އެސްޓީއޯ ސްޓާފް އެވޯޑް 2022 : ވިދާތަރި1

އެސްޓީއޯ ސްޓާފް އެވޯޑް 2022

އެސްޓީއޯ ސްޓާފް އެވޯޑް 2022 : ވިދާތަރި1

އެސްޓީއޯގެ އާދަޔާ ހިލާފު ޓީމަކީ މަސައްކަތުގައި ވަރުބަލި ކަމެއް ނެތި ހިދުމަތް ކުރުމުގައި ގާބިލު ޓީމެކެވެ. އެސްޓީއޯގެ ދިގު ތާރީހުގައި ހިދުމަތްތެރިންގެ އަގު ވަޒަން ކުރުމަކީ ކުރިއަކުން އެހާ ބޮޑު އިސްކަމެއް ދިން ކަމެއް ނޫނެވެ. އެހެނެއް ކަމަކު މެނޭޖިންގ ޑިރެކްޓަރ ހުސައިން އަމްރުގެ މާލިމީ ކަމުގައި އެސްޓީއޯ ހޯދަމުންދާ ކާމިޔާބީތަކާއި އެކު ހިދުމަތްތެރިންގެ އަގުވަޒަން ކުރުމުގެ މުހިންމުކަން އިންތިހާއަށް ބޮޑުކަން ފާހަގަ ކުރެވިއްޖެއެވެ. ނަތީޖާ އަކަށްވީ "ސްޓާފް އެވޯޑް" ތައާރަފް ވެގެން ދިޔުމެވެ. އާދަޔާ ހިލާފު ކުޅަދާނަ ހީވާގި ގާބިލު މުއައްޒަފުންގެ އަގު ވަޒަން ކުރުމުގެ ގޮތުން ޝަރަފްވެރި އެވޯޑް ތަކެއް ސްޓާފުންނަށް ފުރަތަމަ ފަހަރަށް އެސްޓީއޯއިން ދީފިއެވެ. "ސްޓާފް އެވޯޑް 2022" ގެ ނަމުގައެވެ.

ސަރވިސް އެކްސަލަންސް އެވޯޑް 2022

އެންމެ ފުރިހަމައަށް 2022 ވަނަ އަހަރު ހިދުމަތްކުރި މުއައްޒަފަކަށް ހޮވިގެން އެވޯޑް ހާސިލުކުރީ އެސްޓީއޯ ފާމަސީ ކޯޑިނޭޓަރ ލުބްނާން އިބުރާހީމެވެ. ލުބުނާން ހީވާގި ބުރަ މަސައްކަތް ފާހަގަކޮށް އެސްޓީއޯއިން މަރުހަބާ ކިޔާ ޝުކުރުވެރި ކަމާއެކު ސާބަސް ރައްދުކުރެއެވެ. 

ސޭލްސް ފްރޮންޓްރަނަރ އެވޯޑް 2022

އެސްޓީއޯ އެނަރޖީ އެންޑް ކޮންސްޓްރަކްޝަން ސޮލިއުޝަންސް ގެ ކޯޑިނޭޓަރ އަބްދުﷲ އިހުސާނު ސޭލްސް ފްރޮންޓް ރަނަރ އެވޯޑް 2022 ހާސިލުކުރީ އެހެން މުއައްޒަފުންނަށް މިސާލު ދައްކަމުންނެވެ. އެސްޓީއޯއިން މަރުހަބާ ކިޔާ ޝުކުރުވެރިކަމާއެކު ސާބަސް ރައްދު ކުރަނީ އެހެން ވެގެނެވެ.

ޓީމް ޕްލޭޔަރ އެވޯޑް 2022

ޓީމް ވޯކުގައި ދެވަނައެއް ނެތް މިސާލު ދައްކައިގެން ޓީމް ޕްލޭޔަރ އެވޯޑް 2022 ހާސިލު ކުރީ ސީނިއަރ އައިޓީ ސަޕޯޓް ސްޕެޝަލިސްޓް ހާމިދު ސައީދުއެވެ. އުންމީދާއެކު ނަތީޖާ ހާސިލުކުރުމަށް ކެނޑިނޭޅި ދިން އެއްބާރުލުމާއި ބަދަހި ގުޅުން ދެމެހެއްޓުމުގައި ސާބަހާއި ތައުރީފް ހައްގު މުއައްޒަފެކެވެ.