ކުޑަކުދިންގެ ސްކްރީން ޓައިމިން ލިމިޓްކުރަނީ

ކުޑަކުދިންގެ ސްކްރީން ޓައިމިން ލިމިޓްކުރަނީ

ޗައިނާއިން އިންޓަނެޓް އެޑިކްޝަނަށް ކުޑަކުރުމުގެ ގޮތުން ކުޑަކުދިންނާއި ފުރާވަރުގެ ކުދިންނަށް ފޯނުގައި ހޭދަކުރެވޭ ވަގުތު ކުޑަކުރުމަށް އާ ފިޔަވަޅުތަކެއް ހުށަހަޅައިފިއެވެ.

މިކަމުގެ އަމާޒަކީ ކުޑަކުދިންގެ ތެރޭގައި "ރަނގަޅު އަޚްލާގާއި "ސޯޝަލިސްޓް އަގުތައް" އާލާކުރަން ބާރުއެޅުވުމެވެ.

ޗައިނާގެ އެންމެ މަތީ އިންޓަނެޓް ރެގިއުލޭޓަރު ކަމަށްވާ ސައިބަރސްޕޭސް އެޑްމިނިސްޓްރޭޝަނުން ބުދަ ދުވަހު ނެރުނު ހުށަހެޅުމެއްގައި ބުނެފައިވަނީ ހުރިހާ މޯބައިލް ޑިވައިސްތަކާއި އެޕްތަކާއި އެޕް ސްޓޯރުތަކުގައި ދުވާލަކަށް ސްކްރީން ކުރާ ވަގުތު ހަނިކުރާ "މައިނަރ މޯޑް" އެއް ހުންނަން ޖެހޭނެ ކަމަށެވެ.

މައިނަރ މޯޑުގައި ޑިވައިސްތަކާއި އެޕްލިކޭޝަންތައް ދުވާލަކު ބޭނުންކުރުން 8 އަހަރުން ދަށުގެ ކުޑަކުދިންނަށް 40 މިނެޓާއި 16 އަހަރުން ދަށުގެ ކުޑަކުދިންނަށް ގަޑިއެއް ހާއިރު އަދި  18 އަހަރާއި 16 އަހަރާއި ދެމެދުގެ ކުދިންނަށް ދެ ގަޑިއިރު ލިމިޓް ހިމެނިގެންދާނެއެވެ. އަދި މި އެޕްލިކޭޝަން ވެގެންދާނީ ބެލެނިވެރިން އިސްތިސްނާ ނުކުރާ އެޕްލިކޭޝަންއެއްގެ ގޮތުގައެވެ.

މި ހުރަސްތައް ފާސްކޮށްފިނަމަ، ކުޑަކުދިންގެ މެދުގައި ސްކްރީން ކުރާ ވަގުތު ހަނިކޮށް، "ނޭދެވޭ މައުލޫމާތަށް" ލިބުން މަދުކުރުމަށް ބެއިޖިން އިން ފާއިތުވި އަހަރުތަކުގައި އަމާޒުކުރި އަމާޒުކުރުން ފުރިހަމަވެގެން ދާނެއެވެ.