ވައްޑެއަށް: އަންނި އަޑު ނޫން އަޑެއް ނީވޭ

ދާއިރާގެ އަޑު އައްސަވާ އައްސަވާ ވައްޑެ ކަންފަތް ހުރީ ބައް ވެފަ!

ވައްޑެއަށް: އަންނި އަޑު ނޫން އަޑެއް ނީވޭ

ހިނގަމުން މިދާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ސަރުކާރުގެ މެނިފެސްޓޯއަށް ގާނޫނީ ބާރު ހޯދައިދޭން ނިކުންނެވި ސަރުކާރު ކެންޑިޑޭޓް އުނގޫފާރު ދާއިރާގެ އިއްޒަތްތެރި މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ކޮބައިހެއްޔެވެ. މެނިފެސްޓޯއަށް ބާރު ހޯއްދަވާ ދެއްވަނީ އިދިކޮޅަށްވުރެ އިދިކޮޅުވެ ވަޑައިގެން ހެއްޔެވެ. ސަރުކާރުގެ މެނިފެސްޓޯ އެކުލަވާލަން އިސްކޮށް އުޅުއްވިއިރު މެނިފެސްޓޯގައި އިދިކޮޅަށް ވުރެ އިދިކޮޅުވެގެން ފިކުރެއްގެ ދިރުމެއްގައި އުޅުއްވަން މެނިފެސްޓޯގައި ލިޔެފައި އޮތީ ކޮން ބާބެއްގައިތޯއެވެ. މިހާރު މެނިފެސްޓޯ ތަންފީޒު ކުރައްވަން ވައްޑެމެން އުޅުއްވާ ގޮތުން ނޭނގޭތީ އަހާލެވެނީއެވެ. 

މެންބަރު ކަމަށް ހޮވިވަޑައިގެން މަޖިލިސް މެންބަރުންގެ އިމްތިޔާޒު، މެންބަރުން ޒިންމާދާރުވުމަށް ބަދަލުކުރެއްވި ކުރެއްވީނުން ވެގެން މިއުޅެނީ އެހެން ގޮތެކެވެ. މެންބަރުންގެ އިމްތިޔާޒަކީ ވަންޑެމެނަށް އިމްތިޔާޒު ފަހުމީ ވިދާޅު ބަސްފުޅަށްވުމެވެ.

ޖަޒީރާ ރާއްޖެ މެނިފެސްޓޯއަކީ ރައީސް ނަޝީދުގެ އަޅުންނަށް މީހުން ހެދުމަށް އަޅާލި ފާލަމަކީތާއެވެ. ވައްޑެމެން އެ ވިދާޅުވާ މެނިފެސްޓޯއިން ވައްޑެމެންނަށް ވަޑައިގެންނެވުނީ ބޮޑުވަޒީރުގެ އަނެއް ދިވެހި ރާއްޖެއަށެވެ. އަނެއް ދިވެހިރާއްޖޭގައި އޮންނަނީ ފިކުރެއްގެ ދިރުމެވެ. ފިކުރެއްގެ ދިރުމަކީ ބޮޑު ވަޒީރިު ނަޝީދުގެ އަޅު ކުދިންކޮޅުގެ އަނެއް ނަމެވެ. 

ދާއިރާގެ މެންބަރު ދާއިރާގެ މެންބަރުންނަށް ނުފެންނާތީ އެކަން ބޮޑުވުން ހައްލުކޮށް ދެއްވުމުގައި ވައްޑެ ވަރެއް ހަމަނެތެވެ. މަހަކު އެއްފަހަރު ކީއްކުރަން ހެއްޔެވެ. އުނގޫފާރު ދާއިރާގެ އިއްޒަތްތެރި މެންބަރު ތަނުއެޅި ކުނާ ވެގެން ދާއިރައިން ނުނިކުންނަވައެވެ. ދާއިރާ މީހުންގެ އަޑު އައްސަވާ އައްސަވާ ވައްޑެގެ ކަންފަތްޕުޅު އެ ހުރީ ރަނގަޅަށް ބައް ވެފައެވެ. އަންނި ވިދާޅުވާ އެއްޗެއް ނޫނީ އިވި ވަޑައެއް ނުގަންނަވައެވެ.

މެންބަރުގެ ދާއިރާ އޮފީސް ނެތް ރަށެއް އުނގޫފާރު ދާއިރާގައި ނެތެވެ. ދާއިރާ މެންބަރުގެ އޮފީސްތައް ހުރިތަން ރަށްރަށު މީހުނަށް ފެންނަން ނެތުމަކީ މުޅިން އެހެން ކަމެއް ތާއެވެ. މަޖިލިސްގައި ބަހުސް ކުރުމުގެ ކުރިން ދާއިރާ މީހުންނާ މަޝްވަރާކޮށް އެ މީހުންގެ ހިޔާލު ހޯދައިގެން ގާއިމުކުރި ސަގާފަތަކީ މަޖިލިސްގައި ބަހުސް ކުރެވޭ ކޮންމެ ބަހުސެއްގައި ފިކުރު ދިރުވަން އަޅުގެ އަޅު ހެދިގެން ރެޔާއި ދުވާލު ހުއްޓާނުލާ ފިތުނަވެރި ވާހަކަ ދެއްކެވުމެވެ. ރޭނިދި ނުނިދާ ނަފްރަތާއި ފަސާދައިގެ ޓްވީޓްތައް ކުރުމެވެ. އުގޫފާރު ދާއިރާ ރައްޔިތުންގެ %47 އިން ހޮވިގެން މަޖިލީހުގައި ކުރައްވަން ވައްޑެއާ ރައްޔިތުން ހަވާލުކުރީ އެމަސައްކަތެވެ.

ރައްޔިތުން ތަމްސީލު ކުރައްވަން ހުވާ ކުރައްވައިގެން ހުންނަވާ ރައްޔިތުން ދޫކޮށް ފިކުރެއް ދިރުވާ އަންނިގެ އަޅު ކުއްޖަކަށްވެ، އިއްޒަތްތެރި މެންބަރު ވައްޑެ ހުވަޔާ ހިލާފުވުމުން މެންބަރު ކަމުން ވަކިކުރެވޭ ގޮތެއް އޮތްނަމަ މިހާރު ހުރީހީ ދާއިރާގެ ވޯޓަކުން މެންބަރު ކަމުން ވައްޑެ ވަކިކޮށްފައެވެ. އެންމެންނަކު އަފްރާޝީމަށް އުނގޫފާރު ގޮނޑި ގެއްލުވާލިހެނެއް ގޮނޑި ގެއްލުވައެއް ނުލާނެއެވެ.