ގާނޫނުގެ ވެރިކަމެއް ކުރަން ސަރުކާރުން ދަސްކުރަންޖެހޭ: ޝާހިދު
އެލްޖީއޭ އިން ތިނަދޫ ކައުންސިލްގެ ރައީސްގެ ގޮނޑި ގެއްލިޖެކަމަށް ނިންމުން
އިންތިހީބީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ ގޮނޑި ގެއްލިއްޖެތޯ ނޫންތޯ ކަނޑައެޅުމަށް ގާނޫނީ އިޖުރާއަތްތަކެއް ކަނޑައެޅިފައި އޮންނަ ކަމަށެ ވިދާޅުވެ އެމްޑީޕީގެ ރައީސް އޮނަރަބަލް އަބްދުއްލާ ޝާހިދު އެލްޖޭއަށް ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.
ގާނޫނީ އިޖުރާއަތްތައް ފުރިހަމަނުކޮށް، ރައްޔިތުންގެ ނިންމުމުގައި ކޮޅުފައިން ޖެހުމަށްފަހު، ވ.އަތޮޅު ތިނަނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ އަކީ އެމްޑީޕީގެ މެންބަރަކަށް ވީތީ ސިޔާސީ ކުލަ ޖެހިފައިވާ ފިޔަވަޅެއް އެޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ޝާހިދު ވިދާޅުވިއެވެ.
ވ.ތިނަދޫ ކައުންސިލްގެ ރައީސް ކަމުގެ ގޮނޑި ޝުޖާއު އަލީއަށް ގެއްލިއްޖެ ކަމަށް ނިންމާ ލޯކަލް ގަވަމެންޓް އޮތޯރިޓީއިން އަންގާފައިވާ އެންގުން އަނބުރާ ގެންދަން ޖެހޭކަމަށް އޮނަރަބަލް ޝާހިދު ވިދާޅުވިއެވެ. ގާނޫނުގެ ވެރިކަން ކުރަން ސަރުކާރުން ދަސްކުރަން ޖެހޭ ކަމަށއވެސް ޝާހިދު ވިދާޅުވި އެވެ.
ޝާހިދު އެކްސްގައި އެ މޭރުމުން ޕޯސްޓެއް ކުރެއްވީ މި ހިނގާ ކައުންސިލް ދައުރު ފެށުނު ފަހުން ޕާޓީ ބަދަލުކުރި ކަމަށް ބުނެ ޝުޖާއުގެ ގޮނޑި ގެއްލިއްޖެ ކަމަށް އެލްޖީއޭއިން ރަސްމީކޮށް ކަނޑައަޅާފައި ވާތީއެވެ.
އެލްޖީއޭގެ ނޫސްބަޔާނުގެ ހުލާސާ:
މި އަހަރު އޮތް ލޯކަލް ކައުންސިލް އިންތިހާބަށްފަހު، ޝުޖާއު އަލީ އިންތިހާބުވި ޕާޓީ ނޫން އެހެން ޕާޓީއެއްގައި މެއި 19 ގައި ދަފުތަރުވެފައިވާކަން އިލެކްޝަންސް ކޮމިޝަނުން އެލްޖީއޭއަށް އަންގާފައި ވާތީ ޖޫން 30، 2026 ގައި ބޭއްވި އެލްޖީއޭގެ ބޯޑު ބައްދަލުވުމުން ނިންމާފައިވަނީ ޝުޖާއުގެ މަގާމު ހުސްވެއްޖެކަން އިލެކްޝަންސް ކޮމިޝަނަށް އެންގުމަށެވެ.
ލޯކަލް ކައުންސިލް އިންތިހާބުގައި ޝުޖާއު ވާދަކުރެއްވީ ދަ ޑިމޮކްރެޓްސްގެ ޓިކެޓުގައެވެ. ނަމަވެސް، ދަ ޑިމޮކްރެޓްސް އޭޕްރިލް 11، 2026 ގައި ވަނީ އުވާލަފައެވެ.
ޕާޓީއެއް އުވާލުމާ ގުޅިގެން އެހެން ޕާޓީއަކާ ގުޅުމަކީ ކައުންސިލްގެ ގޮނޑި ގެއްލެންޖެހޭނެ ސަބަބެއް ކަމަށް ޝުޖާއު އަލީ ގަބޫލެއް ނުކުރައެވެ.


