ރާއްޖޭގައި އިތުބާރު ކުރެވޭ ޔުނީފޯމް ބޮޑީއެއް ނެތް

ރާއްޖޭގައި އިތުބާރު ކުރެވޭ ޔުނީފޯމް ބޮޑީއެއް ނެތް

ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވޭ މޯބައިލް ފޯނަކުން އެއްޗެއް ލީކުވުމުގެ ފުރުސަތެއް ނެތި ޝިމަންގެ ފޯނުން ފޮޓޯ ލީކުވެއްޖެއެވެ. ބޭރުކުރަން އުޅެނިކޮށް ކަސްޓަމުން ހިފަހައްޓާ ފުލުހުންގެ ހަވާލުގައި ހުރި 30 ހާސް ޑޮލަރަށް ވީގޮތެއް ނޭނގި ގެއްލިއްޖެއެވެ. ވަގަށް އެތެރެ ކުރަން އުޅިނިކޮށް އަތުލައިގެން ދެ ކޮންޓޭނަރ ސިނގިރެޓް ވަގަށް ނަގައިފިއެވެ. 

މިހުރީ ހައްތަހާވެސް ފުލުހުން އެބުނާ ބައިނަލްއަގުވާމީ މިންގަޑުގައި ރައްކާތެރި ކުރެވި އެކަންކަން ހިނގަން ފުރުސަތު ނެތީސް ހިނގާފައިވާ ކަންކަމެވެ. ބުނެވި ދިޔަ ޒާތުގެ އެތައް ކަމެއް ދައުލަތުގެ ތަންފިޒީ އިދާރާތަކުގައި ހިނގައެވެ. ހިންގައެވެ. 

ކަސްޓަމާއި އިމިގްރޭޝަނާއި ކަރެކްޝަންގެ ހިދުމަތުގައި އުޅުނު އެތައް ބައެއްގެ މައްޗަށް މަގާމާގުޅޭ ބޮޑެތި ކުށްތަކެއް ކުރިކަން ވަނީ ސާބިތު ވެފައެވެ. ބޮޑެތި އަދަދުތަކުން އެމީސްމިހުންގެ ބެންކް އެކައުންޓުތައް ފުރިފައިހުރި ވާހަކަދެއް ސަރުކާރުންނެވެ. 

މަގާމާ ހަވާލުވުމަށް ހައްދަވާ ގެންގުޅުއްވާ އިލާހު ގަންދީ ކުރާ ހުވައަކީ ޖަރީމާ ހިންގުމަށް އެތެރެވާން ޖަހާ ޕާސްވޯޑަކަށް ވެފައިވާ ގައުމެއްގައި ނުވެނުދާނެ ހުރިހާ ކަމެއްވާނެއެވެ.

ރައްކާތެރި ކުރަން ތިބި މީހުން ތިމާމެންގެ އަމާނާތަށް ހިޔާނާތްތެރިވާ ބައެއްގެ ތެރޭގައި ފުރުސަތު ނޯންނާނެކަމަށް ބުނެ ފުލުހުން ނެރޭ ބަޔާނަކުން ހިންގާ ޖަރީމާއަށް ފަސްއަޅާ ފޮރުވައެއް ނުލެވޭނެއެވެ.