ރޯޒް ވޯޓަރ: ފިނިފެން
ރޯޒް ވޯޓާގެ ހޫނުކަމުން ބޮލުގައި ރިއްސުން ފިލުވައިދޭ
ފިނިފެންމަލަކީ މާތަކުގެ ރާނީ ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ. އަދި އެ މަލަކީ މިއަދާހަމައަށް ވެސް ދެގޮތެއް ނުވެ ގިނަބައެއްގެ މަގުބޫލްކަން ލިބިފައިވާ މަލެވެ. މިގޮތުން ޚާއްޞަ ހަފްލާތަކާއި ތަފާތު މުނާސަބާތަކާއި ހަޔާތުގެ އެކި އެކި ކަންކަމާ ގުޅުވައިގެން ހަދިޔާގެ ގޮތުގައިވެސް ދެމުން އަންނަ އެންމެ ޚާއްޞަ އެކައްޗަކީ ރީތި ވަސްމީރު ފިނިފެންމަލެކެވެ. ނުވަތަ މާބޮނޑިއެކެވެ. އިންސާނީ ހިތްތަކަށް އެތަކެއް ހިންހަމަޖެހުންތަކެއް ލިއްބައިދިނުމުގެ އިތުރުން ތަފާތު ހަނދާންތައް އާކޮށްދީ މާޒީގެ ތެރެއަށްވެސް ގެންގޮސްދިނުމުގައި ފިނިފެންމާ އަދާ ކުރާ ރޯލް މުހިއްމެވެ. މިފަދަ ހިތްގައިމު ކަމެއް ލިބިފައިވާ ފިނިފެންމަލުން އުފައްދާ ކޮންމެ އެއްޗެއް ވެސް ވާނީ އޭގައި އިންސާނާއަށް އެތަކެއް ފައިދާތަކެއް އެކުލެވިގެން ދާނެއެއްޗަކަށެވެ. މިގޮތުން ރޯޒް ވޯޓަރ ނުވަތަ ފިނިފެނުން ލިބޭ ފައިދާތަކަށް ބަލާލާނަމެވެ.
ރޯޒް ވޯޓަރ ( ފިނިފެން ) އަކީ ކޮބާ؟
ރޯޒް ވޯޓަރ އަކީ ފިނިފެންމަލުގެ ފިޔަ ފެނުގައި ފޮރުވައިގެން އުފައްދާ ރަހަ އެކުލެވޭ ފެނެކެވެ. އެއީ ރޯޒް ޕެޓަލްސްގެ ޑިސްޓިލޭޓްގެ ހައިޑްރޯސޯލް ބައެވެ.
ރޯޒް ވޯޓަރ އިން ލިބޭފައިދާއަކީ ކޮބާ؟
ރޯޒް ވޯޓަރަކީ އިންސާނާގެ ހަށިގަނޑަށް ވަރަށް ފައިދާ ހުރި އެއްޗެކެވެ. އަދި ރޯޒް ވޯޓަރަކީ އޭގައި ކެމިކަލްގެ ބާވަތްތަކެއް ނެތުމާއި އެކު ހިތް ހަމަޖެހިލައިގެން އޭގެ ބޭނުންކޮށް ތިބާއަށް ބޭނުންވާ ފަރުވާ ހޯދުމަށް އެހީތެރިވެދޭ މީރުވަސް ދުވާ ހަށިގަނޑަށް އަރާމް ލިއްބައިދޭ ފެނެކެވެ. މީރުވަސް ދުއްވުމަށާއި، ކާއެއްޗެހީގެ ރަހަތަފާތުކޮށް މީރުކޮށްލުމަށްޓަކައި ވެސް ރޯޒް ވޯޓަރަކީ ދެވަނައެއް ނެތް އެއްޗެކެވެ. ރޯޒްވޯޓަރުން ލިބޭ ފައިދާތަކުގެ ތެރޭގައި:-
- ހަންގަނޑު ރަތްވުން ކުޑަކޮށްދިނުން.
ރޯޒް ވޯޓަރަކީ ރީތިކަމުގެ ޕްރޮޑަކްޓެއްގެ ގޮތުގައި ބޭނުންކުރާތާ އެތައް ހާސް އަހަރެއް ވެފައިވާ އެއްޗެކެވެ. މޫނުގެ ހަންގަނޑު ރަނގަޅުކޮށްދީ ކުލަރީތިކުރެއެވެ. މޫނުގައި ހުންނަ ބިހިތަކާއި ކުރަކި ހަންގަނޑު އަދި ކަޅުތިކިތަކާއި ލަކުނުތައް ފިލުވާ ދީ މޫނު އޮމާންކޮށް ބެހެއްޓުމުގައި މުހިއްމު ރޯލެއް އަދާކުރެއެވެ. މިކަމުގެ ސަބަބުން ޒުވާންކަން ގިނަ ދުވަހަށް ދަމަހައްޓާދެއެވެ. މިކަންކަން ރަނގަޅުކޮށްދިނުމުގައި ރޯޒްވޯޓަރުގައި ހިމެނޭ އެންޓިބެކްޓީރިއަލް ޕްރޮޕަޓީތަކުގު ރޯލް މުހިއްމު ބައެއް އަދާކުރެއެވެ..
- އިންފެކްޝަންތަކުން ރައްކާތެރިކޮށްދިނުން.
ރޯޒް ފެނުގައި ވަރުގަދަ އެންޓިސެޕްޓިކް ޕްރޮޕަޓީތަކެއް ހުރެއެވެ. މީގެ ސަބަބުން އިންފެކްޝަންތަކުން ރައްކާތެރި ވުމަށް އެހީތެރިވެދެއެވެ. މިކަމުގެ ސަބަބުން ގިނަ ފަހަރަށް ގުދުރަތީ އަދި ބޭސްވެރިކަމުގެ ތަފާތު ފަރުވާތަކުގެ ތެރޭގައި ރޯޒް ވޯޓަރ ހިމެނައެވެ. ޓްރަސްޓްޑް ސޯސް ދިރާސާއިން އިން ވެސް ދައްކާ ގޮތުގައި ލޮލުގެ ތިކިތަކުގައި ރޯޒް ވޯޓާ ބޭނުންކޮށްގެން ކޮންޖަންކްޓިވައިޓިސް ކޭސްތަކަށް ފަރުވާދެއެވެ.
- ކަނޑައިގެންދާ ތަންތަނާއި، ލަކުނުތަކާއި، އަނދާފައިވާ ތަންތަނަށް އެހީތެރިވެދިނުން.
ރޯޒް ވޯޓަރަކީ އެންޓިސެޕްޓިކް އަދި އެންޓިބެކްޓީރިއަލް ޕްރޮޕަޓީސް ޒަޚަމްތައް އަވަހަށް ރަނގަޅުވުމަށް އެހީތެރިވެދޭ އިތުބާރު ހުރި މަސްދަރެކެވެ. ރޯޒްވޯޓަރުން ސާފްކުރުމުން ކަނޑައިގެންދާ ތަންތަނާއި، އަނދާފައިވާ ތަންތަނާއި، އަދި ލަކުނުތައް ވެސް އަވަހަށް ރަނގަޅުވުމަށް އެހީތެރިވެދެއެވެ.
- މޫޑު ރަނގަޅު ކޮށްދިނުން.
ރޯޒް ފވޯޓަރުގައި ވަރުގަދަ އެންޓި ޑިޕްރެޝަން އަދި އެންޓި އެންޒައިޓީ ޕްރޮޕަޓީސް ތަކެއް އެކުލެވިގެންވެ. 2011 ވަނަ އަހަރު ޓްރަސްޓެޑް ސޯސް އިން ކުރި ދިރާސާއަކުން ދައްކާ ގޮތުގައި ރޯޒް ޕެޓަލްސް އިން ނަގާ މާއްދާއަކީ މަސްތަކުގެ މަރުކަޒީ ނާރުތަކުގެ ނިޒާމު ލުއިކޮށްދޭ އެއްޗެކެވެ. މިކަމުގެ ސަބަބުން އެންޓިޑިޕްރެޝަން އަދި އެންޓިއެންޒައިޓީގެ އަސަރުތައް ކުރިމަތިވެއެވެ..
- ބޮލުގައި ރިހުން ފިލުވައިދިނުން
ރޯޒް ވޯޓާ އާއި ރޯޒް އެސެންޝިއަލް އޮއިލް އަކީ އާންމުކޮށް ބޭނުންކުރަނީ އެރޯމާތެރަޕީގައި ބޮލުގައި ރިއްސުން ފިލުވައިދިނުމަށެވެ. މިއީ ޑީ-ސްޓްރެސިންގ އިފެކްޓްސް ގެ ސަބަބުން ދިމާވާ ކަމެއް ކަމަށް ވެދާނެއެވެ. އެއް ދިރާސާއަކުން ޓްރަސްޓެޑް ސޯސްގެ ދިރާސާއިން ހޯދި ގޮތުގައި ރޯޒް ވޯޓާގެ ހޫނުކަމުން ބޮލުގައި ރިއްސުން ފިލުވައިދެއެވެ. އަނެއް ގޮތަކީ ރޯޒް ފެނުގައި ތެމިފައިވާ ކޮމްޕްރެސް އެއް ބޮލުގައި 45 މިނެޓް ވަންދެން އުނގުޅައިގެން ޕޮޒިޓިވް ނަތީޖާއެއް ލިބުމެވެ.
- ހަޖަމުކުރުމުގެ މައްސަލަތަކަށް އެހީތެރިވެދިނުން.
ފޯކް މެޑިސިންގައި ރޯޒް ވޯޓަރ ބޭނުންކޮށްފައިވަނީ ހަޖަމުކުރުމަށް އެހީތެރިވެދީ ހަޖަމުކުރުމުގެ ނިޒާމުގެ އުނދަގޫ ކުޑަކުރުމަށެވެ. 2008 ވަނަ އަހަރު ކުރި ދިރާސާއަކުން ދައްކާ ގޮތުގައި ރޯޒް ވޯޓަރަކީ ހަޖަމުކުރުމަށް ހެޔޮ އަސަރުތަކެއް ކޮށްދީ ހަޖަމުކުރުމުގެ އުނދަގުލުން ތިބާ ސަލާމަތް ކޮށްދޭ އެއްޗެކެވެ. ރޯޒް ވޯޓަރުގެ ސަބަބުން ބައިލް ސެކްރެޝަން ރަނގަޅުވެ، ހަޖަމުކުރުމަށް އިތުރަށް އެހީތެރިވެދެއެވެ.