ދަރީންނާއި ދަރީންގެ ދަރިން އުޅެން ޖެހޭނީ ސާޅަނގަ އާއި ގައު ބުރިތައް ހިފައިގެން

މަކަރުވެރިކަމުގެ ކަޅު ވިލާގަނޑެއްގައި ތިބި މީހުންގެ އަސްލުތައް ފެނުނީ

ދަރީންނާއި ދަރީންގެ ދަރިން އުޅެން ޖެހޭނީ ސާޅަނގަ އާއި ގައު ބުރިތައް ހިފައިގެން

ބިރުގަތީ ހެއްޔެވެ. ޖަލުގައި އޮވެމެ އޭރުގެ ކޯލިޝަން ސަރުކާރާއި ދެކޮޅަށް ގިނިކަންޏާ ކުޅުނު މެޗުންވެސް މޮޅުވީ ހުކުމް އަޅައިގެންނެވެ. 

ރައީސް ޔާމީން އަންޑަރ އެސްޓިމޭޓު ނުކުރާށެވެ. ބޮލާ ފޮށާއެޅުން ނޫން ކަމެއް އިރާދަކުރެއްވިއްޔާ ނުވާނެއެވެ. ރައީސް ޔާމީނަކީ ސަމޯއާ އެއްބަސް ވުމާއި ސޯފާ އަވޭ ބޭފުޅެކެވެ. ވަރުގަދަ ފަޔެއް ފެނިގެން ހިއްސުތައް ހޭލާ ވާހަކަ ނުދައްކަވާށެވެ. ފިސާރި ފިރިހެނެއްގެ ފައެއް ފެނުނީމަވެސް ބޮޓޭކޯމެންނަށް މިއޮއް ވާގޮތެކެވެ.

ހަނދާން ނައްތާލާށެވެ. އަސާގައި ހިފާފައި ތިބި މީހުންނާއި އަނގަމަސާޖު ކުރާ މީހުން ގެ ތަފްސީލުތަކާއި ވީޑިއޯތައް ރާއްޖޭގައި އެތައް ބަޔަކު ބެލިއެވެ. އެހެން ވީމާ ވަރުގަދަ ފައެއް ފެނި ތިޔަ ހަށިގަނޑަށް އަރާ ވަރުތަކުގައި ރައީސް ޔާމީނު ނުޖެހޭނެއެވެ. 

ދެން އޮތީ ހުކުމުގެ ވާހަކައެވެ. އިބުރާހީމު ބަލިކުރީ ޖަލުގައި އޮވެއެވެ. ބޮނދު ބުޑަށް ކީ ސަޔަކުންނެވެ. ލާލުގެ މައްޗަށް އެޅި ހުކުމަކުންނެވެ. ހަސަދަ ވާންވީއެވެ. މިއަދުގެ ސަރުކާރުގައި ތިބީ އޭރު އެ އެޅި ހުކުމުގެ “އާދެ، ލާލުގެ މައްޗަށް އަޅާލި ހުކުމުގެ ފައިދާ ނާޖާއިޒު ގޮތުގައި ނަގަމުންދާ މީހުން”ނެވެ. އެ ހުކުމް އެޅީ ލައްޗެއެއް އަދުރޭއެއް މޯޑެއް ނޫނެވެ. އެމީހުންނަކަށް އެ ލާލުގެ މައްޗަށް ހުކުމް އަޅާކަށް ނޭގުނެވެ. އެ ފުރުސަތު ހޯދާކަށްވެސް ނޭނގުނެވެ. ލާލު މައްޗަށް ހުކުމް އެޅީ ރައީސް ޔާމީނެވެ.

ގައުމު ސަލާމަތް ކުރުމުގެ މަގުސަދުގައެވެ. އުތުރު ތިލަފަޅު ހޯދުމުގެ ބޭނުމުގައެވެ. ގޮތް ނޭނގޭ ސިއްރު އެއްބަސްވުންތަކުގެ އަސްލު ހޯދާ ހުތި ގޯސްތައް ނައްތާލުމުގެ މަގުސަދުގައެވެ. ރާއްޖޭގެ ސަރަހައްދުން ގެއްލުވާލި ކަނޑުގެ ސަރަހައްދު ހޯދުމުގެ މަގުސަދުގައެވެ. ރާއްޖޭގެ ޑިމޮކްރަސީ ދިފާއުކޮށް ތިން ބާރު ވަކި ވެފައިވާ ނިޒާމެއް ހޯދުމުގެ ހުވަފެނުގައެވެ. ދައުލަތުގެ ބާރުތައް މިނިވަން ކުރުމުގެ މަގުސަދުގައެވެ. އުންމީދާއި ހުވަފެން ހަގީގަތަކަށް ނުވީ ތާއެވެ. ހިޔަޅުކަން ބޮޑުވެ، މަކަރުވެރިކަމުގެ ކަޅު ވިލާގަނޑެއްގައި އޭރު ތިބި މީހުންގެ އަސްލުތައް ފެނުނީއެވެ. 

އަނެއްކާވެސް އައު ބާބެކެވެ. މާތް ރަސްކަލާނގެ ވާގިފުޅާއި އެކު މިފަހަރުގެވެސް އުންމީދަކީ ގައުމުގެ މުސްތަގުބަލެވެ. ރައްޔިތުންގެ ފުދުންތެރިކަމެވެ. އަމިއްލަ ވަޒަނުގެ ރައްކާތެރިކަމާއި ހިމާޔަތެވެ. 900 އަހަރުވީ އިސްލާމީ ނިދާ ދެމެހެއްޓުމެވެ. އިސްލާމީ ދަންމަރު ނިވުނަ ނުދީ އެ ހުޅުކޮޅު ދިރިދެމިގެންވާ ގޮތުގައި ރޯކޮށް ބޭއްވުމެވެ.

މިފަހަރުވެސް މި ގައުމުގެ ހައްގުގައި ލާލު ވިއްޔާ ލާލު، ކާލާ ވިއްޔާ ކާލާ ގެ މައްޗަށް ގައުމީ ހުކުމް އަޅާނީ އިރާދަކުރެއްވިއްޔާ ރައީސް ޔާމީނެވެ. ލައްޗޭއާއި އާދަނާއި ގާސިމެށް ނޫނެވެ. ގައުމު ސަލާމަތް ކުރަން ލިބޭ މިފަދަ ފުރުސަތު ތަކުގެ ބޭނުން ހިފަން ދެކޮޅުވެއްޖެ ނަމަ އަހަރުމެންގެ ދަރީންނާއި ދަރީން އުޅެން ޖެހޭނީ ސާޅަނގަ އާއި ގައު ބުރިތައް ހިފައިގެން ގާޒާގެ މުސްލިމުން އުޅޭ ހާލުގައި ގައުމު ސަލާމަތް ކުރާށެވެ.