުކާރުން ނޫސްވެރިންނަށް ބިރު ދައްކައި ނޫސްވެރިކަމަށް ހުރަސް އެޅުން ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީގެ ޗެއަރޕާސަން ކުށްވެރިކުރައްވާ އެ ކުށްވެރި ކުރެއްވުމަކީ ސަމާސާ ކަމެއް ނޫނެވެ.