އަންހެނުންގެ ކަންކަމުގެ ދާއިމީ ހައްލަކަށް މަސައްކަތް ކޮށްދެއްވާ: މޭޔަރ

އަންހެނުންގެ ކަންކަމުގެ ދާއިމީ ހައްލަކަށް މަސައްކަތް ކޮށްދެއްވާ: މޭޔަރ

މާލެ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) މެންބަރުކަމަށް އިންތިހާބުވި މެންބަރުންނާ މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ބައްދަލުކުރައްވައިފިއެވެ. މޭޔަރު ބޭއްވެވި ބައްދަލުވުމުގެ މައިގަނޑު މަގުސަދަކީ އަލަށް އިންތިހާބުވި މެމްބަރުންނަށް މަރުޙަބާ ދެންނެވުމަށާއި ކުރިއަށް އޮތް ދައުރުގައި މަސައްކަތްތައް ބައްޓަންކުރާނެ ގޮތާ ގުޅޭގޮތުން މަޝްވަރާކުރުމެވެ.

މާލެ ސިޓީ ކައުންސިލް އިދާރާގައި އަންގާރަ ދުވަހު މެންދުރު ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މޭޔަރ އާދަމް އާޒިމް ވިދާޅުވީ، ގައުމީ ތަރައްގީގައި އަންހެނުންގެ ދައުރަކީ ނުހަނު ބޮޑު އަދި މުހިންމު ދައުރެއް ކަމަށެވެ. ގައުމު ބިނާކުރުމާއި މުޖުތަމަޢުގެ ކުރިއެރުމުގައި އަންހެނުންގެ ހިއްސާ އިތުރުކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަން ވެސް މޭޔަރު ފާހަގަކުރެއްވިއެވެ.

މޭޔަރ އާޒިމް އިންތިހާބީ މެމްބަރުންގެ ކިބައިން އެދިވަޑައިގަތީ ހުރިހާ ބޭފުޅުންވެސް ގުޅިގެން މަސައްކަތް ކުރުމަށެވެ. އަންހެނުންގެ އަޑު އުފުލައި، މާލެ ސިޓީގެ އަންހެނުންނަށް ކުރިމަތިވާ އެކި އެކި ގޮންޖެހުންތައް ދެނެގަނެ، އެކަންކަމަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް އިހުލާސްތެރިކަމާއެކު މަސައްކަތް ކޮށްދެއްވުމަށް މޭޔަރ އިލްތިމާސްކުރެއްވިއެވެ.

އިންތިހާބީ މެމްބަރުން ވަނީ މޭޔަރ ޢާޒިމް ދެއްވި އިރުޝާދުތަކަށް ޝުކުރު އަދާކުރެއްވިއެވެ. މާލޭގެ ރައްޔިތުންނާއި ހާއްސަކޮށް އަންހެނުންގެ ކުރިއެރުމަށް ފުރިހަމައަށް މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން މެންބަރުން މޭޔަރަށް ދެއްވިއެވެ.

މާލެ ސިޓީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ: 

  • ކޮމިޓީގެ ރައީސާ: ޢާއިޝަތު ރީޝާ
  • މާފަންނު އުތުރު ދާއިރާ: މަރްޔަމް ޝީޒާ
  • މާފަންނު މެދު ދާއިރާ: މަރްޔަމް ނާޞިފާ ޢުމަރު
  • މާފަންނު ދެކުނު ދާއިރާ: ބަދޫރާ
  • މާފަންނު ހުޅަނގު ދާއިރާ: އާމިނަތު ޝަފީޤާ
  • މައްޗަންގޮޅި އުތުރު ދާއިރާ: ޙައްވާ ސަހްވާ
  • މައްޗަންގޮޅި ދެކުނު ދާއިރާ: މަރްޔަމް ޒާހިރާ
  • ހެންވޭރު އުތުރު ދާއިރާ: ޢާއިޝަތު ރިޔާޝާ
  • މެދުހެންވޭރު ދާއިރާ: ޢާއިޝަތު މޫސާ
  • ހެންވޭރު ދެކުނު ދާއިރާ: އާމިނަތު ސޯނިޔާ
  • ހެންވޭރު ހުޅަނގު ދާއިރާ: މަރްޔަމް ރަޝީދާ އިބްރާހީމް
  • ގަލޮޅު އުތުރު ދާއިރާ: ޢާއިޝަތު ނަޒާހަތު
  • ގަލޮޅު ދެކުނު ދާއިރާ: ފާޠިމަތު ޝިރުމީނާ
  • ހުޅުމާލޭ އުތުރު ދާއިރާ: ފާޠިމަތު ސިބާ
  • ހުޅުމާލޭ މެދު ދާއިރާ: ފާޠިމަތު ޔޫޙާ އިބްރާހީމް
  • ހުޅުމާލޭ ދެކުނު ދާއިރާ: މަރްޔަމް އަމީނާ
  • ވިލިމާލެ ދާއިރާ: ހިޝްމާ އަޙްމަދު