އަފްރާޝީމްގެ މަރުގެ އަނދިރި ފަރާތުން ގައްސާނުގެ ހިޔަނި!!
ފިސާރި ވަރުހުރި މަޅިއެއްގައި ރަނގަޅަށް ބެނދެވި ބްލެކް މޭލުވެފައި!؟
އުފަންކުޅަ ބަފާ ކާޅަށްކޮށާ މަސްދިން އިރު ދަތްދިލުވައިގެން ހޭންހުރީ ލޮލަށް ނުފެންނަ ވަރަށް ކަނުވީމައެވެ. ވިހޭ މައިމީހާ ރޮއެ ހޭރެމުން މަގުމަތީ ވެއްޓިފުރޮޅި އުނުއޮތް ފޮށާ ބޭލުނު އިރު ދަތްޕިލާ ރޮނޑަށް ދީގެން އަތްޖަހަން ހުރީ ހަޔާތް އަރުއްވައިގެންފާ ވާތީކަން އެނގެއެވެ. މި ފާޑުގެ ގޮތެއް ފޮތެއް އަގަލެއް ކުލުނެއް ނެތް އިންސާނަކީ އިންސާނެއްގެ ސިފައިގާ ހުރި މިނިކާ ޖަނަވާރެކޭ ބުނުން ދުލަކަށް ފާފައެއް ނުވާނެއެވެ.
ގޭދޮށަށް އެއްވެފައިވާ ބައެއްގެ ބޮލަށް ކިއްލާ މަތިން ބެރިއެއް ވައްޓާލަން ކެރުނު ހިސާބުން ގައްސާނަކީ ކާކުކަން ދިވެހިން ދަސްކޮށްފިއެވެ. ކިޔަވަން ލަންޑަނަށް ފޮނުވީމާ ރާބޮއެގެން އިނދެ ކާރަކުން ޖައްްސާ މީހަކު މަރާލި ވާހަކަ އަކީ ވެސް ނިކަން މަސްހޫރު ވާހަކައެވެ. އެ މަރު އޮއްބާލުމަށް ފޮށިފޮށީގައި ޑޮލަރު ދައުލަތުގެ މާލިއްޔާއިން ލަންޑަނަށް ގެންގޮސްގެން އޭރު ދައުލަތް ބަނގުރޫޓްކޮށްލި ކޮށްލުމުން އަދިވެސް އެއުޅެނީ އަރައި ނުގަނެވިގެނެވެ. ގައްސާނަކީ މައުމޫނަށް ޖެހުނު މުސީބާތަކަށްވެ 30 އަހަރުގެ ވެރިކަން ވެއްޓުމުގެ އެއްސަބަބަކަށް ގައްސާނުގެ ޖައްބާރުކަން ވެގެން ދިޔައެވެ.
ޑރ. އަފްރާޝީމްގެ މަރުގެ އަނދިރި ފަރާތުން ގައްސާނުގެ ހިޔަނި ފާޅުވާ ކަމަށް ގިނަ ކުދިން ކުދިން ކިޔައެވެ. ރިސޯޓަކަށް އިންވެސްޓުކުރާ ނަމުގައި މަހުޖަނު ބޮޑުބެ އަތުން ފައިސާގަޑެއް ހޯދައިގެން އިންވެސްޓްކޮށްދިނީ އަޒްލިފް ރައޫފަށް ކަމަށް ރަށުތެރޭގައި ކިޔައެވެ. މިހާރަކު އަފްރާޝީމެއް ނެތެވެ. ވީގޮތެއްވެ އެ އަޒްލިފަކުވެސް ގެއްލިއްޖެއެވެ. ކުދިން ނިންދަވަން އުދޯއްޔަށް އަރާ އިނދެ މާމަ ކިޔާދޭ ބޮޑު ބުޅާ ވާހަކަ ކަހަލަ ވާހަކަ އަކަށް އެވާހަކަވެ ނިމެއްޖެއެވެ.
ހަނދާން އައުކޮށްލަން ޖެހޭ ކަމަކީ ބައްޕަގެ ފޭވަރިޓަށް ރިޔާސީޓިކެޓް ދީފާނެތީ ޔާމީނާ ގުޅިގެން ކުރަންޖެހުނު ކޮންމެ ކަމެއް ނުކުރާ ކަހަލަ ނޫން ކަމެވެ. އުފަންކޮށް ގެންގުޅެ ބަލާ ބޮޑުކުރި ބަފާމީހާ އަބަހައްދުވީ ދުވަހު ގިއްގަޅުވާލާ ރަހުމުކުޑަ ގޮތަކަށް ކުޑަގޮޅީގައި ބާއްވައިގެން ޔާމީނަށް ބާރުދޭން ހުރިކަން ނޭނގޭ އެކަކު ނެތެވެ. އެހެން އެވީ ފިސާރި ވަރުހުރި މަޅިއެއްގައި ރަނގަޅަށް ބެނދެވި ބްލެކް މޭލުވެފައި ހުރެގެންނެކޭ މަށަކު ނުބުނަމެވެ.
މިވަރުގެ ގައްސާނަކު އެހެން ބަޔަކު ދެކެވާނީ ކޮން ލޯތްބެއް ހެއްޔެވެ. ބަޔަކަށް ކޮށްފައި ނުކުރާނީ ކޮންކަމެއް ހެއްޔެވެ. ދައްކާފައި ނުދައްކަނީ ކޮން ވާހަކައެއް ހެއްޔެވެ. ވައުދޭ އެމްޑީޕީއޭ ރައްޔިތުންނޭ ކިޔައިގެން ފޮކަން ގައްސާނަކީ ކާކުހެއްޔެވެ. މައިން ބަފައިންގެ ލޮލުން އެޅި ކަރުނަ ނުފެނުނު މީހަކަށް ފެންނާނީ ދެން ކޮން އެއްޗެއް ހެއްޔެވެ.
ބުނަން ހެއްޔެވެ. އެމްޑީޕީން ވައުދުވެ ވައުދު ފުއްދަނީ ގައްސާނު ރުއްސާކަށް ނޫނެވެ. ދިވެހި ރައްޔިތުން އެއްބުރުން ރައީސް ސާލިހަށް ވެރިކަން ދިނީ ޔާމީނާއި ގައްސާނުމެން ވެރިކަމާ ކައިރި ނުކޮށް ވެރިކަން ކޮށްދޭށެވެ. ދިވެހި ރައްޔިތުން ބޭނުންވާ ކަންކަން ސަރުކާރުން ކޮއްދެމުން އެދަނީ އިހަށް ކުރަންޖެހޭ ކަމެއް އިހަށް ކުރަންޖެހޭ އުސޫލުން ގިނަ ރައްޔިތުން އެދޭ ގޮތަށެވެ. ބަޅުރުއް ޕާޓީއާއި ގައްސާނު ބޭނުންވާ ގޮތަކަށް ކަންތައްކުރާނީ ބަޅުރުއް ޕާޓީ ވެރިކަމެއްގައެވެ.