ސްޓެލްކޯއިން 4ރަށަކަށް ޖެޓިންގ މެޝިންގ ފޮނުވަނީ

ޖެޓީންގ މެޝީން ފޮނުވާ 4 ރަށް: ރަސްދޫ، އުކުޅަސް، ހަންޏާމީދޫ، އޮމަދޫ

ސްޓެލްކޯއިން 4ރަށަކަށް ޖެޓިންގ މެޝިންގ ފޮނުވަނީ

ސްޓެލްކޯއިން ނަރުދަމާގެ ހިދުމަތްދެމުންގެންދާ ބައެއް ރަށްރަށް ޖެޓިންގ މެޝީން ފޮނުވުމުގެ މަސައްކަތް އެކުންފުނިން ކުރިއަށް އެބަގެންދެއެވެ. ޖެޓިންގ މެޝިންތައް ފޮނުވެނީ ނަރުދަމާ ނިޒާމު ބެދިގެންޖެހޭ މައްސަލަތައް އަވަސް ގޮތެއްގައި ހައްލު ކުރުމަށާއި ނަރުދަމާ ސާފު ކުރުމަށް ފަސޭހަ ކުރުމުގެ ގޮތުންނެވެ.

މި ބުރުގައި ޖެޓިންގ މެޝިން ފޮނުވަނީ ހަތަރު ރަށަކަށެވެ. ޖެޓިންގ މެޝީން ފޮނުވާ ރަށްރަށަކީ އއ. ރަސްދޫ އާއި އއ. އުކުޅަސް އާއި އދ. ހަންޏާމީދޫ އާއި އދ. އޮމަދޫއެވެ.

މި ރަށްރަށަން ޖެޓިން މެޝިން ލިބުމުން އެ ރަށްރަށުގެ ނަރުދަމާ ނިޒާމު ބެދިގެންޖެހޭ މައްސަލަތައް އަވަސްގޮތެއްގައި ހައްލު ކުރެވި ނަރުދަމާ ސާފު ކުރުމަށް ފަސޭހަވެގެންދާނެއެވެ.