ތިމާމީ ލައްކައެކޭ ކާނަލް ނާޒިމަށް ހީވީ މާ އަވަހަށް!

އަބްދުﷲ ރިޔާޒާއި ނާޒިމް ދިވެހިންނަށް ފެނުނު ބޮޑު މަންޒަރުގައި ތިބީ ވަރަށް ހުތުރުކޮށް!

ތިމާމީ ލައްކައެކޭ ކާނަލް ނާޒިމަށް ހީވީ މާ އަވަހަށް!

ސިޔާސީ ގޮތުން ސީޒަންވެ މުޑުވަށް ވަނީ ސީނުކަރަންކާގޭ ރަޖިސްޓްރީގައި މީހާ އޮވެގެންނެއް ނޫނެވެ. އެކަން ވަނީ ސިޔާސީ ދާއިރާގައި ލައްކަ ދުވަހ އުޅެގެންކަން އެއީ ދުނިޔެ ދައްކާ ހަގީގަތެވެ. ކުރިން އުޅުނު އޮޑިން ފުންމާލާ ފައިން ދޮންވެލި ނުހިކެނީސް ގައުމުތަކުގެ ވެރިކަމަށް އާދެވުމަކީ ނާދިރު ކަމެކެވެ.

ކާނަލް ނާޒިމަކީ އުޅޭ މީހެއްކަން ދިވެހިންނަށް އެނގުނީ ބޮޑުސިންގާ ހަމަ ނުޖެހުން ގަނޑެއްގެ ތެރެއިންނެވެ. 2012 ފެބްރުއަރީ 7 ވަނަ ދުވަހު ބަނޑޭރިގޭ ކުރިމަތީގައި އަނގަމައްޗަށް މައިކެއް ހުރަސްކޮށްގެން ހުރެ އޭރުގެ ރައީސުލްޖުމްހޫރިއްޔާ އިސްތިއުފާ ދިނުމަށް ޝަރުތަކާ ނުލައި މަޖްބޫރު ކުރި ކަމަށް ނާޒިމް ބުނުމަކީ ބަޔަކަށް މޮޅު ކަމަކަށް ވިޔަސް ގިނަ ބަޔަކަށް ކަމުދާ ކަމެއް ނޫންކަން ޖެހިގެން އައި ފެބްރުވަރީ 8 ވަނަ ދުވަހު މާލެ ފާލުން ނައްޓައިގެން ދިޔަ ގޮތުން ވަރަށް ސާފެވެ. 

އެ ދުވަހު އެެއްވި އެތައް ހާސް ރައްޔިތުންނަށް ކުރި ލާއިންސާނީ އަނިޔާއާ އޮހޮރުވާލި ލޭ އެއީ ފަސޭހައިން ހަނދާން ނެތޭނެ ކަމެއް ނޫނެވެ. 

ވާހަކައެއް ބުނަން ހެއްޔެވެ؟ ކޮންމެ ސަބަބަކާ ލައިގެން ވެސް ރައީސް ނަޝީދުގެ ވެރިކަން ނިންމަން ފުލުހުންނާއި ސިފައިންގެ ގިނަ ބަޔަކު ނެތް ނަމަ ތިޔައިގެ އެކަކަށް ވެސް އެކަމެއް ނުވީހެވެ. އަދިވެސް ނުވާނެއެވެ. އަދި މީގެ ފަހަކުން ވެސް ނުވާނެއެވެ. 

އެދުވަހުގެ އެތަފާތު ހާލަތު ތަކުރާރު ކުރާކަށް ރާއްޖޭގެ ފުލުހުންނާ ސިފައިން އަބަދު އެދި ތިބޭނެ ކަމަށް ހީކުރުމަކީ މޮޔަކަމެކެވެ. އަދި އެއީ މިހާރު ތިޔަ ޖަހާ ހިސާބުން ދައްކާ ވަރަށް ރާއްޖޭގެ ވެރިކަމަށް ނާޒިމް ގެންނަން ފުލުހުންނާ ސިފައިންގެ ވޯޓު ނާޒިމަށް ދޭނެ ކަމަށް ހީވާނަމަ ތިޔަހުރީ ތިމާއަކީ ލައްކައެއް ކަމަށް ތިމާއަށް ހީވެފައެވެ. 

އެމްޑީޕީ އުފެދުމާއެކު ފުލުުހުން ވަކި ހިދުމަތަކަށް ހަދާ އެ މީހުންނަށް ތަމްރީނު ދިނީ އެމްޑީޕީއަކީ ގައުމުގެ ދުޝްމަނުންގެ ގޮތުގައި ބުނެދީގެންނެވެ. އޭރު އެ ތަނުގައި ބަސް ކިޔަން އުޅުނު އަބްދުﷲ ރިޔާޒާ ނާޒިމް ދިވެހިންނަށް ފެނުނު ބޮޑު މަންޒަރުގައި ތިބީ ވަރަށް ހުތުރު ކޮންނެވެ. އަނިޔާވެރި ޖައްބާރު ބާގީންގެ ގޮތުގައެވެ. 

އެމްޑީޕީއާ ނުރުހޭ ފުލުހުން ތިބޭނެއެވެ. އަންނި ނެތީމާ އެކަން މިހާރު ހިސާބަކަށް ހިހޫ ވާނެތާއެވެ؟ އެމްޑީޕީ ދެކެ އަންނަ ރުޅީގައި މިބުނާ ފުލުހުންނާ ސިފައިން ރައީސް ޞޯލިޙަށް ވޯޓް ނުދީފާނެއެވެ. އެހެން ވިޔަސް ހޮވެން ގާތްވެސް ނުވާ ނާޒިމް ސޯއަށް އެ މީހުން ވޯޓްދޭނެ ކަމަށް ނުބަލާށެވެ.

ފުލުހުންނާ ސިފައިންނނަކީ ސޯގެ މީހުންނެއް ނޫނެވެ. އެއީ މައުމޫނު ފަލްސަފާއިން އުފަންވި ޔާމީންގެ މީހުންނެވެ. ނާޒިމް ސޯއާއި ރިޔާޒް ސޯއަކީ ވެސް މައުމޫނީ އުފެއްދުމެވެ. ނާޒިމް ސޯ ކުރި މާމޮޅު ކަމެއް އޮވެގެން ވޯޓުލާން ތިބިއްޔާ ތިބޭނީ ޖޭޕީގަ އާއި ޕީޕީއެމާއި އެމްއާރްއެމް ގައެވެ. އެ އެންމެންގެ ކެންޑިޑޭޓަކީ ނާޒިމް ނޫންކަން ނާޒިމަށް އެނގޭނޫން ހެއްޔެވެ؟