އަންނިގެ ޝައިތާނީޝަހުސް: ހަސަންކުރުސީ
އެލެކްސް އަހުމަދު އާއި ކްލަބްހައުސް ޝާފީހެން ހަސަން ކުރުސީވެސް އަތައްގޮވީ
ހަސަން ކުރުސީގެ ބަފާ ކަށަވަރު ނުވެ ލިޔާނު ކުރާ ހިސާބަށް ހިގައްޖެއެވެ. ހަސަން ކުރުސީއަކީ ގ.ކެނެރީގޭ މުހައްމަދު ނަޝީދުގެ ނުއަތު ޓްވިޓަރ އެކައުންޓެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދައިރާގެ މެންބަރ ރޮޒޭނާ އާދަމަށް ނިސްބަތްކޮށް ހަސަންކުރުސީ ކުރިޓްވީޓަކާ ގުޅިގެން ހަސަންކުރުސީއަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުކަން ރޮޒޭނާއަށް ވަނީ ފަޅާއަރާފައެވެ.
ހަސަން ކުރުސީއަކީ ރައީސް ނަޝީދު ކަމަށް ރޮޒޭނާ ޓްވީޓަރގައި ވާހަކަ ދައްކަވަން ފެއްޓެވުމުން ރައީސް ނަޝީދު ކުރެއްވި ޓްވީޓަކުން ހަސަން ކުރުސީއަކީ ރައީސް ނަޝީދުކަން ގިނަބަޔަކަށް މޭރުންވިއެވެ. ހަސަންކުރުސީއަކީ ރައީސް ނަޝީދުގެ ވަގު ޓްވިޓަރ އެކައުންޓެއްކަން މީހުނަށް އެނގޭވަރު ވިއެވެ. ރައީސް ނަޝީދު ވިދާޅުވީ ކުރުސީއަކީ ފިޒިކަލީ ރައީސް ނަޝީދު ނޫން ކަމަށެވެ. އެ އެކައުންޓުން ރައީސް ނަޝީދުގެ ކަރެކްޓަރ ފާޅުވުމަކީ ރަސްމީކޮށް އަމިއްލަފުޅަށް އެކަން ގަބޫލުކުރައްވާ ޑިކްލިއަރ ކުރަން ޖެހޭކަމެއް ނޫންކަމަށް ދޭހަވާގޮތަކަށް ރައީސް ނަޝީދުވަނީ ޓްވީޓެއް އޭރު ކުރައްވާފައެވެ.
ހަސަންކުރުސީއަކީ ރައީސް ނަޝީދުގެ ޖިސްމުނެތް ޝާއިތަނީ ޝަހުސެކެވެ. ނަޝީދާ ހިޔާލު ތަފާތު މީހުންނާ ގުޅުވައިގެން ޣީބަ ބުނެ އަބުރުކަތިލަން ގެންގުޅުއްވަން ފެއްޓެވި ނުރަސްމީ ވަގު އެކައުންޓެއް ކަމަށް ގަބޫލުކުރާ މީހުން ގިނައެވެ. މައެއް ދަރިއެއް ނުބަލާ މީހުން ފަލީހަތް ކުރުމަށް ދޮގު ފަތުރާ ހަސަން ކުރުސީގެ ގޮތެއް ފޮތެއް އުފެދުނީްސުރެ ނެތެވެ. މައިގަނޑު މަސައްކަތަކީ ރައީސް ސޯލިހާ ސަރުކާރަށް ތާއިދުކުރާ މީހުންގެ އޮފުކެނޑުވުމެވެ.
އެންމެ ފަހުން ޓްވިޓަރގައި އެލެކްސް އަހުމަދު އާއި ކްލަބްހައުސް ޝާފީހެން ހަސަން ކުރުސީވެސް އަތައް ގޮވީއެވެ. ރައީސް ނަޝީދަށް 24/7ގައި ހުރިހާ ވަގުތެއް ކުރުސީއަށް ހުސްކުރެއްވެން ނެތިގެން އިތުރު ބަޔަކަށް ކުރުސީއަށް އެކްސަސް ދެއްވީއެވެ. އިވާއާއި ސާބެއާއި ނާޒިމް ސައްތާރު އަތް އަނބުރާލާފައި ކުރުސީ ހިންގަން އުޅުނަސް ހަސަން ކުރުސީއަކީ ރައީސް ނަޝީދުގެ ޝައިތަނީ ޝަހުސް ކަމަށް އެންމެން ވެސް ގަބޫލު ކުރެއެވެ.
ކޮންޓްރޯލު ނަޝީދު އަތްޕުޅުން ދޫވެފައިވާ ހަސްކުރިސީއާއި ހުރެ ބޮޑެތި ޑެމޭޖްތައް ލިބިވަޑައިން ގަންނަވާ ކަމަށް ދައްކަވަން ގައިންނައްޓާލެއް ވުމަށް ޗަރުކޭހެއް އަނެއްކާ ފެއްޓެވީއެވެ. ދަންނަވަންތޯއެވެ. ފުލުހުންލައްވާ ހަސަންކުރުސީގެ ބަފާ ކަށަވަރު ކުރުވަން އުޅުނަސް ހަސަން ކުރުސީއަކީ ރައީސް ނަޝީދުގެ ޖިސްމެއްނުވާ ޝައިތާނީ ޝަހުސެއްކަން ގަބޫލު ނުކުރާ މީހަކުނެތެވެ.