ކެންސަރާ ދެކޮޅަށް އެހީތެރިވެދޭ ވައިރަހެއް:
އިންސާނުންގެ ޑީއެންއޭގެ ތެރޭގައި އެތައް މިލިއަން އަހަރެއް ވަންދެން ފޮރުވިފައިވާ ޒަމާންވީ ވައިރަހެއް
އިންސާނުންގެ ޑީއެންއޭގެ ތެރޭގައި އެތައް މިލިއަން އަހަރެއް ވަންދެން ފޮރުވިފައިވާ ޒަމާންވީ ވައިރަހުގެ އާސާރީ ތަކެއްޗަކީ ކެންސަރާ ދެކޮޅަށް ހަށިގަނޑަށް އެހީތެރިވެދޭ އެއްޗެއް ކަމަށް ސައިންސްވެރިން ބުނެފިއެވެ. ފްރާންސިސް ކްރިކް އިންސްޓިޓިއުޓުން ކުރި ދިރާސާއިން ދައްކާ ގޮތުގައި ކެންސަރު ގެ ސެލްތައް ކޮންޓްރޯލުން ނެއްޓި ގެންދިއުމުން މި ދުވަސްވީ ވައިރަހުގެ ހަށިގަނޑަށް ހޭލެވެ އެވެ. މިއީ ނޭނގި ދިފާއީ ނިޒާމަށް ޓިއުމަރަށް އަމާޒުކޮށް ހަމަލާދިނުމަށް އެހީތެރިވެދޭ ކަމެކެވެ.
އެ ޓީމުން ބޭނުންވަނީ މި ދިރާސާ ހޯދުމުގެ ބޭނުން ހިފައި ކެންސަރަށް ފަރުވާ އިތުރުކޮށްދޭނެ ނުވަތަ އެ ކަމުން ވެސް ރައްކާތެރި ވެވޭނެ ފަދަ ވެކްސިނެއް ފަރުމާ ކުރުމަށެވެ. ފުއްޕާމޭގެ ކެންސަރުން ސަލާމަތްވެ ތިބުމާއި، ބީ-ސެލް ކިޔާ ދިފާއީ ނިޒާމުގެ ބައެއް ޓިއުމަރު ތަކުގެ ވަށައިގެން ކްލަސްޓާ ކުރުމާ ގުޅުމެއް އޮތްކަން ސައިންސްވެރިންނަށް ފާހަގަ ކުރެވުނެވެ.
ބީ-ސެލްތަކަކީ އެންޓިބޮޑީޒް އުފައްދައިދޭ އަދި ކޮވިޑު ފަދަ އިންފެކްޝަންތަކާ ދެކޮޅަށް މަސައްކަތް ކުރުމުގައި އެ ސެލްތަކުގެ ދައުރު އެންމެ ބޮޑަށް ފާހަގަ ކޮށްލެވޭ ބައެކެވެ. ފުއްޕާމޭގެ ކެންސަރުގައި އެ މީހުން ކުރަމުން ދިޔަ ކަންތައްތަކަކީ ސިއްރެއް ނަމަވެސް ބަލިމީހުންގެ ސާމްޕަލްތަކާއި ޖަނަވާރުންގެ ޓެސްޓުތައް ބޭނުންކޮށްގެން ކުރި ތަހުލީލު ތަކުން އެނގުނު ގޮތުގައި ސައިންސްވެރިން އަދިވެސް މަސައްކަތް ކުރަނީ ވައިރަސްއާ ހަނގުރާމަ ކުރުމަށެވެ.
ކެންސަރ ރިސާޗް ޔޫކޭގެ ޑރ ކްލެއާ ބްރޮމްލީ ވިދާޅުވީ، "އަހަރެމެން އެންމެންގެ ޖީންތަކުގައި ޒަމާންވީ ވައިރަލް ޑީއެންއޭ އެބަހުރި، ކާބަފައިންގެ ކިބައިން ފާސްވެފައިވާ، އަދި މި ހިތްގައިމު ދިރާސާއިން ކެންސަރުގައި އޭގެ ދައުރު އަދި އަޅުގަނޑުމެންގެ ދިފާއީ ނިޒާމުން ކެންސަރުގެ ސެލްތައް ދެނެގަނެ ހަލާކުކުރެވޭނެ ގޮތް ފާހަގަކުރެވިފައިވާ" ކަމަށެވެ.